Roadha Mihaaru
ހުސްގޮހޮރާއި ހުރެ ލޮނުމެދު ކެއުމުގެ ފައިދާ ބޮޑު

ހުސްގޮހޮރާއި ހުރެ ލޮނުމެދު ކެއުމުގެ ފައިދާ ބޮޑު

13 ޖޫން 2024

ހެނދުނު ހޭލައިގެން ހުސްގޮހޮރާއި ހުރެ، ލޮނުމިދެއް ފެނުގައި ކައްކައިގެން ކާލުމުން ދަށްކޮށްދެނީ ލޭގެ ޕްރެޝަރާއި ކޮލެސްޓްރޯލެވެ. މިއީ އޭގެން ލިބޭ އިތުރު ފައިދާތަކެވެ.

ހަފީޒާ އަހުމަދު ހަފީޒާ އަހުމަދު

ހެނދުނު ހޭލައިގެން ހުސްގޮހޮރާއި ހުރެ، ލޮނުމިދެއް ފެނުގައި ކައްކައިގެން ކާލުމުން ދަށްކޮށްދެނީ ލޭގެ ޕްރެޝަރާއި ކޮލެސްޓްރޯލެވެ. މިއީ އޭގެން ލިބޭ އިތުރު ފައިދާތަކެވެ.

ލޮނުމެދުން ހެޔޮވަރުކޮށްދެނީ ހަމައެކަނި ކެއުމަށް ތައްޔާރުކުރާ ކާ އެއްޗެހީގެ ރަހައެއް ނޫނެވެ. ލޮނުމެދަކީ ނިއުޓްރިޝަންގެ މާއްދާ އެކުލެވޭ އެއްޗެކެވެ. އޭގެ ސަބަބުން ސިއްހީ އެތައް ފައިދާއެއް ލިބި، ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އެހީވެދެ އެވެ.

ލޮނުމެދު ކައްކައިގެން ކެއުމަށް ވުރެ ރޯކޮށް ހުއްޓާ ކެއުމުގެ ފައިދާ އަދި މާ ބޮޑެވެ. ލޮނުމެދުގައި އެންޓި-އިންފްލިމެޓަރީ، އެންޓިއޮކްސިޑޭޓިވް، އެންޓިބެކްޓީރިއަލް އަދި އެންޓި ކެންސަރު ޕްރޮޕަޓީސް މާއްދާތައް އެކުލެވެ އެވެ.

ލޮނުމެދު ހަފައިގެން ކެއުމުން އޭގައި ހިމެނޭ ސަލްފާ ކޮމްޕައުންޑްތަކަކުން ހަށިގަނޑަށް އިތުރު ފައިދާ ލިބެ އެވެ.

ލޮނުމެދު: ހަށިގަނޑަށް ގިނަ ފައިދާތަކެއް ލިބޭ އެއްޗެއް.

ލޮނުމެދު: ހަށިގަނޑަށް ގިނަ ފައިދާތަކެއް ލިބޭ އެއްޗެއް.

ރޯ ލޮނުމެދު ކެއުމާ ގުޅޭ ގޮތުން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި، އެ ދިރާސާގައި ބައިވެރި ބައިވެރިންގެ ލޭގެ ޕްރެޝަރު 5-8 ޕަސެންޓަށް ދަށްވި އެވެ. އަދި ކޮލެސްޓްރޯލް 10-4 ޕަސެންޓަށް ދަށްވި އެވެ.

ދުވާލަކު ކާންވީ ކިތައް ލޮނުމެދު؟

އެންމެ ރަނގަޅީ ދުވާލަކު 1-2 ލޮނުމެދު ކެއުމެވެ. އެއަށް ވުރެން އިތުރަށް ކައިފި ނަމަ މޭ އެންދުމާއި ގޭހުގެ އުނދަގޫ ކުރިމަތިވެދާނެ އެވެ.

ލޮނުމެދުގައި މެގްނީޒިއަމް، ވިޓަމިން ސީ، ސެލީނިއަމް، ފައިބާ، ކެލްޝިއަމް، ކޮޕާ، ފޮސްފޮރަސް ޒިންކް، އަޔަން، ވިޓަމިން ބީ1 އަދި ބީ 6 ގެ އިތުރުން ޕޮޓޭޝިއަމްގެ މާއްދާ އެކުލެވެ އެވެ.

ލޮނުމެދުން ލިބޭ ފައިދާ

- ދިފާއީ ނިޒާމު ވަރުގަދަކޮށްދިނުން

- އާތުރައިޓްސް ކަހަލަ ބަލިތަކުން ރައްކާތެރިކޮށްދިނުން

- ހިތުގެ މައްސަލަތަކަށް ލިބޭ ފަރުވާއެއް

- ހަށިގަނޑުގައި ހުންނަ ވިހަ މާއްދާތައް ސާފުކޮށްދިނުން

- ހަޖަމުކުރާ ނިޒާމަށް ލިބޭ ފަރުވާއެއް

- އިންފެކްޝަންގެ ނުރައްކާ ކުޑަކޮށްދިނުން