Roadha Mihaaru
ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އަނަސް

ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އަނަސް

10 އޯގަސްޓް 2021

މިދިޔަ އޭޕްރީލް މަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވައި ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންނެވި އަނަސް އަބްދުއްސައްތާރަށް ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން މިއަދު ދެއްވައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މިދިޔަ އޭޕްރީލް މަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވައި ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންނެވި އަނަސް އަބްދުއްސައްތާރަށް ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން މިއަދު ދެއްވައިފި އެވެ.

އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްކަމުގެ މަގާމު 2015 އިން 2020 އަށް އަދާކުރައްވާފައިވާ އަނަސް އަށް ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދެއްވައި މަގާމުގެ ފަތްކޮޅު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވީ މިއަދު މެންދުރު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

އަނަސް އަކީ މިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ ޕްރައިމަރީގައި ވެސް ވާދަކުރައްވައި އެކަމަކު ނާކާމިޔާބުވި ބޭފުޅެކެވެ. އެންމެ ފަހުން އޭނާ ހުންނެވި ބާ ކައުންސިލްގެ މެމްބަރުކަމުގެ މަގާމުގަ އެވެ. އެ މަގާމުން ވެސް އޭނާ ވަނީ ދާދި ފަހުން އިސްތިއުފާ ދެއްވައިފަ އެވެ.

ރައީސް، ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ ލިޔުން އަނަސް އަށް މިއަދު ދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް

ރައީސް، ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ ލިޔުން އަނަސް އަށް މިއަދު ދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް

އަނަސްއަކީ، ޕާކިސްތާނުގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އިން ބެޗެލާ އޮފް ލޯސް އެލް.އެލް.ބީ (އޮނާސް) ޝަރީއާ އެންޑް ލޯ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.

އޭނާ ވަނީ ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ވަކީލުކަން ވެސް ކުރައްވައިފަ އެވެ. އޭގެ ތެރޭގައި މާލެ ސިޓީ ކައުންސިލް، އެމްޓީސީސީ، ބްރޯޑްކާސްޓިން ކޮމިޝަން އަދި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ހިމެނެ އެވެ.

ފިނޭންސް މިނިސްޓްރީގައި އަނަސްއާއެކު މިހާރު ހަތަރު ސްޓޭޓް މިނިސްޓަރަކު ތިއްބަވާނެ އެވެ.