08 ޖެނުއަރީ 2022
"ޑަންގަލް" އާއި "ޗިޗޯރޭ" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު ނިތޭޝް ތިވާރީގެ ފިލްމެއް ކުޅެން އެކްޓަރު ވަރުން ދަވަން ދެކުނު ހުވަފެން ހަގީގަތަކަށް ވެއްޖެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
"ޑަންގަލް" އާއި "ޗިޗޯރޭ" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު ނިތޭޝް ތިވާރީގެ ފިލްމެއް ކުޅެން އެކްޓަރު ވަރުން ދަވަން ދެކުނު ހުވަފެން ހަގީގަތަކަށް ވެއްޖެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީޑިއާތަކުން ބުނި ގޮތުގައި މި ފުރުސަތު އޭނާ އަށް ފަހިވީ ކުޅުނު ފިލްމުތަކުގެ ތެރެއިން "ޑިޝޫމް" އާއި "ޖުޅުވާ 2" ގެ ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާލާ ދިން ފުރުސަތަކާ އެކީގަ އެވެ. އެގޮތުން ނިތޭޝް ހަދަން ނިންމާފައިވާ އާ ފިލްމު ވެސް ސާޖިދު ޕްރޮޑިއުސްކުރާ އިރު، އޭގެ ބަތަލުގެ ރޯލު ދީފައި ވަނީ ވަރުން އަށެވެ. މީގެ ހަތަރު އަހަރު ކުރިން ވެސް ވަރުންއާ އެކު ނިތޭޝް ފިލްމެއް ހަދަން އުޅުނު ވާހަކަތަކެއް ދެކެވުނެވެ.
ރަސްމީކޮށް އަދި އިއުލާން ނުކުރާ މި ފިލްމުގެ ޝޫޓިން އަންނަ އެޕްރީލް މަހު ފަށަން ތައްޔާރީތައްވަމުން އަންނަ އިރު، ޝޫޓިން ފަށާނީ މުމްބާއީންނެވެ. އަދި ޝޫޓިން ފަށާ ގޮތަށް އެއް ޝެޑިއުލްއެއްގެ ދަށުން މަސައްކަތް ކުރިއަށް ގެންގޮސް، އިންޑިއާގެ އެކި ހިސާބުތަކުގައި ފިލްމުގެ މަންޒަރުތައް ނަގާނެ އެވެ.
ނިތޭޝް އެންމެ ފަހުން ގެނެސްދިން 2019 ގެ "ޗިޗޯރޭ" އަކީ ވެސް ސާޖިދު ޕްރޮޑިއުސްކުރި ފިލްމެކެވެ. މީގެ ދެ އަހަރު ކުރިން ދަންޖެހިގެން މަރުވި ސުޝާންތު ސިންގް ރާޖްޕޫތާއި ޝްރަދާ ކަޕޫރް ލީޑް ރޯލު ކުޅުނު އެ ފިލްމަކީ އެންމެ މޮޅު ހިންދީ ފިލްމުގެ ނެޝަނަލް ވެސް ލިބުނު އެއްޗެކެވެ.
ސާޖިދު، ނިތޭޝް އަދި ވަރުން.
ނިތޭޝްގެ އާ ފިލްމު ވަރުންއާ އެކު ހަދަން ނިންމިއިރު، ކާމިޔާބު އެކްޓަރުގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި މި އަހަރު ރިލީޒްކުރަން ނިންމާފައިވާ "ޖުގް ޖުގް ޖިޔޯ" އާއި "ބޭޅިޔާ" ހިމެނެ އެވެ. އަދި ސޮއިކޮށްފައި ހުރި އިތުރު އެއްޗެހީގެ ތެރޭގައި ސާޖިދު ޕްރޮޑިއުސްކުރާ "ސާންކީ" އާއި ޑައިރެކްޓަރު ސްރީރާމް ރަގްވަންގެ "އެއްކީސް" ގެ އިތުރުން އެމެޒޯންގެ ޕްރައިމް ވީޑިއޯގެ ސީރީޒް "ސިޓަޑެލް" ގެ އިންޑިއާ ވާޝަން ހިމެނެ އެވެ.
މަޝްހޫރު ޑައިރެކްޓަރު ޑޭވިޑް ދަވަންގެ ދަރިފުޅުގެ އެންމެ ފަހުގެ ފިލްމަކީ ބައްޕަ 2020 ގައި ގެނެސްދިން "ކޫލީ ނަމްބަރު 1" އެވެ.
ވަރުން އާއި ޖާންވީ އަށް އަލުން ފުރުސަތެއް
ފާތިމާ އާއި ސާނިއާ އަލުން އެއް ފިލްމަކަށް
އާމިރާއި ކަރީނާގެ ފިލްމު އަނެއްކާވެސް ލަސްވެއްޖެ
ވަރުންގެ އާއިލާއިން ބޮލީވުޑަށް އާ މޫނެއް
"އާޝިގީ 3" ގެ ބަތަލުގެ ރޯލު ސުނިލްގެ ދަރިފުޅަށް؟
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
އާމިރު ސްޕޯޓްސް ޑްރާމާއަކަށް މަޝްވަރާގައި
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ވަރުން ހުރީ ކޮންމެ ވަގުތަކުވެސް ކައިވެންޏަށް ތައްޔާރަށް
ކޮމެޑީ ފިލްމު ކުޅެން ފަސޭހައެއް ނޫން: ސާރާ އަލީ ޚާން