ރާއްޖޭގައި ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ އަށް ބަދަލު ކުރުން 2018 ގައި އެމްޑީޕީން އެކުލަވައިލި "ޖަޒީރާ މެނިފެސްޓޯ"ގައި ހިމެނި ނަމަވެސް މި ސަރުކާރުން އަމަލު ކުރަނީ "ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯ" އަށް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު މިއަދު ވިދާޅުވެއްޖެ އެވެ.
23 އޯގަސްޓް 2021
ރާއްޖޭގައި ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ އަށް ބަދަލު ކުރުން 2018 ގައި އެމްޑީޕީން އެކުލަވައިލި "ޖަޒީރާ މެނިފެސްޓޯ"ގައި ހިމެނި ނަމަވެސް މި ސަރުކާރުން އަމަލު ކުރަނީ "ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯ" އަށް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު މިއަދު ވިދާޅުވެއްޖެ އެވެ.
ބަރުލަމާނީ ނިޒާމު ގެންނަން އެމްޑީޕީގެ ތެރެއިން ބަޔަކު ހަދަމުން އަންނަ ޕެޓިޝަންގައިވާ ގޮތުން އެ ނިޒާމު ގެނައުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެކެވެ. އަދި 2020 ގެ ކުރިން އެކަން ކުރަން ޖެހޭ ކަމަށާއި އެކަން ތަންފީޒުކޮށް ފެންނަ ނުފެންނަ ވޯޓަކަށް ދާން ޖެހޭ ކަމަށް އެ ޕެޓިޝަންގައި ވެ އެވެ.
އެމްޑީޕީން 2018 ގެ ރިޔާސީ އިންތިހާބަށް ފުރަތަމަ ތައްޔާރުކުރި ޖަޒީރާ މެނިފެސްޓޯގެ 98 ވަނަ ސަފުހާގައި ބުނާ ގޮތުން ގާނޫނުއަސާސީ އިސްލާހު ކުރުމަށް ފަހު އެކުލެވޭ ސަރުކާރުގައި ބޮޑުވަޒީރަކާއި އޭނާގެ ކެބިނެޓް އެކުލަވައިލެވޭނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިންނެވެ.
މި ވެރިކަން ގެންނަން އެންމެ ބުރަކޮށް މަސައްކަތް ކުރެއްވި ބޭފުޅުންގެ ތެރެއިން ޖޭޕީގެ ލީޑަރު ގާސިމާއި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ޖޭޕީގެ ހަރުގޭގައި 2017 ގައި ބޭއްވި ޖަލްސާއެއްގައި މަޝްވަރާކުރައްވަނީ.
އޭގައި ވާ ގޮތުން ނަމަ އާ ގާނޫނުއަސާސީގައި ބަޔާންކުރާ ރައިސުލްޖުމްހޫރިއްޔާ އަކަށް ގުޅިފައިވާ ޕާޓީތަކުގެ ރައީސް ބަދަލުވާނެ އެވެ. އަދި ސަރުކާރު ހިންގާނީ އެންމެ ގިނައިން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ނަގާ ޕާޓީއަކުންނެވެ.
އެކަމަކު، އެމްޑީޕީގެ "ޖަޒީރާ މެނިފެސްޓޯ" އެކުލަވައިލި ފަހުން، މިހާރު ސަރުކާރު ހިންގާ ކޯލިޝަނުން އެއްބަސްވާ ގުޅިފައިވާ ޕާޓީތަކުގެ މެެނިފެސްޓޯއެއް ނެރުނެވެ. ރައީސް އޮފީހުގެ ވެބްސައިޓުގައި މިހާރު ޝާއިއުކޮށް، އަމަލުކުރަނީ ވެސް އެމްޑީޕީގެ ޖަޒީރާ މެނިފެސްޓޯގެ ބަދަލުގައި ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯ އަަށެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭ ގޮތުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން މަބްރޫކް ވިދާޅުވީ، ރިޔާސީ އިންތިހާބާ ދިމާކޮށް އެމްޑީޕީގެ އިތުރުން އަދާލަތު ޕާޓީ އާއި އެހެން ޕާޓީތައް ވެސް މެނިފެސްޓޯއެއް ތައްޔާރު ކުރި ކަމަށެވެ. ނަމަވެސް ފަހުން އެމްޑީޕީގެ ގައުމީ މަޖިލީހުން ނިންމާފައި ވަނީ ހުރިހާ ޕާޓީއެއް ގުޅިގެން މަސައްކަތް ކުރުމަށް ކަމަށާއި ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯއަކަށް އެއްބަސްވެފައިވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ.
މިއަދުގެ މީޑިއާ ބްރީފިންގައި ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް ނޫސްވެރިންނާ ވާހަކ ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް
"މިހާރު އަމަލު ކުރަމުން އަންނަ ނުވަތަ މިހާރު ޕަބްލިޝް ކުރެވިފައި މި އޮތީ ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯއެއް. އެ މެނިފެސްޓޯއަކު ނޯވޭ ބަރުލަމާނީ ނިޒާމުގެ ވާހަކައެއް،" އޭނާ ވިދާޅުވި އެވެ.
ބަރުލަމާނީ ނިޒާމާ ގުޅޭ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެކިވަޑައިގަންނަވަނީ ގިނަ ރައްޔިތުންގެ ވިސްނުމާ އެއްގޮތަަށް ކުރިއަށް ދާން ކަމަށް މަބްރޫކް ތަކުރާރުކޮށް ވިދާޅުވި އެވެ.
ރިޔާސީ ނިޒާމަކަށް ރާއްޖޭގައި ވެރިކަން ކުރަން ފެށީ ގާނޫނުއަސާސީ އެކުލަވައިލުމުގެ ކުރިން ރާއްޖޭގައި އޮންނާނެ ނިޒާމަކާ ގުޅޭ ގޮތުން އޯގަސްޓް، 18، 2007 ގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ފަހު އެވެ. އެ ވޯޓުގައި ބައިވެރިވި 149،380 މީހުންގެ ތެރެއިން 62 ޕަސަންޓް މީހުން ވަނީ ރިޔާސީ ނިޒާމަށް ތާއީދު ކޮށްފަ އެވެ.
އެ ނިޒާމު އަލުން ބަދަލު ކުރަން އެމްޑީޕީގެ އާންމު މެންބަރުންތަކެއް އިސްވެ މަސައްކަތް ފެށި ނަމަވެސް އެކަމަށް އެންމެ ގަދައަށް ވަކާލާތު ކުރައްވަނީ އެ ޕާޓީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.
ނިޒާމީ ވޯޓަށް ގޮތް ނިންމަން ގައުމީ މަޖިލިސް ބާއްވަނީ
ނިޒާމް ބަދަލުކޮށް ބާރުތައް ބަހާނެ ވަގުތާ މެދު ސުވާލެއް
ޑިމޮކްރެޓުން ނިޒާމު ބަދަލުކުރާ ވާހަކަ އާކޮށްފި
ގޯސްތައް ދައްކަވައި އަމްރު ވިދާޅުވީ އިސްލާހުނުވި ކަމަށް
މެނިފެސްޓޯގައި ނިޒާމީ ވޯޓު ނަގާކަށް ނުނިންމާ: ސަރުކާރު
އިންތިހާބުގެ ކުރިން ބަރުލަމާނީ ވޯޓެއް ނޯންނާނެ:ފައްޔާޒް
ބަރުލަމާނީގެ އުންމީދު ކަފުން؛ ނަޝީދުގެ ކުރިމަގު ބަނަ!
ނަޝީދުގެ ފަރާތުން ފެންނަނީ މުޅިން މާޔޫސްކަން!
އެމްޑީޕީ އަދިވެސް އެދެނީ ބަދަލަކަށް: ނަޝީދު
ނިޒާމު ބަދަލުނުކޮށްފިނަމަ ސަރުކާރަށް ގިނަ ވޯޓު ގެއްލޭ