Roadha Mihaaru
ލުކާކޫ އަލުން ގެންދަން ޗެލްސީން ރެކޯޑް މުގުރާލަނީ

ލުކާކޫ އަލުން ގެންދަން ޗެލްސީން ރެކޯޑް މުގުރާލަނީ

08 އޯގަސްޓް 2021

މިލާން (އޮގަސްޓް 8) - އިންޓަ މިލާންގެ ސްޓައިކަރު ރޮމެލޫ ލުކާކޫ، އަލުން ޗެލްސީ އަށް ސޮއިކުރުވުމަށް، ޗެލްސީގެ ތާރީހްގައި ހަދާ އެންމެ އެންމެ އަގު ބޮޑު ޓްރާންސްފާ ޑީލަށް އެ ކްލަބުން ތައްޔާރު ވެއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މިލާން (އޮގަސްޓް 8) - އިންޓަ މިލާންގެ ސްޓައިކަރު ރޮމެލޫ ލުކާކޫ، އަލުން ޗެލްސީ އަށް ސޮއިކުރުވުމަށް، ޗެލްސީގެ ތާރީހްގައި ހަދާ އެންމެ އެންމެ އަގު ބޮޑު ޓްރާންސްފާ ޑީލަށް އެ ކްލަބުން ތައްޔާރު ވެއްޖެ އެވެ.

މީގެ ކުރިން ޗެލްސީ އަށް ކުޅުނު ސްޓައިކަރު އަލުން ގެންދިއުމުގެ މަސައްކަތުގައި ދެ ކްލަބުގެ ދެމެދުގައި އެއްބަސްވުމަކަށް އައުން ގާތް ކަމަށް އިނގިރޭސި މިޑީއާތަކުން ބުނެ އެވެ. ލުކާކޫ އަލުން ގެންދިއުމަށް ޗެލްސީން ވަނީ 135 މިލިއަން ޑޮލަރު އިންޓަ އަށް ދޭން އެއްބަސްވެފަ އެވެ. ބެލްޖިއަމްގެ އަންޑާލެކްޓް އިން 2011 ގައި ލުކާކޫ ޗެލްސީ އަށް 19 މިލިއަން ޑޮލަރަށެވެ. އެވަޓަން އަށް 2014 ގައި، ޗެލްސީން ލުކާކޫ ވިއްކާލީ 32 މިލިއަން ޑޮލަރަށެވެ.

އަލުން އޭނާ ސޮއި ކުރުވުމަށް ހޭދަ ކުރާ 135 މިލިއަން ޑޮލަރަކީ، މިދިޔަ އަހަރު ޗެލްސީން ސޮއި ކުރުވި ކައި ހަވަޓްޒްގެ ޓްރާންސްފާގެ ފަހުން ޗެލްސީން ހަދާ އެންމެ އަގުބޮޑު ޓްރާންސްފާ ޑީލެވެ. ޖަރުމަންގެ އެޓޭކިން މިޑްފީލްޑާ ގެންނަން ޗެލްސީން ވަނީ މިދިޔަ އަހަރު 111 މިލިއަން ޑޮލަރު ބަޔާން ލެވަކޫސަން އަށް ދީފަ އެވެ.

މިދިޔަ ސީޒަންގެ ސެރީ އާގެ ޗެމްޕިއަންކަން އިންޓަ މިލާނަށް ހޯދައިދޭން ލުކާކޫ ވަނީ މުހިންމު ދައުރެއް އަދާ ކޮށްފަ އެވެ. އޭނާ ވަނީ މިދިޔަ ސީޒަންގެ ލީގުގައި 24 ލަނޑު ޖަހައި އިތުރު 11 ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

އިންޓަގެ ޓީމުގައި މަޑު ކުރާނެ ކަމަށް ޖޫން މަހު ބުނި ލުކާކޫގެ ވިސްނުން ބަދަލުވީ އޭނާގެ ކުރީގެ ކްލަބުން ހުށަހެޅުމުންނެވެ. މުސާރައިގެ ގޮތުގައި ލުކާކޫ އަށް ހަފުތާއަކު 346,937 ޑޮލަރު ދޭން ޗެލްސީން ވަނީ ހުށަހަޅައިފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން އިންޓަ އަށް ކުރިމަތިވި މާލީ ގޮންޖެހުންތަކުން އަރައި ގަތުމަށް އެ ޓީމުން ވަނީ ފިޔވަޅުތަކެއް އަޅައިފަ އެވެ. ލީގު ޗެމްޕިއަންކަން 10 އަހަރަށް ފަހު އެ ޓީމަށް ހޯދައިދިން ކޯޗް އެންޓޯނިއޯ ކޮންޓޭ ދޫކޮށްލީ ވެސް ހަރަދުތައް ސަލާމަތް ކުރުމުގެ ގޮތުންނެވެ. ޑިފެންޑަރު އަޝްރަފް ހަކީމީ ވެސް ވަނީ ޕީއެސްޖީ އަށް ވިއްކައިލައިފަ އެވެ.