30 އޯގަސްޓް 2021
އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރަން ޖެހޭ މަސައްކަތް އެތަނުން އެއްވެސް ވަރަަކަށް ނުކުރާ ކަަމަށް ގަބޫލުކުރެވޭ ކަމަށް ވިދާޅުވެ، އެ ކޮމިޝަނުގެ މެމްބަރުން މަޖިލީހަށް ހާޒިރުކުރަން ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ މިއަދު ގޮވައިލައްވައިފި އެވެ.
އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރަން ޖެހޭ މަސައްކަތް އެތަނުން އެއްވެސް ވަރަަކަށް ނުކުރާ ކަަމަށް ގަބޫލުކުރެވޭ ކަމަށް ވިދާޅުވެ، އެ ކޮމިޝަނުގެ މެމްބަރުން މަޖިލީހަށް ހާޒިރުކުރަން ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ މިއަދު ގޮވައިލައްވައިފި އެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކޮށް ނިިންމި ގޮތުގެ ރިޕޯޓަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރި ބަހުސްގައި ޔައުގޫބް ވިދާޅުވީ ރައްޔިތުން ގަބޫލުކުރާ މިންވަރާ ގާތަށް ވެސް އޭސީސީއަަށް އަދި މައްސަލައެއް ނިންމިފައި ނުވާ ކަމަށެވެ.
އޭސީސީގައި މިހާރު ތިއްބެވި މެމްބަރުން އެ މަގާމުތަކަށް އައްޔަން ކުރީ 2019 ވަނަ އަހަރު އެވެ. ޔައުގޫބް ވިދާޅުވީ އޭރުން ފެށިގެން މިހާތަނަށް އެކޮމިޝަނަށް ދައުލަތުން ހަމަޖައްސައިދިން ބަޖެޓް ގާތްގަނޑަކަށް 100 މިލިޔަނަށް އަރާ ކަމަށެވެ. ކޮމިޝަނަށް މެމްބަރުން އައްޔަންކުރީ ގާބިލުކަމަށް ބަލައި، މާކްސް ދީގެން ކަމަށާއި އެހެން ނަމަވެސް އައްޔަން ކުރި މަގުސަދު ހާސިިލުނުވާ ކަމަށެވެ. އޭނާ ވިދާޅުވީ އޭސީސީގައި މައްސަލަތައް ތަހުގީގުކުރާ 45 ޓީމް އޮންނަ އިރު، ޓީމަކުން މަހަކު މައްސަލައެއް ނިންމާ ނަމަވެސް އެކޮމިޝަނުން މިހާރު ނިންމާ އަދަދަށް ވުރެ އެތައް ގުނައެއް އިތުރަށް މައްސަލަތައް ނިންމޭނެ ކަމަށެވެ.
އޭސީސީން މިިދިޔަ މާޗު މަހު ބޭއްވި ނިއުސް ކޮންފަރެންސްގައި އެ ކޮމިޝަންގެ މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ނަމަވެސް އޭނާ ވިދާޅުވި ގޮތުގައި އޭސީސީން މިދިޔަ އަހަރު ނިންމީ އެންމެ 15 މައްސަލަ އެވެ. އަދި މިއަހަރުގެ މިހާތަނަށް ތަހުގީގުކޮށް ނިމުނީ އެންމެ 12 މައްސަލަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެއްވެސް ވަރަކަށް މަސައްކަތްނުކުރާ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ އެންޓިކަރަޕްޝަން ކޮމިޝަނުން. މިއަދު އަޅުގަނޑުމެންނަށް ފުރުސަތު ދެވިއްޖެ، ވަގުތު ދެވިއްޖެ. ގާތްގަނޑަކަށް ތިން އަހަރު ދެވިއްޖެ އަޅުގަނޑުމެނަށް. އެތަނަށް އައްޔަން ކުރި މެމްބަރުންނަށް ފުރުސަތު ދެން މިވަރަކަށް ދެވޭނީ،" ޔައުގޫބް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޮމިޝަނަށް މެމްބަރުން އައްޔަންކުރަނީ ފަސް އަހަރު ދުވަހަށް ކަމަށް ވާއިރު މިހާރު ތިއްބެވި މެމްބަރުންގެ ދައުރުގެ ދެބައިކުޅަ އެއްބައި އެވަނީ ނިިމިފައި ކަމަށެވެ. އެހެންވީމާ އޭސީސީގެ މެމްބަރުންނާއި އެސެޓް ރިކަވަރީ ކޮމިޝަނުގެ މެމްބަރުން މަޖިލީހަށް ހާޒިރުކޮށްގެން އެކަން ދިރާސާކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ޔައުގޫބް ވިދާޅުވި ގޮތުގައި ދެ ކޮމިޝަނުގެ މައްސަލަ، މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އިސްނަގައިގެން ވެސް ބަލަން ޖެހެ އެވެ.
"މި މައްސަލައަކީ މެމްބަރުންގެ މައްސަލައެެއް ވެއްޖެއްޔާ މެމްބަރުންނަށް ފިޔަވަޅުއަޅަން، މުވައްޒަފުންގެ މައްސަލައެއް ވެއްޖެއްޔާ މުވައްޒަފުންނާ މެދު ފިޔަވަޅު އަޅަން އަންގަން. ކޮންމެވެސް އެއް ގޮތަކަށް މިކަން ނިމެން އެބަ ޖެހޭ،" އޭނާ ވިދާޅުވި އެވެ.
އޭސީސީގެ މަސައްކަތް ލަސްވާ ކަމުގެ ކަންބޮޑުވުން ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އަދި ކޮމިޓީ ބައްދަލުވުުންތަކުގައި ބައެއް އެހެން މެމްބަރުން ވެސް މީގެ ކުރިން ފާޅުކުރެއްވި އެވެ. އެ މެމްބަރުން ވަަކިކުރަން ވެސް ބަައެއް މެމްބަރުން މީގެ ކުރިން ގޮވައިލެއްވި އެވެ.
ދީބާޖާ އަށް ކުޑަކުރަތު ދޫކުރި ގޮތް ބަލަން އޭސީސީއަށް
ހިޔާނާތުގެ ތަހުގީގުގައި އެންމެންގެ މައްސަލަތައް ބަލާނެ
ދެ ކޮމިޝަނަށް ދޭ ބާރުތައް: ކަންބޮޑުވުންތަކާ ދިމާލަށް؟
އޭސީސީ ނުހިނގާ، ކޮރަޕްޝަނެއް ވެސް ނުހުއްޓުވޭ: ނާޒިމް
ތުހުމަތުވާ މުވައްޒަފުން ވަގުތުން ވަކިކުރަން ލަފާ ދެނީ
ސްޓެލްކޯގެ ކުރީގެ އެމްޑީޝަރީފްގެ މައްސަލައެއް އޭސީސީއަށް
މުއައްސަސާތަކަށް "ވާކަމެއް ހަރާން"، ކީއްވެ؟
60މަޝްރޫއު ނުނިންމައި ބަޖެޓް ހުސްކޮށްލި މައްސަލައެއް
ފައިސާ ހޯދަން ދައުވާކުރާނެ ބަޔަކު ނުވެ އެތައް ދުވަހެއް
އޭސީސީގެ އެންގުމަށް ތަބާނުވާތީ ކަންބޮޑުވެއްޖެ!