Roadha Mihaaru
ސްކްރީން ރައިޓިން ވޯކްޝޮޕަކަށް ފުރުސަތު ހުޅުވާލައިފި

ސްކްރީން ރައިޓިން ވޯކްޝޮޕަކަށް ފުރުސަތު ހުޅުވާލައިފި

16 ނޮވެމްބަރ 2021

ސްކްރީން ރައިޓިން ވޯކްޝޮޕަށް ނެޝަނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ) އިން ހުޅުވާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސްކްރީން ރައިޓިން ވޯކްޝޮޕަށް ނެޝަނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ) އިން ހުޅުވާލައިފި އެވެ.

އެތަނުން ބުނީ ތިން ދުވަހުގެ މުއްދަތަށް ބާއްވަން ހަމަޖެހިފައިވާ ވޯކްޝޮޕްގައި ބައިވެރިވާން ޝައުގުވެރިވާ މީހުންނަށް މި މަހުގެ 22 ވަނަ ދުވަހާ އަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ރާއްޖޭގައި ފަންނުގެ ދާއިރާ ކުރިއަރުވައި އެ ދާއިރާ އިން މަސައްކަތްތައް ކުރަން އުފައްދާފައިވާ އެންސީއޭ އިން ބުނި ގޮތުގައި ސްކްރީން ރައިޓިންއަށް ހާއްސަކޮށްގެން ބާއްވާ ވޯކްޝޮޕަކީ ތަފާތު އެކި ޖޯންރާތަކަށް ސްކްރިޕްޓް ލިޔާނެ ލިޔުންތެރިން އުފައްދައި، ސްކްރީން ރައިޓިންގެ ދާއިރާގައި މަސައްކަތްކުރާ މީހުންނަށް އެ މީހުންގެ ފަންނު އިތުރަށް ތަރައްގީކޮށް ޕްރޮފެޝަނަލް ލެވަލްއެއްގައި އެކަން ކުރާނޭ ގޮތުގެ މައުލޫމާތު ހިއްސާކުރަން ބާއްވާ ވޯކްޝޮޕެއް ކަމަށެވެ.

ރާއްޖޭގެ ފިލްމީ މަސައްކަތްތަކަށް ބަލާއިރު މި ދާއިރާއިން އެންމެ ބޮޑަށް މަދުވާ އަދި އެންމެ މުހިއްމު އެއް ބަޔަކީ ވެސް ސްކްރީން ރައިޓިން އެވެ. ރަނގަޅު ސްކްރީން ރައިޓަރުން ނުއުފެދުމާއި އެ މަސައްކަތްކުރާ މީހުން ވެސް ރާއްޖޭގައި މަދެވެ.

އެންސީއޭ އަކީ ފަންނުވެރިކަން ކުރިއެރުވުމުގެ ގޮތުން ފިލްމުތަކަށް "ދިވެހި ފިލްމު އެވޯޑްސް" ގެ ނަމުގައި އެވޯޑެއް ވެސް ދޭ އަދި "އޮފީސް ޓެލެޑްރާމާ" މުބާރާތުގެ ވެސް ވަރަށް ބޮޑު ބައިވެރިއެކެވެ.