04 ޖޫން 2018
ލިވަޕޫލް (ޖޫން 4) - އަނިޔާއިން ރަނގަޅުވެ ކުޅުމުގެ ތެރެއަށް އެނބުރި އައި ބްރެޒިލްގެ ތަރި ނޭމާއާ އެކު އެ ޓީމު 2-0 އިން ކްރޮއޭޝިއާ އަތުން އެކުވެރިކަމުގެ މެޗެއްގައި މޮޅުވިއިރު، ސްޕެއިން ކުޅުނު މެޗުން 1-1 އިން ސްވިޒަލެންޑާ އެއްވަރުވެއްޖެ އެވެ.
ލިވަޕޫލް (ޖޫން 4) - އަނިޔާއިން ރަނގަޅުވެ ކުޅުމުގެ ތެރެއަށް އެނބުރި އައި ބްރެޒިލްގެ ތަރި ނޭމާއާ އެކު އެ ޓީމު 2-0 އިން ކްރޮއޭޝިއާ އަތުން އެކުވެރިކަމުގެ މެޗެއްގައި މޮޅުވިއިރު، ސްޕެއިން ކުޅުނު މެޗުން 1-1 އިން ސްވިޒަލެންޑާ އެއްވަރުވެއްޖެ އެވެ.
ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ބްރެޒިލްގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނީ ޒުވާން ފޯވާޑް ގަބްރިއެލް ޖީސޫސް އެވެ. ބްރެޒިލުން ލަނޑުތައް ކާމިޔާބުކުރީ ދެ ވަނަ ހާފުގަ އެވެ. ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުމު ނޭމާ އެ ޓިމަށް ލީޑުނަގައިދިނީ މެޗުގެ 69 ވަނަ މިނިޓްގަ އެވެ. އެއާ އެކު ނޭމާ ވަނީ ގައުމީ ޓީމަށް 54 ގޯލު ހަމަހަކޮށްފަ އެވެ.
ބްރެޒިލްގެ ދެ ވަނަ ގޯލު ޖެހީ އިތުރު ވަގުތުގައި ރޮބާޓޯ ފިރްމީނޯ އެވެ. ފިރްމީނޯ ކުޅެން ނުކުތީ ދެ ވަނަ ހާފުގަ އެވެ.
މިއީ ބްރެޒިލްގެ ކޯޗުކަމާ ޓީޓޭ ހަވާލުވި ފަހުން އެ ޓީމު ކުޅުނު 20 ވަނަ މެޗެވެ. އޭގެ ތެރެއިން 16 މެޗުން އެ ޓީމު ވަނީ މޮޅުވެފަ އެވެ.
ވިޔަރެއާލް ދަނޑުގައި ކުޅުނު މެޗުގައި ސްޕެއިނަށް ލީޑުނަގައިދިނީ ރެއާލް ސޮޮސިއެޑާޑްގެ ފުލްބެކް އަލްވާރޯ އޮޑްރިއޮޒޯލާ އެވެ. އޭރިއާ ރޮނގުކައިރިން އޭނާ ފޮނުވާލި ވޮލީ އަމާޒުވީ ގޯލުގެ ދުރު ކަނަށެވެ. ސްވިޒަލެންޑަށް ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު މެޗުގެ ދެ ވަނަ ހާފުގައި ކާމިޔާބުކުރީ އޭސީ މިލާނުގެ ފުލްބެކް ރިކާޑޯ ރޮޑްރިގޭޒް އެވެ. އޭނާ މި ލަނޑު ޖެހީ ސްވިޒަލެންޑުގެ ކެޕްޓަން ސްޓެފަން ލެސްޓައިނާ ޖެހި ބޯޅައެއް ސްޕެއިންގެ ކީޕަރު ޑޭވިޑް ޑެހެއާ އަތުގައި ޖެހިފަ ނުކުތް ވަގުތުގަ އެވެ.
ރޭ ޕެރޫ ކުޅުނު މެޗުން ވަނީ 3-0 ސައުދީ އެރެބިއާ އަތުން މޮޅުވެފަ އެވެ. ޕެރޫ އިން ލީޑުނެގީ އަންދްރޭ ކަރީއޯގެ ގޯލުންނެވެ. އަނެއް ދެ ގޯލު ޖެހީ ސަސްޕެންޝަނަށް ފަހު ދާދި ފަހުން ޓީމާ ގުޅުނު ކެޕްޓަން ޕައޮލޯ ގަރޭރޯ އެވެ. މަނާބޭހަށް ޕޮޒިޓިވް ވުމުން ބޮޑު ސަސްޕެންޝަނެއްގައި ހުރި ގަރޭރޯ އަށް ޓީމަށް ކުޅުމުގެ ހުއްދަ ލިބުނީ ސްވިޒަލެންޑުގެ ސުޕްރީމް ކޯޓުގެ އަމުރަކާ އެކު އެވެ.
ރޭސިޒަމްއާ ދެކޮޅު މެޗުން ޗެރިޓީއަށް ފައިސާއެއް ނެތް
ފުޓްބޯޅަ ކުޅެން ބޭނުންވީ ކަޅުނަސްލުގެ މީހުންނަށްޓަކައި
ކުރިއަށްވުރެ ބޮޑަށް އާއިލާއާއި ރައްޓެހިންގެ އެހީ ބޭނުން
ނޭމާ ބޮލަށް ޕޮޕްކޯން އުކުމުން ބްރެޒިލް ކޯޗު ރަތަށް
ނަސްލީ ތަފާތުކުރުމާ ދެކޮޅަށް ބްރެޒިލުން މެޗެއް ކުޅެނީ
މާ ވަރުގަދަކޮށް ނޭމާ އެނބުރި އަންނާނެ: ރޮނާލްޑޯ
ބްރެޒިލަކަށް ނުވި، ކްރޮއޭޝިއާ އަތުން ބަލިވެ ކަޓައިފި
ބްރެޒިލަށް އަނިޔާގެ ހިޔަނި، އެކަމަކު ނޭމާ އުއްމީދުގައި
ބްރެޒިލްއާ ކުޅެން ޖެހުނަސް ސްޕެއިނުން ރިސްކެއް ނުނަގާނެ
މުޅި ބްރެޒިލް ނޭމާ އާމެދު މިފަހަރު ބޮޑު އުއްމީދެއްގައި