Roadha Mihaaru
ލެވަންޑޯސްކީގެ ހެޓްރިކާ އެކު ބަޔާނަށް ބޮޑު މޮޅެއް

ލެވަންޑޯސްކީގެ ހެޓްރިކާ އެކު ބަޔާން މޮޅަކުން ލީގު ފަށައިފި

27 އޯގަސްޓް 2016

މިއުނިކް (އޮގަސްޓް 27) - ޕޮލެންޑް ފޯވާޑް ރޮބަޓް ލެވަންޑޯސްކީ ހެދި ހެޓްރިކާ އެކު 6-0 އިން ވާޑާ ބްރެމެން ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް މޮޅަކާ އެކު ޖަރުމަނު ބުންޑަސްލީގާގެ އާ ސީޒަން ފަށައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މިއުނިކް (އޮގަސްޓް 27) - ޕޮލެންޑް ފޯވާޑް ރޮބަޓް ލެވަންޑޯސްކީ ހެދި ހެޓްރިކާ އެކު 6-0 އިން ވާޑާ ބްރެމެން ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް މޮޅަކާ އެކު ޖަރުމަނު ބުންޑަސްލީގާގެ އާ ސީޒަން ފަށައިފި އެވެ.

ކާލޯ އަންޗެލޮޓީގެ އިރުޝާދުގެ ދަށުން ބަޔާން ކުޅުނު ލީގުގެ ފުރަތަމަ މެޗުގައި އާ ސީޒަނުގެ ލީގުގެ ފުރަތަމަ ލަނޑު ކާމިޔާބުކުރީ ތަޖުރިބާކާރު މިޑްފީލްޑަރު ޒަބީ އަލޮންސޯ އެވެ. މިރޭގެ މެޗުގައި ހެޓްރިކެއް ހެދި ލެވަންޑޯސްކީ އަކީ މިދިޔަ ސީޒަނުގައި ބަޔާނަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިއާ އެެވެ. އޭނާ މިިދިޔަ ސީޒަނުގައި 30 ލަނޑު ކާމިޔާބުކުރި އެވެ.

ބަޔާންގެ އަނެއް ދެ ލަނޑު ޖެހީ ކެޕްޓަން ފިލިޕް ލާމް އާއި ފްރާންސްގެ މިޑްފީލްޑަރު ފްރޭންކް ރިބެރީ އެވެ.

މި މެޗުގައި ބަޔާން ކުޅުނީ އަނިޔާގެ ސަބަބުން ޖެރޯމް ބޯޓެން އާއި އާރްޔެން ރޮބެން އަދި ހޯލްގަ ބަޑްސްޓުބާ ނުލަ އެވެ. އަދި މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ބަޔާނަށް ބަދަލުވި މެޓް ހަމެލްސް ފުރަތަމަ އެގާރައިގައި ކުޅުނުއިރު، ރެނާޓޯ ސަންޗޭޒް ނުކުޅެ އެވެ.

ބަޔާން މިދިޔަ ސީޒަނުގައި ލީގު ހޯދީ 10 ޕޮއިންޓު ކުރީގައި އޮވެގެންނެވެ. އަދި މިދިޔަ ސީޒަނަކީ އެ ޓީމު ޖެހިޖެހިގެން ލީގު ޗެމްޕިއަންކަން ހޯދި ހަތަރު ވަނަ ފަހަރެވެ. މިއީ ޖަރުމަނު ފުޓްބޯޅައިގެ ރެކޯޑެކެވެ.