ޓޫރިޒަމް ދާއިރާ އިން މީހުން ބިނާކުރުމަށް ރާއްޖޭގެ ގައުމީ ޔުނިވާސިޓީ އާއި ކޮންސްޓަންސް ރިސޯޓްސް އާ ދެމެދު އެމްއޯޔޫއެއްގައި މިއަދު ސޮއި ކޮށްފި އެވެ.
26 އޯގަސްޓް 2021
ޓޫރިޒަމް ދާއިރާ އިން މީހުން ބިނާކުރުމަށް ރާއްޖޭގެ ގައުމީ ޔުނިވާސިޓީ އާއި ކޮންސްޓަންސް ރިސޯޓްސް އާ ދެމެދު އެމްއޯޔޫއެއްގައި މިއަދު ސޮއި ކޮށްފި އެވެ.
އެ ޔުނިވާސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ތަނުގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރު ޑރ. މުހައްމަދު ޝަރީފެވެ. ކޮންސްޓަންސް ރިސޯޓްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނިން ހިންގާ ކޮންސްޓަންސް މޫފުށީގެ ޖެނެރަލް މެނޭޖަރު އޮންރީ އާނަލްފީ އާއި ކޮންސްޓަންސް ހަލަވެލީގެ ޖެނެރަލް މެނޭޖަރު ޓެންޖީ ލެގްރޭންޑެވެ.
މިއީ ގައުމީ ޔުނިވާސިޓީ އާއި ކޮންސްޓަންސް ކުންފުންޏާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ގައުމު ބިނާ ކުރުމުގައި އެއް ހަމައެއްގައި މަސައްކަތް ކުރުމަށް ސޮއިކުރި އެއްބަސްވުމެއް ކަމަށް އެ ޔުނިވާސިޓީން ބުންޏެވެ. މީގެ ސަބަބުން ދަށުން ގައުމީ ޔުނިވާސިޓީގެ ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީސް ފެކަލްޓީގެ ދަރިވަރުންނާއި ކޮންސްޓަންސްގެ މުވައްޒަފުންނަށް ތައުލީމު އުނގެނުމުގެ ފުރުސަތާއި މަސައްކަތުގެ ތަޖުރިބާ އާއި އިންޓާންޝިޕް ފުރުސަތު އަދި ތަފާތު ފަންނީ މަސައްކަތްތައް ކުރިއަށް ގެންދަން މަގުފަހިވާނެ ކަމަށް ޔުނިވާސިޓީން ބުންޏެވެ.
މީގެ އިތުރުން އިންޓާންޝިޕް ނިންމީ ދަރިވަރުންނަށް ވަޒީފާގެ ފުރުސަތު ވެސް މި އެއްބަސްވުމުގެ ދަށުން ލިބޭނެ ކަމަށް ގައުމީ ޔުނިވާސިޓީން ބުންޏެވެ.
މޫދަށް އެރި އުޅުނު ޓޫރިސްޓަކު ގެނބިގެން މަރުވެއްޖެ
ކްރައުން އެންޑް ޗަމްޕާގެ "ނަލަ މޯލްޑިވްސް" ހުޅުވައިފި
ނާގޯށީގެ މަސައްކަތް ފަށަން ވަޒީފާތަކަށް އިއުލާންކޮށްފި
މާލެ ކައިރީގައި ޓްރަމްޕް ބްރޭންޑުގެ ރިސޯޓެއް ހުޅުވަނީ
އެޓްލާންޓިސްގެ ރިސޯޓެއް ރާއްޖޭގައި ހުޅުވަން ތައްޔާރުވަނީ
ޓޫރިޒަމްގެ ސިޔާސަތާ މެދު އަލުން ވިސްނަންޖެހޭ!
ދުނިޔޭގެ ބެސްޓް ބީޗް ޑެސްޓިނޭޝަންގެ އެވޯޑް ރާއްޖެއަށް
ލިވަޕޫލް-މެންޔޫ މެޗްގައި 10 ބަހަކުން ރާއްޖޭގެ ނަން
ނަލަންދޫގައި ރިސޯޓެއް ހަދަން އަލުން ބީލަމަށް
ސޮނެވާގެ މޭސްތިރިން އާ ހޮޓެލް ބްރޭންޑެއް ތައާރަފްކުރަނީ