އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުން އޭލެވެލް ކިޔެވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
15 އޯގަސްޓް 2021
އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުން އޭލެވެލް ކިޔެވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެ ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ރަޝީދު ވިދާޅުވީ، ގްރޭޑް 11 އަށް ވަނުމުގެ ފުރުސަތު މި މަހުގެ 26 އާ ހަމައަށް އޮންނާނެ ކަމަށެވެ.
އޭލެވެލް އަށް ކިޔެވުމުގެ ފުރުސަތު އެ ސްކޫލުން ހުޅުވާލާފައިވާ އިރު، ސަރުކާރުގެ ސްޕޮންސާޝިޕްގެ ދަށުން ހިލޭ އޭލެވެލް އަށް ކިޔެވުމުގެ ފުރުސަތު އޮތް ކަމަށް ރަޝީދު ވިދާޅުވި އެވެ. އެގޮތުން ފަސް މާއްދާއިން ސީ އަށް ވުރެ މަތިން ފާސްވެފައިވާ ކޮންމެ ކުއްޖަކަށް ސަރުކާރުގެ ސްޕޮންސާޝިޕްގެ ދަށުން ހިލޭ ކިޔެވޭނެ ކަމަށް ރަޝީދު ވިދާޅުވި އެވެ.
އެއީ އިސްލާމް ނުވަތަ ދިވެހި މާއްދާގެ އިތުރުން، ކެމްބްރިޖް މާއްދާތަކުގެ ތެރެއިން ދެ މާއްދާ ނުވަތަ ތިން މާއްދާއިން ފާސްވެފައިވާ ނަމަ ކަމަށް ރަޝީދު ވިދާޅުވި އެވެ. އަދި ޖުމްލަ ފަސް މާއްދާ އިން ފާސްވެފައިވާ ނަމަ، ސަރުކާރުގެ ހިލޭ އެހީގައި ކިޔެވޭނެ ކަމަށް ރަޝީދު ވިދާޅުވި އެވެ.
އަހުމަދިއްޔާ ސްކޫލުގައި އޭލެވެލް ކިޔަވައިދެމުން އަންނަނީ ބިޒްނަސް ސްޓްރީމް އާއި ސައިންސް ސްޓްރީމްގެ މާއްދާތަކުންނެވެ. މީގެ އިތުރުން ފަސް މާއްދާގެ އިތުރުން އޮޕްޝަނަލް މާއްދާގެ ގޮތުގައި ސީޕީއީ، ސީއޭއީ އަދި ޓްރެވަލް އެންޑް ޓުއަރިޒަމް ކިޔަވަން ބޭނުންވާ ކުދިންނަށް އެ ފުރުސަތު އޮތް ކަމަށް ރަޝީދު ވިދާޅުވި އެވެ.
"އަހުމަދިއްޔާއަކީ އޯލެވެލް އެކޭ އެއްގޮތަށް އޭލެވެލްގައި ވެސް ރަނގަޅު ނަތީޖާތަކެއް ހޯދަމުން އަންނަ ސްކޫލެއް،" ރަޝީދު ވިދާޅުވި އެވެ.
އަހުމަދިއްޔާ އިން އޭލެވެލް އަށް ކިޔަވަން އެދޭ ކުދިންނަށް ޖާގަ ދިނުމަށް ނިންމާފައި ވަނީ ކުރިން އެޕްލައި ކުރާ ކުދިންނަށް ފުރުސަތު ދޭ އުސޫލުން ކަމަށް ރަޝީދު ވިދާޅުވި އެވެ. އަދި ޖާގަ އޮތް ވަރަކުން ފުރުސަތު ދޭނެ ކަމަށް ރަޝީދު ވިދާޅުވި އެވެ.
އަހުމަދިއްޔާ ސްކޫލްގައި އޭ ލެވަލަށް ހުޅުވާލައިފި
ދަރިވަރުންގެ ފުރަތަމަ ނަމޫނާ ސާކްސަމިޓް އަހުމަދިއްޔާގައި
އޭ ލެވެލްގައި ރަށްރަށުގެ ސްކޫލްތަކުން މޮޅު ނަތީޖާތަކެއް
އޭލެވެލް ކިޔަވާ ކުދިން އިތުރު ކުރެވިއްޖެ: މިނިސްޓަރު
4،293 ކުދިންނާ އެކު އޭލެވެލް އިމްތިހާނު ފަށައިފި
އިތުރު 23 ސްކޫލެއްގައި އޭލެވެލަށް ކިޔަވައިދޭން ފަށަނީ
ތައުލީމީ މީހުންނަށް ބޮޑެތި މުސާރަ ދޭން 200 މިލިއަން
ތިން މާއްދާއިން ފާސްވިޔަސް 11،12 އިން ޖާގަ ލިބޭނެ
އޭލެވެލް ސިލަބަސް ބަދަލުކުރަން ނިންމި ނިންމުން ބާތިލް
އަހުމަދިއްޔާގެ ކާމިޔާބީގެ އަސްލަކީ އަހުލާގު