އަބޫދާބީގެ ގްރީން ލިސްޓުން ރާއްޖެ އުނިކުރިތާ ދެ ހަފުތާ ފަހުން އަނެއްކާ ވެސް އެ ލިސްޓުގައި ރާއްޖެ ހިމަނައިފި އެވެ.
31 އޯގަސްޓް 2021
އަބޫދާބީގެ ގްރީން ލިސްޓުން ރާއްޖެ އުނިކުރިތާ ދެ ހަފުތާ ފަހުން އަނެއްކާ ވެސް އެ ލިސްޓުގައި ރާއްޖެ ހިމަނައިފި އެވެ.
މި ގެނައި ބަދަލާ އެކު މާދަމާއިން ފެށިގެން، ރާއްޖެއިން އަބޫދާބީއަށް ދާ އެއްވެސް މީހަކު ކަރަންޓީން ވާކަށް ނުޖެހޭނެ އެވެ.
އެ ގައުމުން ރާއްޖެއަށް ލުއި ދޭން ނިންމީ ރާއްޖޭގެ ކޮވިޑް-19ގެ ހާލަތު ރަނގަޅުވެފައިވާތީ އެވެ. އެ ގައުމުގެ ގްރީން ލިސްޓު ކޮންމެ ދެ ހަފުތާއަކުން އަންނަނީ ރިވިއު ކުރަމުންނެވެ.
ރާއްޖޭގެ އިތުރުން 58 ގައުމެއް ވަނީ ލިސްޓުގައި ހިމަނައިފަ އެވެ. ރާއްޖެއަކީ މި ލިސްޓުގައި ހިމެނޭ ދެކުނު އޭޝިއާގެ ހަމައެކަނި ގައުމެވެ.
އަބޫދާބީގެ ގްރީން ލިސްޓުގައި ރާއްޖެ ހިމެނުމުން ރާއްޖޭގެ ޓޫރިޒަމަށް ވަރަށް ބޮޑު ފައިދާއެއް ކުރާނެ އެވެ. އެ ގައުމުގެ ޓޫރިސްޓުންގެ އިތުރުން ދެކުނު އޭޝިއާއިން އެ ގައުމަށް ދާން ބޭނުންވާ މީހުން ވެސް ކަރަންޓީން މުއްދަތު ހަމަކުރަން ރާއްޖެ އަންނާނެ އެވެ. މިހާރު ވެސް ދުބާއީ އާއި ސައުދީއަށް ދާން ކަރަންޓީން ވާން ގިނަ ޓޫރިސްޓުންތަކެއް ރާއްޖެ އާދެ އެވެ.
އަބޫދާބީގެ ގްރީން ލިސްޓުން ރާއްޖެ އުނިކޮށްފި
ގެއްލުނު ޓޫރިސްޓް ވަގަށްނެގީކަމަށް ބުނެ ބޮޑު ތުހުމަތެއް
ޔޫއޭއީ އަށް ދަތުރު ކުރާ މީހުންނަށް ހިލޭ ސިމް
މިދިޔަ މަހު ޓޫރިސްޓުންގެ އަދަދު 13 ޕަސެންޓު އިތުރު
ދެ މިލިއަން ވަނަ ޓޫރިސްޓަކީ ހަނީމޫނަށް އައި ބެތަނީ!
އެޓްލާންޓިސްގެ ރިސޯޓެއް ރާއްޖޭގައި ހުޅުވަން ތައްޔާރުވަނީ
ޓޫރިޒަމްގެ ސިޔާސަތާ މެދު އަލުން ވިސްނަންޖެހޭ!
ޓޫރިސްޓުން އިތުރުވިޔަސް ޓާގެޓް ހާސިލް ނުވެދާނެ
ދުނިޔޭގެ ބެސްޓް ބީޗް ޑެސްޓިނޭޝަންގެ އެވޯޑް ރާއްޖެއަށް
"ދަ ވިޗާ"ގެ ޕްރިމިއާގެ ކުރިން ލިއަމް ރާއްޖޭގައި