Roadha Mihaaru
ށ. ފޭދޫގެ ބަނދަރުގައި ބޮޑުހިލަ ޖަހަން ފަށަނީ

ށ. ފޭދޫގެ ބަނދަރުގައި ބޮޑުހިލަ ޖަހަން ފަށަނީ

06 ސެޕްޓެމްބަރ 2021

ށ. ފޭދޫގެ ބަނދަރު ހެދުމުގެ މަޝްރޫއުގައި ފަޅު ފުންކުރުމުގެ މަސައްކަތް ނިމުމަކާ ގާތް ވެފައިވާ ކަމަށާއި ބޭރު ތޮށި ލުމަށް ބޭނުންވާ ބޮޑުހިލަ މިހާރު އެ ރަށަށް ގެންދަން ފަށާފައިވާ ކަމަށް އެ މަސައްކަތްކުރާ އެމްޓީސީސީން ބުނެފި އެވެ.

ހަފީޒާ އަހުމަދު ހަފީޒާ އަހުމަދު

ށ. ފޭދޫގެ ބަނދަރު ހެދުމުގެ މަޝްރޫއުގައި ފަޅު ފުންކުރުމުގެ މަސައްކަތް ނިމުމަކާ ގާތް ވެފައިވާ ކަމަށާއި ބޭރު ތޮށި ލުމަށް ބޭނުންވާ ބޮޑުހިލަ މިހާރު އެ ރަށަށް ގެންދަން ފަށާފައިވާ ކަމަށް އެ މަސައްކަތްކުރާ އެމްޓީސީސީން ބުނެފި އެވެ.

ބޭރުތޮށި ލުމަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް މި މަހު ހަތަރު ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓަށް ވަނީ ގެންގޮސްފަ އެވެ. އަދި އާ ހާބަރުގެ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 97 ޕަސެންޓް ނިމިފައި ކަމަށް އެ ކުންފުނިން ބުންޏެވެ.

މި މަޝްރޫއުގެ ދަށުން، 27,500 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކޮށް، 378 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލާނެ އެވެ. އަދި 90 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 276 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުން ހިމެނެ އެވެ.

މީގެ އިތުރުން އެ ރަށުގައި 1,380 އަކަމީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި މަގުބައްތި ހަރުކުރުމާއި ނެރުބައްތި ހަރުކުރުން ހިމެނެ އެވެ.

ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްދާ މި މަޝްރޫއަކީ 33 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.