Roadha Mihaaru
ޕެވީލިއަންގެ މަސަައްކަތް ދޮޅު މަހުން ނިމޭނެ: ސިބްކޯ

ޕެވީލިއަންގެ މަރާމާތު މަސަައްކަތްތައް ދޮޅު މަހުން ނިމޭނެ: ސިބްކޯ

09 އޯގަސްޓް 2021

މާލޭގެ ރަސްފަންނުގެ ޕެވީލިއަންގެ މަރާމާތުގެ މަސައްކަތްތައް ކުރިއަށް އޮތް ދޮޅު މަސް ތެރޭގައި ނިމޭނެ ކަމަށް އެ ތަން ހިންގާ ސިބްކޯ ކުންފުނިން މިއަދު ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މާލޭގެ ރަސްފަންނުގެ ޕެވީލިއަންގެ މަރާމާތުގެ މަސައްކަތްތައް ކުރިއަށް އޮތް ދޮޅު މަސް ތެރޭގައި ނިމޭނެ ކަމަށް އެ ތަން ހިންގާ ސިބްކޯ ކުންފުނިން މިއަދު ބުނެފި އެވެ.

އެ ކުންފުނީގެ އެއް ހިއްސާދާރު މުހައްމަދު ޝަވީދު މިއަދު ވިދާޅުވީ، މިދިޔަ އޭޕްރީލް މަހު ފެށި މަރާމާތުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ގެންދާ ކަމަށާއި ތަނުގެ އިންޓީއާގެ މަރާމާތުގެ މަސަައްކަތުގެ ބޮޑު ބައެއް ވެސް ނިމިފައިވާ ކަމަށެވެ.

"މިހާރު މަޑުކޮށްގެން މިތިބީ މެލޭޝިއާ އިން ފަރުނީޗަރު ލިބެންދެން. މެލޭޝިއާ ހުޅުވާލުމުން އެ ތަކެތި ލިބޭނެ،" އޭނާ ވިދާޅުވި އެވެ.

ޝަވީދު ވިދާޅުވިގޮތުގައި، މަރާމާތުގެ މަސައްކަތް މިދިޔަ ތިން މަހު ވެސް ހުއްޓުމެއް ނެތި ކުރިއަށް ދިޔަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން 13.9 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ޕެވިލިއަންގެ މަސައްކަތް ކުރީ އެމްޑަބްލިއުއެސްސީގެ ސީއެސްއާރް ޕްރޮޖެކްޓެއްގެ ގޮތުގަ އެވެ.

ބޮޑު ހަރަދެއް ކޮށްގެން ތިން ބުރިއަށް ހެދި ޕެވީލިއަންގައި ހިންގަމުން އައި ރެސްޓޯރެންޓުތައް ހުސްކުރަން ނޯޓިސްދީ، ޕެވީލިއަން ބަންދުކުރީ މިދިޔަ އަހަރުގެ ޖެނުއަރީގަ އެވެ. އޭގެ ފަހުން އެތަން ހުންނަ މުޅި ސަރަހައްދު ގޮނޑަކަށް ބަދަލުވެ، ބޮޑު މަރާމާތެއް ކޮށްގެން ނޫނީ އަލުން ބޭނުން ނުކުރެވޭ ވަރު ވަނީ ވެފަ އެވެ. އެތަން މަރާމާތުކުރަން ވެސް ހަވާލުކުރީ މީގެ ކުރިން އެތަން ބަލަހައްޓަމުން ދިޔަ ސިބްކޯއަށެވެ.

ޕެވިލިއަން މަރާމާތުކުރަން ސިބްކޯއާ ހަވާލުކުރީ، އެ ތަން ހުސްކުރަން އެމްޑަބްލިއުއެސްސީން އެންގުމުން ކޯޓަށް މައްސަލަ ހުށަހަޅައިގެން ޑިސްޕިއުޓް މަރުހަލާގެ ތެރެއިން ހައްލުތަކެއް ލިބުމުންނެވެ.