Roadha Mihaaru
ތިން ރަށެއްގައި 203 މިލިއަން ރުފިޔާގެ ޕްރޮޖެކްޓު

ތިން ރަށެއްގެ 203 މިލިއަން ރުފިޔާގެ ޕްރޮޖެކްޓް ހަވާލުކޮށްފި

22 ޖޫން 2023

ތިން ރަށެއްގައި ޕްރޮޖެކްޓްތަކެއް ހިންގަން އެމްޓީސީސީ އާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް 203 މިލިއަން ރުފިޔާއަށް ހަވާލުކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ތިން ރަށެއްގައި ޕްރޮޖެކްޓްތަކެއް ހިންގަން އެމްޓީސީސީ އާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް 203 މިލިއަން ރުފިޔާއަށް ހަވާލުކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި ށ. ނޫމަރާ އާއި ބ. އޭދަފުށީގައި ބަނދަރު ހަދަން ހަވާލުކުރީ އެމްޓީސީސީއާ އެވެ. ރޯޑް ޑިވެލޮޕްމަންޓާ ހަވާލުކުރީ ގެމަނަފުށީ މަގުތައް ހެދުމުގެ މަސައްކަތެވެ.

އޭދަފުށީގެ ބަނދަރަށް 69.8 މިލިއަން ރުފިޔާ ހޭދަކުރާނެ އެވެ. ރަށުގެ ހުޅަނގު ފަޅީގައި 303 މީޓަރުގެ ވާޓަރު ބަނދަރާ އެކު 371 މީޓަރުގެ ބޮޑުހިލަ ރިވެޓްމަންޓާއި 18 މީޓަރު ކޮންކްރީޓް ބްރިޖާއި 119 މީޓަރުގެ ބޮޑުހިލަ ބޭރުތޮއްޓެއް ލާނެ ކަމަށެވެ. އެ މަޝްރޫއުގެ ދަށުން 5490 އަކަމީޓަރުގެ ސަރަހައްދެއް ހިއްކައި، ވާޓަރުގައި ރޭމްޕެއް ހިމެނުމާއި ބަނދަރު ބައްތިތައް ލުން ވެސް ހިމެނެ އެވެ.

ނޫމަރާގައި ހަދައި ބަނދަރަށް 57.6 މިލިއަން ރުފިޔާ ހަރަދުވެ އެވެ. އެ މަޝްރޫއުގެ ތެރެއިން ރަށުގައި މިހާރު ބޭނުންކުރަމުން އަންނަ ބަނދަރުގެ މެއިންޓެނަންސް ޑްރެޖް ކުރުމާއި ބަނދަރު ފުންކުރުމާއި 64 މީޓަރުގެ ބޮޑުހިލަ ރިވެޓްމަންޓް ޖެހުމާއި 306 މީޓަރުގެ ބޮޑުހިލަ ބްރޭކްވޯޓާ ޖެހުން ހިމެނެ އެވެ. އަދި 117 މީޓަރުގެ އެލް ބްލޮކް ވާޓަރު ޖެހުމާއި 32 މީޓަރުގެ ވާޓަރު މަރާމާތުކުރުމާއި 120 މީޓަރުގެ ޖެޓީއެއް ހެދުން ވެސް ހިމެނެ އެވެެ.

އެ ދެ ރަށުގެ ބަނދަރުގެ މަސައްކަތުގެ އިތުރުން ގެމަނަފުށީ މަގުތައް ހެދުމަށް މިއަދު ވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ހަވާލުކޮށްފަ އެވެ. މިއީ 76.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މަސައްކަތް 540 ދުވަހުން ނިންމަންޖެހެ އެވެ.

އެ މަޝްރޫއުގެ ދަށުން 2.8 ކިލޯމީޓަރުގެ މަގުގައި ތާރު އެޅުމާއި މަގުތަކުގައި ފެން ހިންދާ ނިޒާމު ގާއިމުކުރުމުގައި މަގުބައްތި ޖެހުން ހިމެނެ އެވެ.