ރާއްޖެ އާއި ސްރީ ލަންކާއާ ދެމެދު ވިޔަފާރީގެ ރޮނގުން ގުޅުން ބަދަހިކުރަން ލަންކާގައި ހާއްސަ ސެމިނާއެއްް ބާއްވަން ނިންމައިފި އެވެ.
09 އޮކްޓޯބަރ 2016
ރާއްޖެ އާއި ސްރީ ލަންކާއާ ދެމެދު ވިޔަފާރީގެ ރޮނގުން ގުޅުން ބަދަހިކުރަން ލަންކާގައި ހާއްސަ ސެމިނާއެއްް ބާއްވަން ނިންމައިފި އެވެ.
ލަންކާގެ ކޮލަމްބޯ ޕޭޖު ނޫހުން މިއަދު ބުނި ގޮތުގައި އެ ގައުމުގެ ވިޔަފާރިވެރިންގެ ޖަމިއްޔާ އިން މި މަހުގެ 20 ގައި ބާއްވާ މި ސެމިނާގައި، ރާއްޖޭގައި ހުރި ވިޔަފާރީގެ ފުރުސަތުތަކާ ގުޅޭ ގޮތުން މައުލޫމާތު ދޭނެ އެވެ. އޭގެ ތެރޭގައި މޭވާގެ ބާވަތްތަކާއި ރަބަރުން އުފައްދާ ތަކެތި ރާއްޖެ އަށް ވިއްކުމުގެ އިތުރަށް، ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ލަންކާ މީހުންނަށް އޮތް ފުރުސަތުތައް ހިމެނެ އެވެ.
މި ސެމިނާ ޝަރަފުވެރިކޮށް ދެއްވާނީ، ކޮލަމްބޯ ޕޭޖުން ބުނި ގޮތުގައި، ލަންކާގައި ހުންނަ ދިވެހި ސަފީރު ޒާހިޔާ ޒަރީރެވެ. މި ސެމިނާގައި ބައިވެރިވާ ލަންކާގެ ކުންފުނިތަކުގެ އިސް ވެރިންނަށް ޒާހިޔާއާ ވަކިން ވާހަކަ ދައްކައި މަޝްވަރާކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް އެ ނޫހުން ބުންޏެވެ.
ޒާހިޔާ ވަނީ މީގެ ކުރިން ވެސް ލަންކާގެ ވިޔަފާރިވެރިންނާ ބައްދަލުކުރައްވައިފަ އެވެ. އެ ގޮތުން، ރާއްޖެ އަށް ބޭހުގެ ބާވަތްތައް އެތެރެކުރުން ފަދަ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި އެވެ.
ޒަމާނުއްސުރެ ވިޔަފާރީގެ ގުޅުން އޮތް ލަންކާ އަކީ ރާއްޖޭން އެންމެ ގިނަ އަދަދަކަށް މަހުގެ ބާވަތްތައް ބޭރު ކުރާ އެއް ގައުމެވެ. މީގެ އިތުރުން، ލަންކާގެ ބައެއް ބޮޑެތި ކުންފުނިތަކުން ރާއްޖޭގައި ރިސޯޓު ވެސް ހިންގަމުން ދެ އެވެ.
ދިވެހި ކުންފުންޏަކުން ލަންކާގައި ބޮޑު އިންވެސްޓްމަންޓެއް
އިންވެސްޓްކުރަން އާދޭ! ނޫނީ ފުރުސަތު އޮތީ ޗައިނާއަށް
ބޭރުގެ އިންވެސްޓަރުންނަށް ރާއްޖެ އޮތީ ހުޅުވިފައި:ރައީސް
ރާއްޖޭގަ އިތުރަށް އިންވެސްޓްކުރަން ބޭނުން: ޖޯން ކީލްސް
ލަންކާއަށް 3.8 ޓަނުގެ އަސާސީ ތަކެތި ފޮނުވަނީ
ލަންކާއަށް އެންމެ ބޮޑު އެހީއެއް ދިނީ ރާއްޖެ އިން
ޓެލެތޯނުން ލިބުނު 12 މިލިއަން ރުފިޔާ ލަންކާއަށް
ލަންކާއަށް ހަދިޔާކުރި މަސްދަޅު ކޭސް ހަވާލުކޮށްފި
ލަންކާގައި ދިވެހިން ހިންގާ އެހީގެ ހަރަކާތް ކާމިޔާބު
ލަންކާ ރައީސްގެ ޝުކުރު ރާއްޖެއަށް