Roadha Mihaaru
ސައިކަލް ޓެކްސީގެ ޚިދުމަތް ދޭނެ ބަޔަކު އަލުން ހޯދަނީ

ސައިކަލް ޓެކްސީގެ ޚިދުމަތް ދޭނެ ބަޔަކު ހޯދަން އަނެއްކާވެސް އިއުލާންކޮށްފި

27 ނޮވެމްބަރ 2016

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް ދިނުމަށް އެކުލަވާލި ގަވާއިދުގެ ދަށުން އެކަން ކުރެވެން ނެތް ކަމަށް، ކުރިން ލައިސަންސް ދީފައިވާ ކުންފުނިތަކުން ބުނެފައި ވަނިކޮށް މި ޚިދުމަތް ދޭނެ ބަޔަކު ހޯދަން ޓްރާންސްޕޯޓް އޮތޯރިޓީން އަނެއްކާވެސް އިއުލާންކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް ދިނުމަށް އެކުލަވާލި ގަވާއިދުގެ ދަށުން އެކަން ކުރެވެން ނެތް ކަމަށް، ކުރިން ލައިސަންސް ދީފައިވާ ކުންފުނިތަކުން ބުނެފައި ވަނިކޮށް މި ޚިދުމަތް ދޭނެ ބަޔަކު ހޯދަން ޓްރާންސްޕޯޓް އޮތޯރިޓީން އަނެއްކާވެސް އިއުލާންކޮށްފި އެވެ.

ސައިކަލް ޓެކްސީގެ ޚިދުމަތް ދިނުމުގެ ހުއްދަ ދެ ކުންފުންޏަކަށް ކުރިން ދިނެވެ. ނަމަވެސް އެ ކުންފުނިތަކުން ބުނެފައި ވަނީ ސައިކަލް ޓެކްސީގެ ގަވާއިދު އޮތްގޮތުން އެ ޚިދުމަތް ނުދެވޭނެ ކަމަށެވެ. އެ ކުންފުނިތަކުން ބުނަނީ ސައިކަލް ޓެކްސީގެ ޚިދުމަތް ބޭނުންކުރާ މީހުންގެ ރައްކާތެރިކަން އެ ގަވާއިދުގެ ދަށުން ކުންފުނިތަކުން ކަށަވަރު ކުރަން ޖެހޭއިރު އެކަން ކުރެވޭނެ ގޮތެއް ނެތް ކަމަށެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ނެރުނު އިއުލާނެއްގައި ވަނީ ޓެކްސީ ކުރުމުގެ ގަވާއިދާ އެއްގޮތަށް އެ ޚިދުމަތް މާލޭގައި ދޭން އެދޭ ފަރާތްތަކަށް އެ ހުއްދަ ދޭން ނިންމާފައިވާ ކަމަށެވެ. އެކަމަށް އެދި ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށް އެ އިއުލާނުގައިވެ އެވެ.

އިކޮނޮމިކް މިނިސްޓްރީން ކުރިން ބުނެފައިވަނީ ސައިކަލް ޓެކްސީގެ ގަވާއިދު ގެޒެޓް ކުރާތާ ދެ ހަފުތާ ތެރޭގައި އެ ޚިދުމަތް ފަށާނެ ކަމަށެވެ. އެކަމަކު މިދިޔަ މަހު އެ ގަވާއިދު ގެޒެޓް ކުރިތާ މަހެއްހާ ދުވަސްވީއިރު އަދިވެސް އެ ޚިދުމަތް ނުފެށެ އެވެ.