Roadha Mihaaru
ސަލްމާންގެ "އަންތިމް" ގައި ވަރުންގެ ލަވައެއް

ސަލްމާންގެ "އަންތިމް" ގައި ވަރުންގެ ލަވައެއް

07 ސެޕްޓެމްބަރ 2021

ސަލްމާން ޚާންގެ އެންމެ އަވަހަށް ދެން ރިލީޒްވާނެ ފިލްމު "އަންތިމް: ދަ ފައިނަލް ޓުރުތު" ގައި އެކްޓަރު ވަރުން ދަވަންގެ ލަވައެއް ހިމަނާފައިވާނެ ކަމަށާއި ފިލްމުގެ ޕްރޮމޯޝަނަލް މެޓީރިއަލްއެއްގެ ގޮތުގައި އެންމެ ފުރަތަމަ އާންމުކުރާނީ ވެސް އެ ލަވަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސަލްމާން ޚާންގެ އެންމެ އަވަހަށް ދެން ރިލީޒްވާނެ ފިލްމު "އަންތިމް: ދަ ފައިނަލް ޓުރުތު" ގައި އެކްޓަރު ވަރުން ދަވަންގެ ލަވައެއް ހިމަނާފައިވާނެ ކަމަށާއި ފިލްމުގެ ޕްރޮމޯޝަނަލް މެޓީރިއަލްއެއްގެ ގޮތުގައި އެންމެ ފުރަތަމަ އާންމުކުރާނީ ވެސް އެ ލަވަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޕިންކްވިލާ އިން ބުނި ގޮތުގައި އަންނަ ހުކުރު ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާ ލަވަ އަކީ ފިލްމުގެ ތެރެއިން ދައްކުވައިދޭ ފޯރިގަދަ ސެލެބްރޭޝަނެއްގެ ހަރަކާތްތައް ހިމެނޭ ލަވައެކެވެ. އަދި ސަލްމާނާއި "އަންތިމް" ގެ ވަރުގަދަ އެއް ރޯލު ކުޅެފައިވާ އާޔޫޝް ޝަރުމާ ވެސް ލަވައިން ފެންނާނެ އެވެ. އޭނާ އަކީ ސަލްމާންގެ ޅިޔަނެކެވެ.

ޕިންކްވިލާ އިން ބުނީ ސަލްމާންގެ ފިލްމުގައި ހިމެނޭ ވަރުންގެ ލަވައިގެ މިއުޒިކް ހެދީ މިދިޔަ އަހަރު މަރުވި ވާޖިދު އާއި އޭނާގެ މިއުޒިކް ޕާޓްނަރު އަދި އޭނާގެ ބޭބެ ސާޖިދު ކަމަށެވެ.

ސަލްމާންގެ ޚާންގެ 2019 ގެ ފިލްމުގެ "ބާރަތު" ކެމިއޯއަކަށް ވެސް ވަރުން ޝޫޓްކުރި އެވެ. އެކަމަކު އޭނާގެ މަންޒަރުތައް އެ ފިލްމުގެ ފައިނަލް ކަޓްގައި ހިމަނައިފައެއް ނުވެ އެވެ. ސަލްމާންގެ ފިލްމެއްގައި ވަރުން ބައިވެރިވާ އިރު އޭނާގެ ބައްޕަ ޑައިރެކްޓަރު ޑޭވިޑް ދަވަނާ އެކީ ސަލްމާން ކާމިޔާބު ފިލްމުތަކެއްގެ މަސައްކަތްކޮށްފައިވެ އެވެ. އޭގެ ތެރެއިން އޭނާ ޑަބަލް ރޯލެއް ކުޅުނު 1997 ގެ "ޖުޅުވާ" ގެ ސީކްއެލް "ޖުޅުވާ 2" ވަރުންއާ އެކު ޑޭވިޑް ގެނެސްދީފައިވެ އެވެ.

ސަލްމާނާއި ޑޭވިޑް އެކީގައި މަސައްކަތްކުރި އިތުރު ފިލްމުތަކުގެ ތެރޭގައި "ބީވީ ނަމްބަރު 1"، "ދުލް ހަމް ލޭޖާއޭގޭ"، "ޗަލް މެރެ ބާއީ"، "މޭނޭ ޕިޔާރު ކިއު ކިޔާ"، "މުޖް ސޭ ޝާދީ ކަރޯގޭ"، "ޔޭ ހޭ ޖަލްވާ" އަދި "ޕާޓްނާ" ހިމެނެ އެވެ.

ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާން ނުކުރާ "އަންތިމް" އަކީ އެކްޓަރު މަހޭޝް މަންޖްރޭކަރް ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މިއީ 2018 ގެ މަރާޓީ ފިލްމު "މުލްޝީ ޕެޓާން" އަސްލަކަށް ބަލައިގެން ހަދާފައިވާ ފިލްމެކެވެ.