Roadha Mihaaru
އޯޑިތަކުގެ ތަހުގީގަށް ފަނޑިޔާރުން އަޑުގެ ސާމްޕަލް ދީފި

ލީކުވި އޯޑިތަކުގެ ތަހުގީގަށް ފަނޑިޔާރުން އަޑުގެ ސާމްޕަލް ދެއްވައިފި

31 އޯގަސްޓް 2021

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ހިންގި މަނީ ލޯންޑަރިންގެ ދައުވާގައިވާ ހުކުމް އިއްވި ފަސް ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގެންނެވި ތިން ފަނޑިޔާރަކު ހުކުމާ މެދު ސުވާލު އުފެދޭ ގޮތަށް ދެއްކެވި ވާހަކަތަކެއް ކަމަށް ބުނެ އާންމުކޮށްފައިވާ އޯޑިއޯތަކުގެ މައްސަލައިގެ ތަހުގީގަށް ފަނޑިޔާރުން ފުލުހުންނަށް އަޑުގެ ސާމްޕަލް ދެއްވައިފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ އޯޑިއޯތަކުގައި ހިމެނޭ ކަމަށް ތުހުމަތުވާ ތިން ފަނޑިޔާރުންގެ އަޑުގެ ސާމްޕަލް މިއަދު ފުލުހުންގެ ތަހުގީގަށް ދެއްވާފައިވާ ކަމަށާއި އެކަން ކޮށްފައިވަނީ ފަނޑިޔާރުންގެ ރުހުމުގައި ކަމަށެވެ.

އަޑުގެ ސާމްޕަލް ދެއްވި ފަނޑިޔާރުންނަކީ ހުސައިން ފާއިޒު ރަޝާދާއި އަލީ އާދަމާއި މުހައްމަދު ސަމީރެވެ.

މި ތިން ފަނޑިޔާރުން އިއްޔެ ޖޭއެސްސީ އަށް ހާޒިރުކޮށް ސުވާލުކުރުމުން އެއީ ސައްހަ އޯޑިއޯތަކެއް ނޫން ކަމަށާއި އެފަދަ ވާހަކައެއް ދައްކަވާފައި ނުވާނެ ކަމަށް ވިދާޅުވި ކަމަށް ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުންޏެވެ. ރޭ ނެރުނު ބަޔާނުގައި ވެސް ތަހުގީގަށް އަޑުގެ ސާމްޕަލް ދެއްވަން ފަނޑިޔާރުން ތައްޔާރަށް ތިއްބެވި ކަމަށް ބުނެފައިވެ އެވެ.

އޯޑިއޯތަކާ ގުޅިގެން، އިދިކޮޅު ޕީޕީއެމް/ޕީއެންސީން ވަނީ މިއީ ޔާމީން ޖަލަށް ލުމަށް ސަރުކާރުން ކޯޓުތަކަށް ނުފޫޒު ފޯރުވިކަމުގެ ހެއްކެއް ކަމަށް ބުނެފަ އެވެ. މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ޔާމީން ފަސް އަހަރަށް ޖަލަށް ލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރަން ކުރި ހުކުމް ޔާމީންގެ ފަރާތުން މިހާރު ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށް އަޑުއެހުންތައް ފަށަން ތާވަލްކޮށްފަ އެވެ.

އިދިކޮޅު ފަރާތްތަކުން ބުނަނީ ޖޭއެސްސީން އުޅެނީ އޯޑިއޯތަކުގެ ހަގީގަތް އޮޅުވާލަން ކަމަށާއި މިހާރު އޮތް ހާލަތުގައި ޔާމީން ވަގުތުން މިނިވަންކުރަން ޖެހޭނެ ކަމަށެވެ.