Roadha Mihaaru
ފިލްމް އެވޯޑްސް އަންނަ މަހުގެ 21 ގައި ބާއްވަނީ

ގައުމީ ފިލްމް އެވޯޑްސް އަންނަ މަހުގެ 21 ގައި ބާއްވަނީ

29 ނޮވެމްބަރ 2016

ހަތް ވަނަ ގައުމީ ފިލްމް އެވޯޑްސް އަންނަ މަހުގެ 21 ވަނަ ދުވަހުގެ ރޭ ބާއްވަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ހަތް ވަނަ ގައުމީ ފިލްމް އެވޯޑްސް އަންނަ މަހުގެ 21 ވަނަ ދުވަހުގެ ރޭ ބާއްވަން ނިންމައިފި އެވެ.

މި ފަހަރުގެ އެވޯޑް ހަފުލާ ބާއްވަނީ ނެޝަނަލް ސެންޓަ ފޮ ދި އާޓްސް (އެންސީއޭ) އާއި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެންނެވެ. އެވޯޑް ހަފްލާ މެނޭޖް ކުރުމާއި މީޑިއާ ޕާޓްނަރުގެ އެއްބަސްވުމުގައި އެންސީއޭ ހިންގާ ޔޫތު މިނިސްޓްރީ އާއި ޕީއެސްއެމްއާ ދެމެދު މިއަދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

އެންސީއޭ އާއި ޕީއެސްއެމުން ބުނީ އަމާޒަކީ ވީހާ ވެސް ކުލަގަދަ އަދި ފުރިހަމަ އެވޯޑް ހަފުލާއެއް ބޭއްވުން ކަމަށެވެ.

ހަތް ވަނަ ގައުމީ ފިލްމް އެވޯޑްސް ބާއްވަނީ 2011 އިން 2013 އާ ދެމެދު ނެރުނު ފިލްމުތަކަށް ހާއްސަކޮށްގެންނެވެ. އެ ގޮތުން، އެވޯޑްގައި ފިލްމްތައް ބައިވެރި ކުރަން ހުޅުވާލި މުއްދަތު ހަމަވި އިރު، 11 ފީޗާ ފިލްމާއި ކުރު ހަ ފިލްމް އެވޯޑަށް ވަނީ ހުށަހަޅައިފަ އެވެ.

އެވޯޑްގައި ވާދަ ކުރާ ފީޗާ ފިލްމުތައް:

- އިނގިލި (2013)

- ފަތިސްހަނދުވަރުގެ ފެށުން (2013)

- މި ހަށިން ފުރާނަ ދަންދެން (2013)

- ދިލަކަނި (2013)

- ލަވް ސްޓޯރީ (2013)

- ހިތް ޔާރާ ދީފާ (2011)

- ލޫދިފާ (2011)

- ސަޒާ (2011)

- ކުށްވެރިޔަކީ ކާކުހޭ؟ (2011)

- ޒަހަރު (2011)

- އިންސާފު (2011)

އެވޯޑަށް ވާދަ ކުރާ ކުރު ފިލްމުތައް:

- 13 އަށް ވިސްނާ 2000 (2012)

- ސިޔާސީ ކޯޅުން (2013)

- ސިޔާސީ ވެކްސިން (2011)

- ފަރިހިބެ 3 (2011)

- ފަރިހިބެ 4 (2013)

- ވޫޑޫ (2012)

މިދިޔަ އަހަރު ޗޮޕްއާޓާ ގުޅިގެން އެންސީއޭ އިން ހަ ވަނަ ފިލްމް އެވޯޑްސް ބޭއްވީ 2008 އިން 2010 އަށް ނެރުނު ފިލްމްތަކަށް ހާއްސަކޮށްގެންނެވެ.