29 ޖެނުއަރީ 2022
ސްމާޓްފޯން ވިޔަފާރީގެ ރަސްކަން އެމެރިކާގެ އެޕަލް ކުންފުންޏަށް ގެއްލިފައިވާތާ ދުވަސްތަކެއް ފަހުން އަނެއްކާ ވެސް ދެކުނު ކޮރެއާގެ ސެމްސަންގް ވައްޓާލައި ކުރިއަށް ޖެހިލައިފި އެވެ.
ސްމާޓްފޯން ވިޔަފާރީގެ ރަސްކަން އެމެރިކާގެ އެޕަލް ކުންފުންޏަށް ގެއްލިފައިވާތާ ދުވަސްތަކެއް ފަހުން އަނެއްކާ ވެސް ދެކުނު ކޮރެއާގެ ސެމްސަންގް ވައްޓާލައި ކުރިއަށް ޖެހިލައިފި އެވެ.
ކައުންޓްޕޮއިންޓް ރިސާޗާއި ކެނަލިސިސް އާންމުކޮށްފައިވާ ސްމާޓްފޯނުގެ ވިޔަފާރިއާ ބެހޭ ރިޕޯޓްތަކުން ދައްކާ ގޮތުގައި އެޕަލް އަށް އަލުން ސްމާޓްފޯނުގެ ވިޔަފާރީގެ ރަސްކަން ލިބުނީ އެންމެ ބޮޑު އެއް މާކެޓްގެ ގޮތުގައި ފާހަގަކޮށްލެވޭ ޗައިނާގެ ވިޔަފާރި ވަރަށް ބޮޑުތަން ރަނގަޅުވުމާ ގުޅިގެންނެވެ. އެގޮތުން އެންމެ ފަހުން ނެރުނު އައިފޯނު 13 ގެ ވިޔަފާރީ ޗައިނާގައި ބޮޑުވެ، އެ ގައުމުގައި ކުރިން އެންމެ ވިޔަފާރި ރަނގަޅު ބްރޭންޑްގެ ގޮތުގައި އޮތް ވީވޯގެ ވިޔަފާރި ވެސް ވަނީ ފަހަތަށް ޖައްސާލައިފަ އެވެ
އެގޮތުން ފާއިތުވި ތިން މަހުގެ ތެރޭގައި ވީވޯގެ ވިޔަފާރި އަށް ހަ ޕަސެންޓްގެ ވެއްޓުމެއް އައިސްފައިވާ އިރު، ފާއިތުވި ތިން މަހުގެ ތެރޭގައި އައިފޯންގެ ވިޔަފާރި އަށް ޗައިނާގައި 23 ޕަސެންޓްގެ ކުރިއެރުމެއް އައިސްފައިވެ އެވެ. އެ ނިސްބަތް އޭގެ ކުރީ އަހަރުގެ ފަހު ކުއާޓަރުގައި އުޅުނީ 16 ޕަސެންޓްގަ އެވެ.
ކައުންޓަ ޕޮއިންޓުން ބުނި ގޮތުގައި އައިފޯނުގެ ވިޔަފާރި އަށް ޗައިނާގައި އޮތް ޑިމާންޑް ބޮޑުވެފައިވާ އިރު، މިއީ ފާއިތުވި ހަ އަހަރުގެ ތެރޭގައި އެ ގައުމުން އެޕަލް އަށް ލިބުނު އެންމެ ބޮޑު އެއްކުރިއެރުމެވެ.
Ivan Lam just released a note on #Apple hitting #1 and record market share in China during the last quarter of 2021.
— Counterpoint (@CounterPointTR) January 26, 2022
Smartphone sales in China declined (9% YoY) for the third consecutive quarter in Q4 2021: https://t.co/pAyQvMo3JZ@ivanlamtmt #smartphones #technews #technology pic.twitter.com/y1FMNtRyE3
ސެމްސަންގް ދެވަނަ އަށް ވައްޓާލައި އެޕަލް އިން ބައިނަލްއަގްވާމީ މާކެޓްގައި މިހާރު ސްމާޓްފޯނުގެ ވިޔަފާރިގެ ކުރި އަތުލި އިރު، ވިޔަފާރި ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އައިފޯން 14 ނެރޭތީ މިއީ އަނެއްކާ ވެސް އެ ކުންފުނި ކުރިއެރުން ހޯދާނެ ކަމެކެވެ.
?#Samsung accounted for 20% of WW smartphone shipments in 2021, followed by #Apple with 17% of the market share. In third place, it's #Xiaomi with a 14% share. OPPO and vivo placed fourth and fifth, with 11% and 10% respectively.
— Canalys (@Canalys) January 28, 2022
Continue reading: https://t.co/Tt75d2obC4 pic.twitter.com/SI60hXOYdR
ފާހަގަކޮށްލެވޭ ކަމަކީ ސެމްސަންގުން މިހާރު އެ ކުންފުނީގެ ފުރަތަމަ އިވެންޓް އަންނަ މަހުގެ 9 ގައި ބާއްވަން ނިންމާފައިވާކަމެވެ. އެ އިވެންޓްގައި ގެލެކްސީ އެސް ސީރީޒް22ގެ ޑިވައިސްތައް ދައްކާލާނެ އެވެ.
ސްމާޓްފޯން އެންމެ މަޝްހޫރު އެއް ބްރޭންޑްގެ ގޮތުގައި ފާހަގަކޮށްލެވޭ އެޕަލް މި ވިޔަފާރީގެ ކުރި އަލުން އަތުލި އިރު، ފާހަގަކުރެވޭ ކަމަކީ މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގެ ތެރޭގައި ވިކުނު ފޯނުތަކުގެ އަދަދު ދަށްވެ، ޝޯމީ އަށް ވުރެ ވެސް ފަހަތުގައި އެ ކުންފުނިން ދުވަސްތަކެއް ވަންދެން އޮންނަން ޖެހުނު ކަމެވެ.
މިހާރު ސްމާޓްފޯނުގެ ވިޔަފާރީގެ ގަދަ 5 އަށް ބަލާ އިރު އެއް ވަނައިގައި އެޕަލް، ދެވަނަގައި ސެމްސަންގް އަދި ތިން ވަނައިގައި އޮތީ ޝޯމީ އެވެ. ދެން ހަތަރަކާއި ފަހެއްގައި އޮތީ އޮޕޯ އާއި ވީވޯ އެވެ.
ޝޯމީގެ އަމާޒަކީ ފޯނު ވިޔަފާރީގެ ކުރި އަތުލުން
އެޕަލްއަށް ވުރެ ގިނަ ފޯނު ޝޯމީން ވިއްކައިފި
ފުރަތަމަ އައިފޯނު ހަނދާން އެބަހުރިތަ؟
ގޫގުލް އަށް ވުރެ ވެސް ޓިކްޓޮކް މާ މަގުބޫލު
އައިފޯން 13 ލިބުން ދަތިވެދާނެ
އާ އައިފޯނުގެ ސްޓޮރޭޖްގައި 1 ޓެރަބައިޓް؟
އެޕަލްގެ ކާރަށް ބެޓެރި ހޯދަން ޗައިނާ އަށް
އެޕަލް އިން އިންޑިއާގައި އައިޕެޑް އުފައްދަން ބޭނުން
އާ އައިފޯނަށް ސެމްސަންގުން "މޮޅު" މަލާމާތެއް
އަންނަ މަހު އައިފޯނެއް ނުނެރޭނެ