Roadha Mihaaru
ގްލޯރިއާ ޖީންސް ކޮފީއާ އެކު ޕެވިލިއަން މިރޭ ހުޅުވަނީ

ގްލޯރިއާ ޖީންސް ކޮފީއާ އެކު ޕެވިލިއަން މިރޭ ހުޅުވަނީ

02 އެޕްރީލް 2018

ރަސްފަންނުގައި އެމްޑަބްލިއުއެސްސީން ހަދާ ޕެވިލިއަންގެ ދެ ވަނަ ބުރި، އޮސްޓްރޭލިއާގެ މަޝްހޫރު "ގްލޯރިއާ ޖީންސް ކޮފީ"ގެ ފްރެންޗައިސް ރެސްޓޯރެންޓަކާ އެކު މިރޭ ހުޅުވަން ތައްޔާރުވެއްޖެ އެވެ.

އަލީ ޝިނާން އަލީ ޝިނާން

ރަސްފަންނުގައި އެމްޑަބްލިއުއެސްސީން ހަދާ ޕެވިލިއަންގެ ދެ ވަނަ ބުރި، އޮސްޓްރޭލިއާގެ މަޝްހޫރު "ގްލޯރިއާ ޖީންސް ކޮފީ"ގެ ފްރެންޗައިސް ރެސްޓޯރެންޓަކާ އެކު މިރޭ ހުޅުވަން ތައްޔާރުވެއްޖެ އެވެ.

އެމްޑަބްލިއުއެސްސީން ބުނީ މިރޭ ހުޅުވާނީ ހަމައެކަނި ޕެވިލިއަންގެ ދެ ވަނަ ބުރި އެކަނި ކަމަށެވެ.

"މިރޭ ހަމައެކަނި ދެ ވަނަ ބުރި މި ހުޅުވަނީ. މުޅި ޕެލީވިއަންއެއް ނޫން... ޕެވިލިއަން އެއްކޮށް ހުޅުވާނެ ދުވަސް ވަރަށް އަވަހަށް އިއުލާނު ކުރާންނަން،" އެމްޑަބްލިއުއެސްސީގެ އޮފިޝަލަކު ވިދާޅުވި އެވެ.

ގްލޯރިއާ ޖީންސް ކޮފީ އަކީ ދުނިޔޭގެ 39 ގައުމެއްގައި ފްރެންޗައިސް 1،000 އަށް ވުރެ ގިނަ ރެސްޓޯރަންޓް ހިންގަމުން އަންނަ މަޝްހޫރު ބްރޭންޑެކެވެ. މިރޭ އެ ރެސްޓޯރަންޓް ހުޅުވާނީ 8:30 ގައި ބާއްވާ ޚާއްސަ ރަސްމިއްޔާތެއްގަ އެވެ.

މިރޭ ހުޅުވާނީ ހަމައެކަނި ދެ ވަނަ ބުރި، އެ ތަނަށް މި ވޯކް ވޭއިން އެރޭނެ.-- ފޮޓޯ: މިހާރު/ހުސައިން ވަހީދު

މިރޭ ހުޅުވާނީ ހަމައެކަނި ދެ ވަނަ ބުރި، އެ ތަނަށް މި ވޯކް ވޭއިން އެރޭނެ.-- ފޮޓޯ: މިހާރު/ހުސައިން ވަހީދު

ޕެވިލިއަން ހިންގަން އެމްޑަބްލިއުއެސްސީން މިދިޔަ އަހަރުގެ އޮގަސްޓް މަހު ހުޅުވާލި ބިޑް ކާމިޔާބުކުރީ ސިބްކޯ ޕްރައިވެޓް ލިމިޓެޑުންނެވެ. އެ ތަން ހިންގާނެ ފަރާތެއް ހޯދަން އޭގެ ކުރިން ހުޅުވާލި ބިޑް ކާމިޔާބުކުރީ ބްރަދާސް ކޭޓަރިން އެވެ.

ނަމަވެސް އެ ކުންފުންޏާ އެކު ހެދި އެއްބަސްވުން އުވާލުމަށް ފަހު އަލުން ބިޑަށް ހުޅުވާލުމުން ތިން ކުންފުންޏަކުން ބިޑް ހުށަހެޅި އެވެ. އޭގެ ތެރޭގައި ސިބްކޯގެ އިތުރުން ހުޅުމާލޭގައި ހުންނަ މެންހަޓަން ފިޝް މާކެޓް ރެސްޓޯރަންޓާއި ރާނބާ ރެސްޓޯރަންޓް ހިންގާ ސިލްވާ ސްޕޫން ޕްރައިވެޓް ލިމިޓެޑް ހިމެނެ އެވެ.

ސިބްކޯގެ އިސް އޮފިޝަލަކު ކުރިން "މިހާރު" އަށް ވިދާޅުވެފައިވަނީ، ގާތްގަނޑަކަށް 900 މީހުންގެ ޖާގައިގެ ޕެވިލިއަން ހުޅުވާއިރު، ގްލޯރިއާ ޖީންސް ކޮފީއާ އެކު އިތުރު ތިން ބްރޭންޑެއްގެ ފްރެންޗައިސް ރެސްޓޯރަންޓްތަކެއް ވެސް ހުންނާނެ ކަމަށެވެ.

ގްލޯރިއާ ޖީންސް ކޮފީ ހުޅުވާނީ މިރޭ 8:30 ގައި ބާއްވާ ޚާއްސަ ރަސްމިއްޔާތެއްގައި.-- ފޮޓޯ: މިހާރު/ހުސައިން ވަހީދު

ގްލޯރިއާ ޖީންސް ކޮފީ ހުޅުވާނީ މިރޭ 8:30 ގައި ބާއްވާ ޚާއްސަ ރަސްމިއްޔާތެއްގައި.-- ފޮޓޯ: މިހާރު/ހުސައިން ވަހީދު

އެކަމަކު ދެން އަންނާނީ ކޮން ބްރޭންޑްތަކެއްގެ ރެސްޓޯރަންޓްތަކެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ފާސްޓްފުޑް ބްރޭންޑްތަކެއްގެ އިތުރުން ފައިން ޑައިނިން ރެސްޓޯރަންޓް ބްރޭންޑެއް ވެސް އަންނާނެ އެވެ.

ޕެވިލިއަންގެ އެންމެ ތިރީ ބުރީގައި ކުރިން ހަދަން ނިންމާފައި އޮތީ ފަސް ފާހާނަ ހިމެނޭ ގޮތަށް، މޫދަށް އެރޭ މީހުން ފެންވަރާނެ ތަނަކާއި އާއްމުންނަށް އިށީނދެ ތިބެވޭނެ ޖާގައެކެވެ. ނަމަވެސް މިހާރު އެ ތަނުގެ ތިން ބުރީގައި ވެސް ހުންނަނީ ރެސްޓޯރަންޓެވެ.