Roadha Mihaaru
ސްކްރީންޝޮޓް ނުނަގައި ޓްވީޓްތައް އިންސްޓަ ސްޓޯރީއަށް

ސްކްރީންޝޮޓް ނުނަގައި، ޓްވީޓްތައް އިންސްޓަ ސްޓޯރީއަށް

24 ޖޫން 2021

އައިއޯއެސްގައި އިންސްޓަގްރާމް ސްޓޯރީ އަށް ޓްވީޓް ޝެއާކުރެވޭ ގޮތް ހަދައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އައިއޯއެސްގައި އިންސްޓަގްރާމް ސްޓޯރީ އަށް ޓްވީޓް ޝެއާކުރެވޭ ގޮތް ހަދައިފި އެވެ.

ޖެކް ޑޯޒީގެ ޓްވިޓާ އިން ބުނީ މިއީ ސޯޝަލް ޕްލެޓްފޯމްތައް ކޮންޓެންޓްތައް ޝެއާއުރުމުގައި ގެނެސްދިން އިތުރު ފަސޭހައެއް ކަމަށެވެ. އެހެންވެ ކުރިން ހަދާ ގޮތަށް ދެން ސްކްރީންޝޮޓް ނަގައިގެން ޓްވީޓައް ޝެއާކުރުމުގެ ބަދަލުގައި އައިއޯއެސްގެ އަހުލުވެރިންނަށް މިހާރު ވަރަށް ފަަސޭހަކަމާ އެކު ޓްވީޓްތައް އިންސްޓަގްރާމް ސްޓޯރީ އަށް ފޮނުވައިލެވޭނެ އެވެ.

މި ފީޗާ ބޭނުންކުރަން ހަދަން ޖެހޭ ގޮތަކީ ޓްވިޓާގެ ޝެއާ އައިކަން އަށް ފިތާލައި އިންސްޓަގްރާމް ހުޅުވައިލެވުމުން "އިންސްޓަގްރާމް ސްޓޯރީ" ސިލެކްޓްކުރުމެވެ. ޝެއާކުރުމުގެ ކުރިން އެ ޓްވީޓެއް "އިންސްޓަގްރާމް ސްޓޯރީ" އަށް ހެޔޮވަރު ވެސް ކޮށްލެވޭނެ އެވެ.

މި ފީޗާ މި ވަގުތު ހަމައެކަނި އައިއޯސް ބޭނުންކުރާ މީހުންނަށް ލިބޭ އިރު، އެންޑްރޮއިޑަށް ފީޗާ ގެނައުމާ ބެހޭ އެއްވެސް ވާހަކައެއް ޓްވިޓާ އިން އަދި ނުދައްކަ އެވެ.