Roadha Mihaaru
ފުޓްބޯޅަ ސީޒަނާ ދިމާކޮށް ކޮކާ ކޯލާގެ ޕްރޮމޯޝަނެއް

ފުޓްބޯޅަ ސީޒަނާ ދިމާކޮށް ކޮކާ ކޯލާގެ ޕްރޮމޯޝަނަކުން އަގުބޮޑު އިނާމު

16 އޯގަސްޓް 2021

ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެށުމާ ދިމާކޮށް، ޓީވީ އާއި ސްމާޓްފޯން އަދި އެ ނޫން ވެސް އަގުހުރި އެތައް އިނާމެއް ލިބޭ ޕްރޮމޯޝަނެއް ކޮކާކޯލާ އިން ފަށައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެށުމާ ދިމާކޮށް، ޓީވީ އާއި ސްމާޓްފޯން އަދި އެ ނޫން ވެސް އަގުހުރި އެތައް އިނާމެއް ލިބޭ ޕްރޮމޯޝަނެއް ކޮކާކޯލާ އިން ފަށައިފި އެވެ.

"ކޯކް، ފުޑް އެންޑް ފުޓްބޯލް" ގެ ނަމުގައި ހިންގާ ޕްރޮމޯޝަން ކުރިއަށްދާނީ މި މަހުގެ 15 އިން ފެށިގެން އަންނަ މަހުގެ ނިޔަލަށެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ 300 އެމްއެލް، 500 އެމްއެލް، 1.25 ލީޓަރު އަދި ދެ ލީޓަރުގެ ކޯކު ފުޅި ގަނެގެންނެވެ. ޕްރޮމޯޝަނަށް ހާއްސަކޮށް ބާޒާރަށް ނެރެފައިވާ ރަންކުލައިގެ މަތިޖެހި ކޯކު ފުޅީގެ މަތިގަނޑުގެ އެތެރޭގައި އިންނަ ކޯޑު 2626 އަށް އެސްއެމްއެސް ކުރުމުން މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ. އިނާމު ބަލައި ދާއިރު ގުރުއަތުން ހޮވޭ ކޯޑު ހިމެނޭ މަތިގަނޑު ގެންދަންވާނެ އެވެ. ޕްރޮމޯޝަންގައި ހުށަހަޅާފައިވާ އިނާމުތަކުގެ ތެރޭގައި 20 ސްމާޓްފޯން، 50 އިންޗީގެ 25 ޓީވީ، ކޯކުގެ ލޯގޯ ޖަހާފައިވާ 45 ލިމިޓެޑް އެޑިޝަން ކުދި ފްރިޖު ހިމެނެ އެވެ. ކޯކުގެ ބްރޭންޑްކޮށްފައިވާ 225 މާޗެންޑައިޒް ވެސް ހިނާމުގެ ގޮތުގައި ދޫކުރާނެ އެވެ. މި އިނާމުތަކުގެ ތެރެއިން ފްރިޖަކީ ކޮންމެ ދުވަހަކު ދޭ އިނާމެކެވެ.

ކޮކާ ކޯލާ ރާއްޖޭގެ މެނޭޖިން ޑިރެކްޓަރު ޕަންކަޖް ސިންހަ ވިދާޅުވީ، ފުޓްބޯޅަ ބަލާ އިރު ބުއިމެއްގެ ގޮތުގައި ކޯކު އިހްތިޔާރުކުރުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު ފަހުރެއް ކަމަށެވެ.

"ކޮކާ ކޯލާ އާއި ފުޓްބޯޅަ ވަނީ ގުޅި ލާމެހިފައި. ދިވެހިންނަކީ ފުޓްބޯޅަ އަށް ވަރަށް ބޮޑަށް ލޯބިކުރާ ބަޔަކަށްވާއިރު، މި ފޯރީގައި ކޮކާ-ކޯލާ އިން ބައިވެރިވުމުން އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ފުޓްބޯޅަށް އަށް ލޯބިކުރާ ފަރާތްތަކަށް ލިބޭނެ،" އޭނާ ވިދާޅުވި އެވެ.

މުޅި ދުނިޔޭގައި ވެސް މަގުބޫލް ކޮކާކޯލާއަށް 135 އަހަރު ވަނީ ވެފަ އެވެ. ރާއްޖޭގައި ކޮކާ-ކޯލާގެ އުފެއްދުންތައް ބަންދުކުރާ ޕާޓްނަރު ކަމަށްވާ މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް ކޮކާ ކޯލާ ކޮމްޕެނީން ވަނީ ރަހަމީރު ތަފާތު ބުއިންތައް ރާއްޖޭގެ މާކެޓަށް ތައާރަފްކޮށްފަ އެވެ.