Roadha Mihaaru
އެންމެ ދުވަސްވީ މިނިކާވަގަށް 26 އަހަރު

އެންމެ ދުވަސްވީ މިނިކާވަގަށް 26 އަހަރު

03 ސެޕްޓެމްބަރ 2021

ދުނިޔޭގައި މި ވަގުތު އޮތް އެންމެ ދުވަސްވީ މިނިކާވަގަށް 26 އަހަރު ފުރި، ދުނިޔޭގެ ރެކޯޑް ފޮތަށް ވެސް އަރައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދުނިޔޭގައި މި ވަގުތު އޮތް އެންމެ ދުވަސްވީ މިނިކާވަގަށް 26 އަހަރު ފުރި، ދުނިޔޭގެ ރެކޯޑް ފޮތަށް ވެސް އަރައިފި އެވެ.

އެމެރިކާގެ ޓެކްސަސްގެ ޓައިގަ ކްރީކް އެނިމަލް ސެންކްޗުއަރީގައި އޮންނަ ބެންގާލީ ކިޔާ މިނިކާވަގަށް 26 އަހަރު ފުރުނީ މިދިޔަ މަހުގެ 31 ވަނަ ދުވަހު އެވެ.

ޓައިގަ ކްރީކް އެނިމަލް ސެންކްޗުއަރީގެ ޑިރެކްޓަރު އެމިލީ އޮވެން ވިދާޅުވީ އެހާ ދުވަސްވަންދެން މިނިކާވަގެއް ދުނިޔޭގައި އޮތުމަކީ އެހާ އާންމު ކަމެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ބަލަހައްޓާ މިނިކާވަގެއްގެ އާންމު އުމުރަކީ ގާތްގަނޑަކަށް 15-20 އަހަރެވެ. އަދި ޖަންލިތަކުގެ ތެރޭގައި އުޅޭ މިނިކާވަގެއްގެ އެވްރެޖް އުމުރަކީ ގާތްގަނޑަކަށް 8-10 އަހަރެވެ.

އެންމެ ދުވަސްވީ މިނިކާވަގުގެ ރެކޯޑް ލިބުނު ޖަނަވާރަކީ އަންހެން ޖިންސުގެ އެއްޗެކެވެ.

"ބެންގާލީ އަށް ރެކޯޑެއް ލިބުމަކީ ވަރަށް ބޮޑު އުފަލެއް. އޭތި މިހާރު ވެސް ވަރަށް ސިއްހަތު ރަނގަޅުކޮށް އޮންނަނީ. އަދި ސަންޗޫރީގައި އޭތި އޮންނަނީ ވަރަށް އުފަލުން،" އެމިލީ ވިދާޅުވި އެވެ. "މިތަނަށް ޒިޔާތްކުރާ މީހުންނާއި ތަނުގެ މުވައްޒަފުން ވެސް ވަރަށް އުފާކޮށްދޭ އެއްޗެއް ބެންގާލީ އަކީ."

ބެންގާލީ އަށް ރެކޯޑެއް ލިބުނު އިރު އެ އޮތް ސެންޗޫރީ މި ވަގުތު ހުރީ ކޮވިޑްގެ ޑެލްޓާ ވޭރިއަންޓާ ހެދި ވަގުތީ ގޮތުން ބަންދުކޮށްފަ އެވެ.