ކުރީގެ ރައީސް އަބްދުﷲ ޔާމީން ފަސް އަހަރަށް ޖަލަށް ލަައި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމްކުރި ބެންޗުގައި ހިމެނިވަޑައިގެންނެވި ގާޒީ ހުސެއިން ފާއިޒު ރަޝާދުގެ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދޭގޮތަށް އާންމުވި އޯޑިއޯގެ އަޑާއި ފާއިޒުގެ އަޑާ ދިމާވާ ކަމަށް އޯޑިއޯ އެނާލިސިސްގައި ކަނޑައަޅާފައި ވާތީ އޭނާ މިއަދު ސަސްޕެންޑްކޮށްފި އެވެ.
04 ނޮވެމްބަރ 2021
ކުރީގެ ރައީސް އަބްދުﷲ ޔާމީން ފަސް އަހަރަށް ޖަލަށް ލަައި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމްކުރި ބެންޗުގައި ހިމެނިވަޑައިގެންނެވި ގާޒީ ހުސެއިން ފާއިޒު ރަޝާދުގެ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދޭގޮތަށް އާންމުވި އޯޑިއޯގެ އަޑާއި ފާއިޒުގެ އަޑާ ދިމާވާ ކަމަށް އޯޑިއޯ އެނާލިސިސްގައި ކަނޑައަޅާފައި ވާތީ އޭނާ މިއަދު ސަސްޕެންޑްކޮށްފި އެވެ.
ފާއިޒު އެހެން މީހަކާ އެކު ދެއްކެވި ވާހަކައެއްގެ ރެކޯޑިންއެއް ލީކުވީ މިދިޔަ އޮގަސްޓް މަހުގެ 29 ގަ އެވެ. އެ އޯޑިއޯގައި އިވެނީ ރައީސް ޔާމީންގެ ޝަރީއަތާ ގުޅުވައި މީހަކު ފާއިޒަށް ކުރި ސުވާލުތަކަކާއި އޭގެ ޖަވާބުތަކެވެ. އެ އޯޑިއޯގައި އޭނާ ބުނެފައި ވަނީ އޭނާ މަސައްކަތް ކުރެއްވީ ޔާމީނާ އެއްކޮޅަށް ކަމަށެވެ. ނަމަވެސް، އޭނާއާ ދެކޮޅަށް މައްސަލަ ނިންމެވީ ވަރަށް ބައިވަރު ސަބަބުތަކާ ހެދި ކަމަށެވެ.
ހުކުމެއް ކޮށްފައި އެއާ ބެހޭގޮތުން ވާހަކަ ދެއްކުމަކީ ވަރަށް ކުރާ ހިތް ނުވާ ކަމެއް ކަމަށް ވެސް ފާއިޒު އޯޑިއޯގައި ވިދާޅުވި އެވެ. އެކަމަކު އޭނާއާ ސުވާލު ކުރި މީހާ ރައީސް ޔާމީންގެ ޝަރީއަތާ ގުޅުވައިގެން ހުއްޓާ ނުލައި ސުވާލުތައް ކުރަމުން ގެންދިއުމުން ފާއިޒު ވިދާޅުވީ ސިޔާސީ މީހުން ނުހައްގުން ވިޔަސް ހައްގުން ވިޔަސް ޖަލަށް ލުމުން އެ މީހުންނަށް ލިބޭ ތާއީދު އިތުރުވާ ކަމަށެވެ.
އާންމުވި އޯޑިއޯއާ ގުޅިގެން ފުލުހުން ވަނީ ގާޒީންގެ އަޑުގެ ސާމްޕަލް ވެސް ނަގައިފަ އެވެ. އެ މައްސަލަ ފުލުހުން ވެސް ބަލަމުން އަންނައިރު މިރޭ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނެރުނު ބަޔާނެއްގައި ބުނީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ އޯޑިއޯ ރެކޯޑިންތަކެއް ކަމަށް ބުނެ މީޑިއާގައި ދައުރުވި އޯޑިއޯތަކުގެ ފޮރެންސިކް އެނާލިސިސްއިން، އެ އޯޑިއޯތަކުގައި ހިމެނޭ އޯޑިއޯއެއްގައިވާ އަޑާ ފާއިޒުގެ އަޑާ ދިމާވާކަމަށް އޯޑިއޯ އެނާލިސިސްގައި ކަނޑައަޅާފައިވާ ކަމަށެވެ.
އެހެންވެ، އެކޮމިޝަނުން ފާއިޒުގެ ސުލޫކީ މައްސަލައެއް ބަލަން ނިންމާފައިވާ ކަމަށާއި އެ މައްސަލައިގެ ބާވަތާއި ތަހުގީގަށް ހޯދިފައިވާ މައުލޫމާތަށް ބަލައި އޭނާ ދެ މަސް ދުވަހަށް ސަސްޕެންޑްކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތަށް ނިންމީ ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް ކަމަށް ވެސް ބަޔާނުގައިވެ އެވެ.
ނޮވެމްބަރު 28، 2019ގައި ރައީސް ޔާމީން ޖަލަށް ލާން ހުކުމް ކުރީ ކްރިމިނަލް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗެއްގެ އިއްތިފާގުންނެވެ. އެ ބެންޗުގައި ހިމެނިވަޑައިގަތީ ގާޒީ ފާއިޒުގެ އިތުރުން ރިޔާސަތު ބެލެހެއްޓެވި މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދާއި ކްރިމިނަލް ކޯޓުގެ މިހާރުގެ އިސްގާޒީ އަހުމަދު ޝަކީލާއި މުހައްމަދު ސަމީރު އަދި ގާޒީ އަލީ އާދަމެވެ. އާންމުވި ވީޑިއޯގައި ފާއިޒު ވަނީ ރިޝްވަތު ނުނަންގަވާ ކަމަށާއި ބިރުދައްކާފައި ނުވާނެ ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު ފަނޑިޔާރުން ރަހީނު ކުރީތޯ ވެސް ފާއިޒުއާ ވާހަކަ ދެއްކި މީހާ ސުވާލުކުރުމުން "އެހެން ކަމަށް ބަލަމާ"ހޭ ފާއިޒު ވިދާޅުވި އެވެ.
އޭގެ އިތުރުން ސިޔާސީ މީހުންގެ މައްސަލަތައް ބެލުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށް ފާއިޒު ވިދާޅުވި އެވެ. އެފަދަ މީހެއްގެ މައްސަލައެއް ބަލާފައި ނިދަން ވެސް އުނދަގޫވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ގާޒީ ފާއިޒްގެ އަޑު ދިމާނުވުމުން ސަސްޕެންޝަން އުވާލައިފި
އޯޑިތަކުގެ ތަހުގީގަށް ފަނޑިޔާރުން އަޑުގެ ސާމްޕަލް ދީފި
އޯޑިއޯ މައްސަލާގައި ތިން ފަނޑިޔާރުންނާ ސުވާލުކޮށްފި
ގާޒީ އަލީ ރަޝީދަށް ބެންޗުގައި ނީނދެވޭނެ: ޖަމީލް
އަލީ ރަޝީދުގެ މައްސަލަ ބަލަން އިދިކޮޅުން ގޮވާލައިފި
އަޅުގަނޑު ގައިގައި އަތްލެވޭނެ ގޮތެއް ނޯންނާނެ: ޔާމީން
ޔާމީންގެ ޝަރީއަތުގެ ކަންބޮޑުވުންތައް ބޭރުގެ މީޑިއާއަށް
ހައިލަމްގެ ތުހުމަތު ނުބަލާ ދޫކޮށްލާ ވަރެއް ނޫން!
ޔާމީނަށް އިންސާފު ލިބޭނެ ކަމަކަށް ނުދެކެން: އިދިކޮޅު
ޔާމީން ޖަލަށްލުމުގެ ކަށަވަރުކަން ދޭން އެދުނު: ހައިލަމް