Roadha Mihaaru
ހުސައިން ވަހީދު ޔޫތަށް، ނާއިފް ހައުސިންއަށް

ހުސައިން ވަހީދު ޔޫތަށް، ނާއިފް ހައުސިންއަށް ބަދަލުކޮށްފި

07 މެއި 2018

ހައުސިން މިނިސްޓްރީ އާއި ޔޫތު މިނިސްޓްރީގެ އިސް މަގާމަކަށް މިއަދު ރައީސް އޮފީހުން ބަދަލު ގެންނަވައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ހައުސިން މިނިސްޓްރީ އާއި ޔޫތު މިނިސްޓްރީގެ އިސް މަގާމަކަށް މިއަދު ރައީސް އޮފީހުން ބަދަލު ގެންނަވައިފި އެވެ.

ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި، ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހަމަޖެއްސެވިއިރު ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ހުންނެވި ނާއިފް ޝައުކަތު ވަނީ ހައުސިންގެ ޑެޕިއުޓީ މިނިސްޓަރަކަށް ހަމަޖައްސަވާފަ އެވެ.

އެ ބަދަލު ގެންނެވިކަން ޔަގީން ކޮށްދިން ނަމަވެސް ބަދަލު ގެނައި ސަބަބެއް ރައީސް އޮފީހުން ހާމައެއް ނުކުރައްވަ އެވެ.

ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުން ހުސައިން ވަހީދު ވަކިކޮށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދެއްވީ 2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގަ އެވެ.

ޖުމްހޫރީ ޕާޓީގައި އިސްކޮށް އުޅުއްވުމަށްފަހު ޕީޕީއެމްއާ ފަހުން ގުޅުނު ނާއިފް މިސަރުކާރު ފެށުނީންސުރެ ހުންނެވީ ޔޫތު މިިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށެވެ.