އެޕަލް ކުންފުނިން ކާރު ނެރުމުގެ މަސައްކަތަށް ތައްޔާރުވަމުން އަންނަނިކޮށް ކުންފުނީގެ ކާރު ޑިވިޝަންގެ އިސްވެރިއަކަށް ހުންނެވި ޑަގް ފީލްޑް، ކުންފުނި ދޫކޮށްލައްވައި، ފޯޑް ކުންފުންޏާ ގުޅިވަޑައިގެންފި އެވެ.
09 ސެޕްޓެމްބަރ 2021
އެޕަލް ކުންފުނިން ކާރު ނެރުމުގެ މަސައްކަތަށް ތައްޔާރުވަމުން އަންނަނިކޮށް ކުންފުނީގެ ކާރު ޑިވިޝަންގެ އިސްވެރިއަކަށް ހުންނެވި ޑަގް ފީލްޑް، ކުންފުނި ދޫކޮށްލައްވައި، ފޯޑް ކުންފުންޏާ ގުޅިވަޑައިގެންފި އެވެ.
ފޯޑުން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ޑަގް ހަވާލުވެވަޑައިގައިގަތީ ކުންފުނީގެ ޗީފް އެޑްވާންސްޑް ޓެކްނޮލޮޖީ އެންޑް އެންބެޑެޑް ސިސްޓަމް އޮފިސަރުގެ މަގާމާ ކަމަށެވެ.
އޭނާ އެޕަލް އިން ވަކިވަޑައިގެންނެވި އިރު ހުންނެވީ ސިއްރިޔާތުގައި އެޕަލް އިން ކުރިއަށް ގެންދާ "ސެލްފް-ޑްރައިވިން" ކާރު އުފައްދަންް ހާއްސަ ޑިވިޝަންގެ އިސް ވެރިޔާގެ މަގާމުގަ އެވެ.
މީޑިއާތަކުން ބުނި އެޕަލް އިން 2014 އިން ފެށިގެން "ސެލްފް-ޑްރައިވިން" ކާރު ޓެކްނޮލޮޖީ އަށް މަސައްކަތްކޮށް، ރަސްމީކޮށް ކާރު އުފެއްދުމުގެ ވިޔަފާރި އަށް ނުކުންނަން ކުޑަތަންވަމުން ދަނިކޮށް ޑަގް ކުންފުނި ދޫކޮށްލުމަކީ އެޕަލްގެ ކާރު ޕްލޭން، "ޕްރޮޖެކްޓް ޓައިޓަން" އަށް ގެއްލުމެއް ކަމަށެވެ. މީޑިއާތަކުން ބުނެފައިވާ ގޮތުގައި އެޕަލްގެ އަމާޒަކީ 2024 ނުވަތަ 2025 ހިސާބުގައި މާކެޓަށް ކާރު ނެރުމެވެ. އެކަމަކު ޑަގް ކުންފުނި ދޫކޮށްލުމުން އެ އަމާޒަށް ދެން ވާސިލުވެވިދާނެކަމާ ދޭތެރޭ ބައެއް މީޑިއާތަކުން ސުވާލު އުފައްދާފައިވެ އެވެ.
ޑަގް ކުރިން ވެސް އެޕަލްގައި މަސައްކަތްކުރެއްވުމަށް ފަހު، ކާރު އުފައްދާ ބޮޑު އެހެން ކުންފުންޏަކާ ގުޅިވަޑައިގަތަވެ. އެއީ މިހާރު އިލެކްޓިކް ކާރު އުފެއްދުމުގެ މަސައްކަތުގައި ރަސްކަންކުރާ ޓެސްލާއާ އެވެ. އެޕަލް އިން 2013 ގައި ވަކިވެޑައިގެން އޭނާ ޓެސްލާއާ ގުޅިވަޑައިގަތީ ޗީފް ވެހިކަލް އިންޖިނިއަރުގެ މަގާމަށެވެ. އޭރު ޑަގް ހުންނެވީ އެޕަލްގެ މެކް ހާޑްވެއާ އިންޖިނިއަރިންގެ ވައިސް ޕްރެޒިޑެންޓްގެ މަގާމުގަ އެވެ.
އޭނާ ޓެސްލާ އިން އިސްތިއުފާ ދެއްވައި 2018 ގައި އަލުން އެޕަލްއާ ގުޅިވަޑައިގެންނެވި އެވެ.
ކާރު ބްރޭންޑެއްގެ ގޮތުގައި އެންމެ މަޝްހޫރު ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ފޯޑްއާ ޑަގް ގުޅިވަޑައިގަތް އިރު، އެ ކުންފުންޏަކީ ވެސް މިހާރު އިލެކްޓިކް ކާރަށް ވަރަށް ބޮޑަށް މަސައްކަތްކުރަމުން އަންނަ ކުންފުންޏެކެވެ.
އެޕަލް އަށް ޓެސްލާ ވިއްކާލަން އުޅުނިން: އީލޮން
އެެޕަލްގެ ކާރު ޑިވިޝަނަށް އާ ވެރިއެއް
އެޕަލްގެ ސީއީއޯގެ މަގާމަށް އީލޮން ޑިމާންޑްކުރި!
އެޕަލްގެ ކާރަށް ބެޓެރި ހޯދަން ޗައިނާ އަށް
އެޕަލްގެ ކާރު ޕްރޮޖެކްޓަކާ ގުޅުމެއް ނެތް: ނީސާން
ކާރު އުފައްދަން އެޕަލް އިން ހޮންޑޭގެ އެހީ ހޯދަފާނެ
އީވީ އުފެއްދުމުގައި ޓެސްލާ ވައްޓާލަން ޖެނެރެލް މޮޓޯސް
ފޯން ވިޔަފާރީގެ ރަސްކަން އަލުން އެޕަލް އަށް
އީލޮންގެ ޓެސްލާ އިންޑިއާ އަށް ގެންނަން ވިޖޭ ލޮބީކުރަނީ
އެޕަލް އިން މެޓަވާސް އަށް ނުކުތުމުގެ ފުރުސަތު ކުޑަ