Roadha Mihaaru
ނިލަންދު އާއި ބިލެއްދޫގެ ބަނދަރު ހެދުން އެމްޓީސީސީއަށް

ނިލަންދު އާއި ބިލެއްދޫގެ ބަނދަރު ހެދުން 139 މިލިއަނަށް އެމްޓީސީސީ އަށް

24 މެއި 2023

ފ. ނިލަންދު އާއި ބިލެއްދޫގެ ބަނދަރު ހެދުން 139 މިލިއަން ރުފިޔާ އަށް އެމްޓީސީސީއާ ސަރުކާރުން މިއަދު ހަވާލުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ފ. ނިލަންދު އާއި ބިލެއްދޫގެ ބަނދަރު ހެދުން 139 މިލިއަން ރުފިޔާ އަށް އެމްޓީސީސީއާ ސަރުކާރުން މިއަދު ހަވާލުކޮށްފި އެވެ.

އެކަމަށްޓަކައި ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ.

ބިލެއްދޫގެ ބަނދަރު ހަދަން ދައުލަތުގެ ބަޖެޓުން 72.3 މިލިއަން ރުފިޔާ ހޭދަކުރާނެ އެވެ. ބަނދަރު ބޭނުން ކުރުމުގައި މިހާރު ދިމާވާ ދަތިތަކާއި ރަށް ގިރުމުގެ މައްސަލަ ވެސް އެ މަޝްރޫއުގެ ދަށުން ހައްލު ކުރާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުންޏެވެ. އެ މަސައްކަތް ނިންމަން ދިނީ އެއް އަހަރާއި ތިން މަސް ދުވަހެވެ.

ނިލަންދޫގެ ބަނދަރު ހެދުމަށް ދައުލަތުގެ ބަޖެޓުން 66.7 މިލިއަން ރުފިޔާ ހޭދަކުރާނެ އެވެ. އެ މަޝްރޫއުގެ ދަށުން އެ ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރަން ނިންމާފައިވެ އެވެ. އެ މަސައްކަތް ނިންމަން ދިނީ އެއް އަހަރާއި ހަތަރު މަސްދުވަހެވެ.

އެމްޓީސީސީން މިހާރު ވެސް އަންނަނީ ވަރަށް ގިނަ ރަށްރަށުގެ ބަނދަރު ހެދުމުގެ މަސައްކަތް ކުރަމުންނެވެ.