Roadha Mihaaru
ވިލާ ސްކޫލުގެ ފުރުސަތުތައް ކިޔައިދޭން ހާއްސަ ހަރަކާތެއް

ވިލާ ހައި ސްކޫލުގެ ފުރުސަތުތައް ކިޔައިދޭން ހާއްސަ ހަރަކާތެއް

26 އޯގަސްޓް 2021

ވިލާ އިންޓަނޭޝަނަލް ހައި ސްކޫލްގައި ހުރި ފުރުސަތުތައް ދަރިވަރުންނާއި ބެލެނިވެރިންނަށް ކިޔައި ދިނުމަށް ހާއްސަ ހަރަކާތެއް މިއަދު ބާއްވައިފި އެވެ.

ވިލާ އިންޓަނޭޝަނަލް ހައި ސްކޫލްގައި ހުރި ފުރުސަތުތައް ދަރިވަރުންނާއި ބެލެނިވެރިންނަށް ކިޔައި ދިނުމަށް ހާއްސަ ހަރަކާތެއް މިއަދު ބާއްވައިފި އެވެ.

އެ ސްކޫލުގެ ޕްރިންސިޕަލް ސައީދު އަހުމަދު ވިދާޅުވީ "ވީއައިއެޗްއެސް ޑޭ" ގެ ބޭނުމަކީ އޭ ލެވެލަށް ކިޔަވަން ބޭނުންވާ ދަރިވަރުންނަށް އެ ސްކޫލުގައި ކިޔަވައިދޭ ގޮތް އަމިއްލަ އަށް ތަޖުރިބާކުރުމުގެ ފުރުސަތު ދިނުން ކަމަށެވެ. ދަރިވަރުންނާއި ބެލެނިވެރިންގެ ސުވާލުތަކަށް ވެސް މި ހަރަކާތުގެ ތެރެއިން ޖަވާބު ދިން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކި މާއްދާތަކާ ގުޅޭގޮތުން ދަރިވަރުން އެކްސްޕެރިމެންޓް ހަދައި އެ އެއްޗެހިތައް ލައިވްކޮށް ދައްކާލާނެ. ސްކޫލުގެ ފުރިހަމަ ތަޖުރިބާ ކުރެވޭނެ ދަރިވަރުންނަށް،" ސައީދު ވިދާޅުވި އެވެ.

އޯޕަންޑޭގެ ހަރަކާތްތައް ގެންދިޔައީ މިއަދު މެންދުރު 2:00 އާ ހަމައަށެވެ.

ވިލާ ހައި ސްކޫލުން ވަނީ އެ ސްކޫލުގައި އޭ ލެވެލް ކިޔެވުމަށް އެދުމުގެ ފުރުސަތު އަންނަ މަހުގެ 9 ވަނަ ދުވަހާ ހަމައަށް ވެސް ހުޅުވާލައިފަ އެވެ.

ވިލާ ހައި ސްކޫލުގެ އޯޕަންޑޭގައި ދަރިވަރުންތަކެއް ބައިވެރިވަނީ.-- ފޮޓޯ: ވިލާ ހައި ސްކޫލު

ވިލާ ހައި ސްކޫލުގެ އޯޕަންޑޭގައި ދަރިވަރުންތަކެއް ބައިވެރިވަނީ.-- ފޮޓޯ: ވިލާ ހައި ސްކޫލު

އޯލެވެލްގެ ފަސް މާއްދާ އިން ފާސްވެއްޖެ ނަމަ އެ ދަރިވަރެއްގެ އަތުން ފީ ނުނަގައި ވިލާގައި އޭ ލެވެލަށް ކިޔެވޭނެ އެވެ. އެކަމަކު ފަސް މާއްދާ އަށް ވުރެ މަދުން ފާސްވެފައިވާ ނަމަ ފީގެ ގޮތުގައި ކޮންމެ މަހަކު 2،400ރ. ދައްކަން ޖެހޭނެ އެވެ.