Roadha Mihaaru
އަލަށް ފެނުނު އަލްގީއަށް މާމެއިޑްއާ ގުޅުވައި ނަން ދީފި

އަލަށް ފެނުނު އަލްގީއަކަށް މާމެއިޑްއާ ގުޅުވައި ނަން ދީފި

18 އޯގަސްޓް 2021

އިންޑިއާގެ ކަނޑުގެ އަންޑަމަން އައިލެންޑްސް އިން މުޅިން އާ ވައްތަރެއްގެ އަލްގީއެއް ފެނިފައިވާތީ އެއަށް "މާމެއިޑް" ގެ ނަން ދީފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާގެ ކަނޑުގެ އަންޑަމަން އައިލެންޑްސް އިން މުޅިން އާ ވައްތަރެއްގެ އަލްގީއެއް ފެނިފައިވާތީ އެއަށް "މާމެއިޑް" ގެ ނަން ދީފި އެވެ.

މާމެއިޑަށް ނިސްބަތްކޮށް މި އަލްގީ އަށް ނަން ދިނީ "މާމެއިޑްގެ ކުޑަ" އާ ވައްތަރުވާތީ ކަމަށް އެ ހޯދި ސައިންސްވެރިންގެ ޓީމުން ބުންޏެވެ. ސެންޓްރަލް ޔުނިވަސިޓީ އޮފް ޕަންޖާބުން މި އަލްގީ އަށް ދިން ސައިންޓިފިކް ނަމަކީ އެސަޓަބިއުލޭރިއާ ޖަލަކަނިއަކީ އެވެ. ސަންސްކްރިތު ބަހުން ޖަލަކަނިއަކީ މާމެއިޑް އެވެ.

ޔުނިވަސިޓީގެ ޓީމަށް މި އަލްގީ ފެނިފައި ވަނީ 2019 ވަނަ އަހަރުގެ ތެރޭގަ އެވެ. އަދި މިއީ މުޅިން އަލަށް ފެނުނު އަލްގީއެއްކަން ކަށަވަރުކުރަން ދެ އަހަރެއްހާ ދުވަސް ނެގި އެވެ.

ސައިންސްވެރިން ވިދާޅުވީ މި އަގްލީ ފެނުނު އަންޑަމަން އާއި ނިކޯބާ އައިލެންޑަކީ މި ވަގުތު ދުނިޔޭގެ މުރަކައިގެ ފަރުތަކުގެ ތެރެއިން ސިއްހަތު އެންމެ ރަނގަޅު މުރަކަ ހިމެނޭ ސަރަހައްދު ކަމަށެވެ. އަދި މިއީ މުޅިން އާ ވައްތަރެއްގެ އަލްގީއެއް އެ ސަރަހައްދުން 40 އަހަރުގެ ތެރޭގައި ފެނުނު ފުރަތަމަ ފަހަރު ވެސް މެ އެވެ.

"މިއީ ވަރަށް ރީތި އަދި ދިރުންތަކުގެ ފުރިހަމަކަން ވެސް ވަރަށް ބޮޑަށް ދައްކުވައިދޭ އެއްޗެއް،" ޔުނިވަސިޓގެ ޓީމްގައި ހިމެނިވަޑައިގަންނަވާ ޑރ. ފެލިކްސް ބާސްޓް ވިދާޅުވި އެވެ.

ގަދަ ފެހި ކުލައެއްގައި ބަލައިލަން ރީތި ސިފައަކަށް ހުންނަ "މާމެއިޑް" އަކީ އަލްގީ އަކީ ބޮޑު އެއް ސެލް އާއި އެއް ނިއުޖްލިސް އިން އުފެދޭ އަލްގީއެކެވެ. މިގޮތަށް އުފެދޭ އަލްގީ އަށް ކިޔައި އުޅެނީ "ކޮއެނޮސިޓިކް" އެވެ.