ލަންކާގެ ހަމްބަންޓޯޓާ އިންޓަނޭޝަނަލް ޕޯޓުގައި ޔޮޓު ބަންނަން ދިވެހި ހިއްސާދާރުންގެ ކުންފުންޏެއް ކަމަށްވާ "ސީ ހޯސް ޔޮޓް (ޝައި)" އާ ހަވާލުކޮށްފި އެވެ.
11 އޯގަސްޓް 2021
ލަންކާގެ ހަމްބަންޓޯޓާ އިންޓަނޭޝަނަލް ޕޯޓުގައި ޔޮޓު ބަންނަން ދިވެހި ހިއްސާދާރުންގެ ކުންފުންޏެއް ކަމަށްވާ "ސީ ހޯސް ޔޮޓް (ޝައި)" އާ ހަވާލުކޮށްފި އެވެ.
މި ޕްރޮޖެކްޓުގެ އެއްބަސްވުމުގައި ޝައިގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ރައީސް އަލީ ހުސައިން ދީދީ އެވެ. އަދި ހަމްބަންޓޯޓާ އިންޓަނޭޝަނަލް ޕޯޓު ގްރޫޕުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޖޯންސަން ލިއު އެވެ. މި ރަސްމިއްޔާތުގައި ލަންކާގެ ސްޕޯޓްސް އެންޑް ޔޫތު މިނިސްޓަރު ނަމަލް ރާޖަޕަކްސަ އާއި ރާއްޖެއިން ލަންކާ އަށް ލަންކާގައި ހުންނަވާ ސަފީރު އުމަރު އަބްދުއް ރައްޒާގު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މި ޕްރޮޖެކްޓް ޝައިއާ ހަވާލު ކޮށްފައި ވަނީ 58 މިލިއަން ޑޮލަރު (894.3 މިލިއަން ރުފިޔާ) އަށެވެ. މި ޕްރޮޮޖެކްޓުގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށުމަށް ވަނީ ހަމަޖެހިފަ އެވެ. މި ޕްރޮޖެކްޓުގައި ލަންކާގެ ތަޖުރިބާކާރުންގެ ޓީމަކުން އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.
ޝައި އަކީ ލަންކާގައި ރަޖިސްޓްރީ ކޮށްގެން ހަމްބަންޓޯޓާގައި ހިންގާ ކުންފުންޏެއް ނަމަވެސް މި ކުންފުނީގެ ހިއްސާދާރުންނަކީ ދިވެހިންނެވެ. މި ކުންފުންޏަކީ ޕްރިމިއަމް ޔޮޓް ބަންނަ ކުންފުންޏަކަށްވާއިރު ކުންފުނީގެ ޑިޒައިނަރުންނާއި އިނޮވޭޓަރުންނަކީ އިނގިރޭސި ވިލާތާއި ޔޫރަޕާއި ދެކުނު އޭޝިއާގެ މީހުންނެވެ.
ނަމަލް ރާޖަޕަކްސަ ވިދާޅުވީ ރާއްޖެ އާއި ލަންކާ ފަދަ ގައުމުތަކުގެ އިގްތިސާދު ކުރިއެރުވުމުގެ މައިގަނޑު ވަސީލަތްތަކަކީ މެރިޓައިމް އާއި ބައިނަލްއަގުވާމީ ވިޔަފާރި ކަމަށެވެ. އެހެންކަމުން އެ ދާއިރާ ކުރިއަރުވައި ޒަމާނީ ތަރައްގީ އަށް ވާސިލުވުމަށް މިފަދަ ޔޮޓް ބަންނަ ތަނެއް މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ.
ހަމްބަންޓޯޓާ އިންޓަނޭޝަނަލް ޕޯޓުގެ އިންޑަސްޓްރިއަލް ޕާކަކީ ބައިނަލްއަގުވާމީ ވިޔަފާރި ހަބެކެވެ. އެތަނުގެ ހިދުމަތްތައް ފުޅާކޮށް ވިޔަފާރީގެ އިތުރު ފުރުސަތުތައް ފަހި ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ޕޯޓުގެ ސީއީއޯ ޖޯންސަން ވިދާޅުވި އެވެ.
ބޭރުގެ އިންވެސްޓަރުންނަށް ރާއްޖެ އޮތީ ހުޅުވިފައި:ރައީސް
ލަންކާގެ އިންޑަސްޓްރިއަލް ޒޯނަށް 5 ބިލިއަން ޑޮލަރު
ރާއްޖޭގެ ވިޔަފާރީގެ މައުލޫމާތު ލަންކާގައި ދެނީ
ޗައިނާ އިން ލަންކާއަށް ކުރި އިންވެސްޓްގެ ބަދަލު ހޯދަނީ
ބިލިއަން ރުފިޔާގެ ޑްރަގް މައްސަލަ: ބަންދު އިތުރުކޮށްފި
އެއާޕޯޓުގައި ހަމަނުޖެހުން ހިންގި ލަންކާ މީހަކު ހައްޔަރު
ރާއްޖެއަށް ވަން ލަންކާގެ ބޯޓަކުން 468 ކިލޯގެ ޑްރަގު
ލަންކާގެ ހަމަލާ: ދިވެއްސެއްގެ ދަރިއަކު ހައްޔަރުކޮށްފި
ލަންކާގެ އާ ބޮޑުވަޒީރަށް ރައީސް މަރުހަބާ ވިދާޅުވެއްޖެ
ލަންކާގެ އިންތިހާބީ ރައީސް އަނޫރާއަށް ރައީސްގެ މަރުހަބާ