Roadha Mihaaru
ޑޮލަރުގެ ކަޅުބާޒާރު ހުއްޓުވުމުގެ ފިޔަވަޅަށް ރުހުން ދީފި

ޑޮލަރުގެ ކަޅުބާޒާރު ހުއްޓުވަން އަޅާ ފިޔަވަޅުތަކަށް ސަރުކާރުން ރުހުން ދީފި: އެމްއެމްއޭ

22 އޯގަސްޓް 2021

ޑޮލަރުގެ ކަޅު ބާޒާރު ހުއްޓުވުމަށް އެމްއެމްއޭ އިން އަޅަން ނިންމާފައިވާ ފިޔަވަޅުތަކަށް ސަރުކާރުގެ ރުހުން ލިބިފައިވާ ކަމަށް އެ އިދާރާ އިން މިއަދު ބުނެފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ޑޮލަރުގެ ކަޅު ބާޒާރު ހުއްޓުވުމަށް އެމްއެމްއޭ އިން އަޅަން ނިންމާފައިވާ ފިޔަވަޅުތަކަށް ސަރުކާރުގެ ރުހުން ލިބިފައިވާ ކަމަށް އެ އިދާރާ އިން މިއަދު ބުނެފި އެވެ.

މަރުކަޒީ ބޭންކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު ވިދާޅުވީ، އެކްސްޗޭންޖު މާކެޓުގައި މިހާރު އޮތް ރެގިއުލޭޓަރީ ފްރޭމްވޯކް އިސްލާހު ކުރުމުގެ މަސައްކަތްތައް ސަރުކާރާ ހިއްސާ ކުރުމުން، އޭގައި ހިމެނޭ ކަންކަމަށް ރުހުން ލިބިފައިވާ ކަމަށެވެ.

ޑޮލަރުގެ ކަޅު ބާޒާރާ ދެކޮޅަށް އެމްއެމްއޭ އިން ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށް ބުންޏަސް އެއީ ކޮން ފިޔަވަޅުތަކެއް ކަމެއް ނުބުނެ އެވެ.

އެކަމަކު، އިމާދު ވިދާޅުވިގޮތުގައި އެއީ ބޭރުގެ ތަޖުރިބާކާރުންނާ ވެސް ހިއްސާ ކުރެވިގެން އަޅާ ފިޔަވަޅުތަކެކެވެ.

"މި މައުލޫމާތު އިތުރަށް ފުރިހަމަ ކުރުމަށްޓަކައި ބޭރުގެ ޕާޓީތަކާ މަޝްވަރާ ކުރެވި، ވަނީ އިތުރަށް ފައިންޓިއުން ކުރެވިފައި،" އިމާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ބްލެކް މާކެޓާ މެދު ފިޔަވަޅު އަޅަން މި މަހުގެ ތެރޭގައި ވެސް މަސައްކަތްތައް ކުރިއަށް ގެންދާނެ އެވެ. އޭގެ ސަބަބުން ވިޔަފާރިތަކަށް އަންނާނެ ބަދަލުތަކާ މެދު މަޝްވަރާ ކުރާނެ ކަމަަށާއި އާއްމުންނާއި ވިޔަފާރިތަކާއިި މުޅިރާއްޖެ އަށް ވެސް ބަދަލުތަކެއް އަންނާނެ ކަމަށް ވިދާޅުވި އެވެ.