Roadha Mihaaru
ހެޓްރިކާއެކު ލެވަންޑޯސްކީ އަށް 300 ގޯލް

ހެޓްރިކާ އެކު ލެވަންޑޯސްކީ އަށް 300 ގޯލް

29 އޯގަސްޓް 2021

މިޔުނިކް (އޮގަސްޓް 29) ހާތާ ބާލިންއާ ދެކޮޅަށް ރޮބަޓް ލެވަންޑޯސްކީ ކާމިޔާބުކުރި ހެޓްރިކާ އެކު ބާޔާންގެ ޖޯޒީގައި އޭނާ ޖެހި ލަނޑުގެ އަދަދު 300 އަށް ވުރެ މައްޗަށް އަރައިފި އެވެ.

މިޔުނިކް (އޮގަސްޓް 29) ހާތާ ބާލިންއާ ދެކޮޅަށް ރޮބަޓް ލެވަންޑޯސްކީ ކާމިޔާބުކުރި ހެޓްރިކާ އެކު ބާޔާންގެ ޖޯޒީގައި އޭނާ ޖެހި ލަނޑުގެ އަދަދު 300 އަށް ވުރެ މައްޗަށް އަރައިފި އެވެ.

ހާތާ ބާލިންއާ ދެކޮޅަށް ބަޔާން ކުޅުނު މެޗު ކާމިޔާބު ކުރީ 5-0 އިންނެވެ. ރޭގެ މެޗާ އެކު ޖެހިޖެހިގެން 13 ލީގު މެޗުގައި ލެވަންޑޯސްކީ ލަނޑު ޖަހައި އޭނާ ވަނީ ޕާސަނަލް ބެސްޓް ރެކޯޑު މުގުރާލައިފަ އެވެ.

މެޗަށް ބަޔާން ނުކުތް އިރު ލެވަންޑޯސްކީ ވަނީ 298 ލަނޑު ޖަހައިފަ އެވެ. ދެ ލަނޑު ޖަހައި 300 ލަނޑު ހަމަ ކުރުމުގެ އިތުރަށް މެޗުގައި ހެޓްރިކު ހެދި އެވެ. ލެވަންޑޯސްކީ ވަނީ ބަޔާން އަށް މިހާރު 301 ލަނޑު ޖަހައިފަ އެވެ. އެ އަދަދަށް އޭނާ ވާސިލުވީ 333 މެޗުންނެވެ.

އަނެއްކާވެސް މި ސީޒަންގައި ބުންޑެސްލީގާގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ އެވޯޑްގައި ލެވަންޑޯސްކީ ކުރިއަށް ޖެހިލީ އެވެ. މިދިޔަ އަށް އަހަރު ތެރޭ ހަ ފަހަރަށް ލެވަންޑޯސްކީ ވަނީ އެ އެވޯޑް ހޯދައިފަ އެވެ.

މެޗުގައި ބަޔާންގެ އަނެއް ދެ ލަނޑު ޖެހީ ތޯމަސް މުލާ އަދި ޖަމާލް މުސިއާލާ އެވެ.