މަނީ ލޯންޑަރިންގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހުކުމް ކުރި ބެންޗުގައި ހިމެނިވަޑައިގަންނަވާ ތިން ފަނޑިޔާރަކު ހުކުމާ މެދު ސުވާލު އުފެދޭ ގޮތަށް ވާހަކަ ދައްކަވާ ކަމަށް ބުނާ އޯޑިއޯގެ މައްސަލާގައި އެ ތިން ފަނޑިޔާރުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް މިއަދު ހާޒިރުކޮށްފި އެވެ.
30 އޯގަސްޓް 2021
މަނީ ލޯންޑަރިންގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހުކުމް ކުރި ބެންޗުގައި ހިމެނިވަޑައިގަންނަވާ ތިން ފަނޑިޔާރަކު ހުކުމާ މެދު ސުވާލު އުފެދޭ ގޮތަށް ވާހަކަ ދައްކަވާ ކަމަށް ބުނާ އޯޑިއޯގެ މައްސަލާގައި އެ ތިން ފަނޑިޔާރުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް މިއަދު ހާޒިރުކޮށްފި އެވެ.
ޔާމީންގެ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގެންނެވި ގާޒީ ހުސެއިން ފާއިޒު ރަޝާދުގެ އޯޑިއޯއެއް ލީކުވެފައި ވާއިރު ދެން ތިއްބެވި ގާޒީންގެ ތެރެއިން އަލީ އާދަމް އަދި ގާޒީ މުހައްމަދު ސަމީރު ކަމަށް ބުނާ ދެ މީހެއްގެ އޯޑިއޯ ވެސް ލީކުވެފައިވެ އެވެ.
އެނގިފައިވާ ގޮތުގައި އެ ތިން ފަނޑިޔާރުން މިއަދު ޖޭއެސްސީއަށް ހާޒިރުކޮށް އެ ކޮމިޝަންގެ ހުރިހާ މެންބަރުން ހިމެނޭ ގޮތަށ ސުވާލުކުރި އެވެ.
ޔާމީނަށް ހުކުމް ކުރި ބެންޗުގައި ހިމެނޭ ސުޕްރީމް ކޯޓުގެ މިހާރުގެ ފަނޑިޔާރު އަލީ ރަޝީދާއި ކްރިމިނަލް ކޯޓުގެ މިހާރުގެ އިސް ގާޒީ އަހުމަދު ޝަކީލު ވެސް އެ ކޮމިޝަނަށް ހާޒިރުކުރާނެ ކަމަށް ވަނީ ބެލެވިފަ އެވެ.
ލީކުވި އޯޑިއޯތަކުގައި ވަނީ ޔާމީންގެ މައްސަލައަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ދޭހަވާ މޭރުމަކުން ވާހަކަ ދައްކައިފަ އެވެ.
އެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިހުތިޖާޖު ކުރައްވައި އަޑުގަދަ ކުރެއްވުމަށް ފަހު، ޕީޕީއެމް/ޕީއެންސީގެ ބައެއް މެމްބަރުން މިއަދު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރަން ރައީސް އޮފީހަށް ވެސް ވަޑައިގެންފަ އެވެ.
އެ މައްސަލަ ފެންމަތިވުމާ ގުޅިގެން ޖޭއެސްސީން ރޭ ނެރުނު ބަޔާނެއްގައި ބުނީ، އަމިއްލަ ފަރުދަކު ވިޔަސް، ދައުލަތުގެ ކަމެއް ހިންގުމާ ހަވާލުވެ ހުރި މީހަކު ވިޔަސް ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވާ ކަމަށް ކުރެވޭ ތުހުމަތަކީ ވަކިން ހާއްސަ ސަމާލުކަމެއް ދީގެން އެ ކޮމިޝަނުން ބަލާނެ މައްސަލައެއް ކަމަށެވެ. އެއީ ފަނޑިޔާރުގޭގެ އިތުބާރު ނެގެހެއްޓުމާއި ފަނޑިޔާރުގޭގެ މިނިވަންކަމާއި އިންސާފުވެރިކަން ކަށަވަރުކޮށް ދެމެހެއްޓުމަށްޓަކަައި ކަމަށް ޖޭއެސްސީން ބުންޏެވެ.
ޔާމީންގެ ހުކުމް މިހާރު ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ. އެ މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުގައި ފެށޭނީ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހު އެވެ.
ގާޒީ ފާއިޒްގެ އަޑު ދިމާނުވުމުން ސަސްޕެންޝަން އުވާލައިފި
ލީކުވި އޯޑިއޯއާ ގުޅިގެން ގާޒީ ފާއިޒު ސަސްޕެންޑްކޮށްފި
އޯޑިތަކުގެ ތަހުގީގަށް ފަނޑިޔާރުން އަޑުގެ ސާމްޕަލް ދީފި
ގާޒީ އަލީ ރަޝީދަށް ބެންޗުގައި ނީނދެވޭނެ: ޖަމީލް
އަލީ ރަޝީދުގެ މައްސަލަ ބަލަން އިދިކޮޅުން ގޮވާލައިފި
އަޅުގަނޑު ގައިގައި އަތްލެވޭނެ ގޮތެއް ނޯންނާނެ: ޔާމީން
ޔާމީންގެ ޝަރީއަތުގެ ކަންބޮޑުވުންތައް ބޭރުގެ މީޑިއާއަށް
ހައިލަމްގެ ތުހުމަތު ނުބަލާ ދޫކޮށްލާ ވަރެއް ނޫން!
ޔާމީނަށް އިންސާފު ލިބޭނެ ކަމަކަށް ނުދެކެން: އިދިކޮޅު
ޔާމީން ޖަލަށްލުމުގެ ކަށަވަރުކަން ދޭން އެދުނު: ހައިލަމް