Roadha Mihaaru
އެރިކްސަންއަށް އިޓަލީގައި ކުޅެވޭނެކަން ޔަގީނެއް ނޫން

އެރިކްސަން އަށް އިޓަލީގައި ކުޅެވޭނެ ކަމުގެ ޔަގީންކަމެއް ނެތް

04 އޯގަސްޓް 2021

މިލާން (އޯގަސްޓް 4) - ކްރިސްޓިއަން އެރިކްސަން އަށް އަލުން އިޓަލީގައި ކުޅެވޭނެ ކަމާ މެދު ސުވާލު އުފެއްދިއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މިލާން (އޯގަސްޓް 4) - ކްރިސްޓިއަން އެރިކްސަން އަށް އަލުން އިޓަލީގައި ކުޅެވޭނެ ކަމާ މެދު ސުވާލު އުފެއްދިއްޖެ އެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ޑެންމާކުން ފިންލެންޑާ ދެކޮޅަށް ކުޅުނު މެޗުގެ 43 ވަނަ މިނެޓުގައި އެރިކްސަން އަށް ހާޓް އެޓޭކެއް ޖެހި ދަނޑުމައްޗަށް ވެއްޓުމުން، މެޗު ސަސްޕެންޑް ކުރަން ޖެހުނެވެ.

ދަނޑުމަތީގައި އަވަސް ފަރުވާ ދިނުމަށް ފަހު އެރިކްސަން ގެންދިޔައީ ހޮސްޕިޓަލަށެވެ. އެޑްމިޓްކޮށްގެން ހަފުތާއެއް ވަންދެން ފަރުވާ ދިނުމަށް ފަހު އެރިކްސަން ހޮސްޕިޓަލުން ދޫކޮށްލި ނަމަވެސް އޭނާ ހުންނަން ޖެހުނީ ގޭގަ އެވެ.

އިތުރު ޓެސްޓްތަކެއް އަދިވެސް އެރިކްސަން ހަދަން ޖެހެ އެވެ. މި ވަގުތު އެރިކްސަން ހުރީ، މިލާންގަ އެވެ. އެއީ އޭނާގެ ކްލަބު އިންޓަ މިލާންގެ ޑައިރެކްޓާ ބަޕޭ މޮރާޓާއާ ބައްދަލު ކުރުމަށެވެ. އިންޓަ އިން ވަނީ އެރިކްސަން، މޮރާޓާ ބައްދަލު ކުރިކަން ކަށަވަރު ކޮށްދީފަ އެވެ.

އެރިކްސަން އަށް އަލުން ދަނޑަށް ނުކުމެވުނަސް އިޓަލީގައި ކުޅެވޭނެ ކަމުގެ ޔަގީން ކަމެއް ނެތެވެ. ކުރިމަތިވި ހިތުގެ މައްސަލައިގެ ގޮތުން އޭނާ އަށް އިޓަލީގައި ކުޅުން މަނާ ވާނެ އެވެ. އެކަން ދެނެގަނަވޭނީ އިތުރަށް ޓެސްޓްތައް ހެއްދުމަށް ފަހު އެވެ. ނަމަވެސް އިންގްލެންޑް ނުވަތަ ނެދަލެންޑްސްގައި އޭނާ އަށް ކުޅެވޭނެ އެވެ. އަލުން ކުޅެން ނުކުންނަން އެރިކްސަން އަށް ހަ މަސް ބޭނުން ވާނެ އެވެ.