28 އޯގަސްޓް 2021
އެންމެ ހޮޓްޑޯގަކުން ވެސް އުމުރުން 36 މިނިޓް ކުރުވާ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.
އެންމެ ހޮޓްޑޯގަކުން ވެސް އުމުރުން 36 މިނިޓް ކުރުވާ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.
ނޭޗަ ފުޑް ޖާނަލްގައި ޝާއިއުކޮށްފައިވާ އެމެރިކާގެ މިޝިގަން ޔުނިވަސިޓީގެ ދިރާސާގައި ބުނެފައިވާ ގޮތުގައި ކެއުމުގެ ވައްޓަފާޅި ބަހައްޓާ ގޮތާއި ކާ އެއްޗިއްސަކީ އެ މީހާގެ އުމުރާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމެކެވެ.
އެންމެ 61 ގްރާމްގެ، ޕްރޮސެސްކޮށްފައިވާ ބީފުން ހަދާފައިވާ ހޮޓްޑޯގެއް ކާލުމުން، އުމުރުން 27 މިނިޓް ކުރުވާ އިރު، ހޮޓްޑޯގްގައި އެކުލެވޭ ޓްރާންސް ފެޓީ އެސިޑާއި ސޯޑިއަމްގެ މިންވަރާ އެކު، ހޮޓްޑޯގަކުން އެކަނިވެސް 36 މިނިޓް އުމުރުން ކުރުވާ ކަމަށް ދިރާސާގައި ބުންޏެވެ.
މި ދިރާސާ ހެދުމުގައި މައިގަނޑު ގޮތެއްގައި ބަލާފައި ވަނީ ކެއުމުގެ ވައްޓަފާޅި ބަހައްޓާ ގޮތާއި ވަކިވަކި ކާއެއްޗެހީގެ ސަބަަބުން މީހާގެ އުމުރަށް އަންނަ ބަދަލެވެ. ދިރާސާ ހެދުމުގައި، ކުރިން ހަދާފައިވާ ދިރާސާއެއް ކަމަށްވާ ގްލޯބަލް ބާޑެން އޮފް ޑިޒީޒް އަށް ބެސް ބަލާފައިވެ އެވެ. މީގައި ބަލާފައި ވަނީ ކާ އެއްޗެހީގެ ސަބަބުން މީހާގެ އުމުރު ކުރުވުމާއި ދިގުވާ މިންވަރަށެވެ.
Article: It is unclear how drastic #diet changes for #nutrition and #sustainability must be. Combining a new epidemiology-based nutritional index with #environmental indicators, positive impacts of specific #food substitutions are estimated #foodsystemshttps://t.co/RKpoEi4V3m
— Nature Food (@NatureFoodJnl) August 25, 2021
އޭގައި ފާހަގަކޮށްފައިވާ ގޮތުގައި މޭވާ ފަދަ އެއްޗެހީގެ އެންމެ ގްރާމެއް ކެއުމުން ވެސް މީހާގެ އުމުރު 0.1 މިނިޓަށް އިތުރުކޮށްދެ އެވެ. އަދި ޕްރެސްކޮށްފައިވާ އެއްގަމު މަހުގެ ބާވަތެއްގެ އެންމެ ގްރާމަކުން ވެސް މީހާގެ އުމުރުން 0.45 މިނިޓަށް ދަށްވާ ކަމަށް ދިރާސާގައި ފާހަގަކޮށްފައިވެ އެވެ.
ދިރާސާގައި އިސްކޮށް މަސައްކަތްކުރެއްވި މިޝިގަން ޔުނިވަސިޓީގެ އެންވަޔަރަމެންޓަލް ހެލްތު ސައިންސެސްގެ ޕްރޮފެސަރު އޮލީވިއާ ޖޮލިއެޓް ވިދާޅުވި ގޮތުގައި ދިރާސާގެ މައިގަނޑު މަދުސަދަކީ ކެއުމުގެ ވައްޓަފާޅި ރަނގަޅުކުރަން ހިތްވަރު ދިނުމެވެ. އޭނާ ވިދާޅުވީ ކެއުމުގެ ވައްޓަފާޅި އާއި ކާން ބޭނުންކުރާ ކާނާތަކަކީ މީހާގެ ސިއްހަތާއި، ވަކިން ހާއްސަކޮށް ދުޅަހެޔޮ ސިއްހަތަކާ ވަރަށް ބޮޑަށް ގުޅިލާމެހިފައި އޮންނަ ކަމަކަށްވާތީ ކެއުމަކީ ވަރަށް ފަރުވާ ބަހައްޓައިގެން ކުރަން ޖެހޭ ކަމެކެވެ.
ހޮޓްޑޮގް.
ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި ތާޒާ އެއްޗެހި ކެއުން ވަރަށް ވެސް މުހިންމެވެ. އޭގެ ތެރޭގައި މޭވާ އާއި ނަން-ސްޓާޗީ ތަރުކާރީ އާއި ނަޓްސްގެ ބާވަތްކާއި ސީފުޑާއި މުގާއި ބީންސް ފަދަ އެއްޗެހި ހިމެނެ އެވެ. މިފަދަ ބާވްތަތަކުގެ ސަބަބުން ސިއްހަތަށް މުޅިން ވެސް ލިއްބައިދެނީ ހެޔޮ ބަދަލުތަކެވެ.
"މީގައި އަދި އެންމެ ބޮޑަށް ބަލަންޖެހޭ ކޮންމެ ދުވަހެއްގެ ކެއުމުގައި ހަށިގަނޑަށް އެތެރެވޭކުރެވޭ ކެލަރީޒްގެ މިންވަރު ކޮންޓްރޯލްކުރުން،" އޮލީވިއާ ވިދާޅުވި އެވެ. "މަދު ބާވްތަކުން ގިނަ ފައިދާތައް ލިއްބައިދޭ ކަހަލަ ކާނާތަކަށް ވެސް އެބަޖެހޭ އިސްކަން ދޭން."
ދިރާސާގައި ބުނެފައިވާ ގޮތުން "ހިސާބު ޖަހައިގެން" ކެއުމުގެ ވައްޓަފާޅި ގެންގުޅުމަކީ މާ ފަސޭހަ ކަމަކަށް ނުވާނެ އެވެ. އެކަމަކު އަބަދު ވެސް އިސްކަންދޭންވީ ސިއްހަތަށް ފައިދާ ހުރި ކާނާތަކަށް ކަމަށް ބުންޏެވެ. އަދި މިކަމުގައި ޑޮކްޓަރުންނާއި ނިއުޓްރިޝަނިސްޓުންގެ ލަފަ އާއި އިރުޝާދު ވެސް ހޯދިދާނެ ކަމަށް ބުންޏެވެ.
ދުވާލަކަށް ވިޓަމިން ސީގެ މިންވަރު ދެ ގުނަކުރަން ޖެހޭ
ކޮފީން ހިތުގެ ވިންދަށް ގެއްލުމެއް ނެތް: ދިރާސާ
އުމުރުން ދުވަސްވާ ވަރަކަށް ކާންވީ ނަޓްސް
ތެލުލި ކާނާގެ ކުޑަ މިންވަރަކުން ވެސް ހިތަށް ނުރައްކާ
ރޯގާ އާއި ކެއްސުމަށް މާމުއި މާ ރަނގަޅު
ހަކުރުބައްޔާ ދެކޮޅަށް ފޮނިތޮށި
ދިފާއީ ނިޒާމަށް މުހިއްމު ފަސް މާއްދާއެއް
ހަކުރުބަލީގެ މީހުން ދޮންކެޔޮ ކާންވާނެތަ؟
މާބަނޑުއިރު ޕޮޓޭޓޯ ޗިޕްސްއާ ދުރުވާންޖެހޭ
ހުސްގޮހޮރާއި ހުރެ ލޮނުމެދު ކެއުމުގެ ފައިދާ ބޮޑު