އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލީ ފަރާތްތަކުގެ ނަންތައް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވި އިރު އެ ލިސްޓްގެ ދެވަނަައިގައި އޮތް އަހުމަދު އާހިދު ރަޝީދު އެ މަގާމަށް އައްޔަން ކުރަން މަޖިލީހުން މިއަދ ރުހުންދީފި އެވެ.
30 އޯގަސްޓް 2021
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލީ ފަރާތްތަކުގެ ނަންތައް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވި އިރު އެ ލިސްޓްގެ ދެވަނަައިގައި އޮތް އަހުމަދު އާހިދު ރަޝީދު އެ މަގާމަށް އައްޔަން ކުރަން މަޖިލީހުން މިއަދ ރުހުންދީފި އެވެ.
މަޖިލީހަށް ރައީސް ފޮނުއްވި ނަންތައް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކޮށް އެކުލަވައިލި ރިޕޯޓް މިއަދުގެ ޖަލްސާގައި ފާސްކުރީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 49 މެމްބަރުންގެ އިއްތިފާގުންނެވެ.
އެ ރިޕޯޓްގައިވާ ގޮތުން އިންފޮމޭޝަން ކޮމިޝަނަަރުގެ މަގާމަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ފޮނުއްވި ލިސްޓްގައިވާ ނަންތަކުގެ ތެރެއިން ކޮމިޓީގެ ތިންބައިކުޅަ ދެބައި ވޯޓް ލިބިވަޑައިގެންނެވި ހަމަ އެކަނި ބޭފުޅަކީ އާހިދެވެ. އެހެންވެ ކޮމިޓީން މަޖިލީހުގެ ތަަޅުމަށް ހުށަހެޅީ އޭނާގެ ނަންް އެކަންޏެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލީ ފަރާތްތަކުގެ ނަންތައް މަޖިލީހަށް ފޮނުއްވި އިރު، އެ ލިސްޓް ތަރުތީބުކޮށްފައި އޮތީ ކޮމިޓީ ރިޕޯޓްގައިވާ ގޮތުން، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިސްކަން ދެއްވާ ތަރުތީބުންނެވެ. އެ ލިސްޓްގެ އެއްވަނައިގައި އޮތީ ސިޔާސީ ދާއިރާގައި ކުރިން ވަރަށް ހަރަކާތްތެރިކޮށް އުޅުއްވި ޝިހާމް މުހައްމަދު ވަހީދުގެ ނަމެވެ. އާހިދުގެ ނަން އޮތީ ދެވަނަ އަށެވެ.
1- ޝިހާމް މުހައްމަދު ވަހީދު، ދަފްތަރު، ރސ. 5143
2- އަހުމަދު އާހިދު ރަޝީދު، ހ. ގުރުވަ
3- އަޒްލީމާ އަހުމަދު ، ދަފްތަރު. ރސ. 34194
4- މަރިޔަމް އަލީމް، ގ. ދާސްތާން
އިންފޮމޭޝަން ކަމިޝަނަރުގެ މަގާމަށް ކުރިމަތިލާން އިއުލާން ކުރީ އެ މަގާމުގައި ކުރިން ހުންނެވި ހުސައިން ފިޔާޒް މޫސާ މަގާމުން އިސްތިއުފާދެއްވުމުންނެވެ. އޭނާ އެމަގާމަށް އައްޔަން ކުރީ 2019 ވަނަ އަހަރު އެވެ.
އާރުޓީއައިއަށް ޖަވާބުނުދީގެން ހުށަހަޅާ މައްސަލަތައް ގިނަ
މައުލޫމާތަށް އެދުމުން އެމްޓީސީސީން ގާނޫނީ އުޒުރެއް!
އަޣުލަބިއްޔަތު އޮވެ މުއައްސަސާތަކަށް ގާނޫނީ ހުސްކަން!
ސީއެސްސީ ނައިބު ރައީސް އިބްރާހިމް ރަޝީދު ވަކިކުރަނީ
މައްސަލާގައި ޖަވާބުދާރީވާން ފަޒީނަށް އިތުރު ފުރުސަތުދެނީ
އިދާރާތަކުގެ މުސާރަ ކުޑަކުރެވެން ނެތް ކަމަށް ނިންމައިފި
ހަރަދު ކުޑަކުރަން މުސާރަތަކާ ކުޅެން ކޮމިޓީން ދެކޮޅު
ފުރައްސާރަ މައްސަލަ ބަލަން ހުސް ފިރިހެން މެމްބަރުން!
ބްރޯޑްކޮމް ލިސްޓުން މުހަންމާ ފަހަތަށް، މުއާ ކަޓައިފި
ބްރޯޑްކޮމަށް މެންބަރުން ހޮވަން މަޖިލީހަށް ޓެސްޓެއް!