މއ. ކަފިދޫގޭގައި މިދިޔަ ހޯމަ ދުވަހު ރޯވި އަލިފާންގަނޑު ނިއްވާލުމުގެ ތެރޭގައި ޒަހަމްވި ސިފައިންގެ މީހާގެ ހާލު ރަނގަޅުވަމުން އަންނަކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.
01 ޑިސެމްބަރ 2016
މއ. ކަފިދޫގޭގައި މިދިޔަ ހޯމަ ދުވަހު ރޯވި އަލިފާންގަނޑު ނިއްވާލުމުގެ ތެރޭގައި ޒަހަމްވި ސިފައިންގެ މީހާގެ ހާލު ރަނގަޅުވަމުން އަންނަކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.
އެމްއެންޑީއެފްގެ މީޑިއަ އޮފިޝަލް މޭޖާ އަދުނާން މުހައްމަދު ވިދާޅުވީ އެ ހާދިސާގައި ޒަހަމްވި ސާޖަންޓް އަހުމަދު ސަމްޝާދަށް ސްރީ ލަންކާގައި ފަރުވާދެމުން އަންނަނީ މޫނު މައްޗަށް ބިއްލޫރިގަނޑެއް ވެއްޓިގެން ލިބުނު ޒަހަމްތަކަށެވެ.
ސަމްޝާދުގެ ހާލު އޭރު ސީރިއަސް ނޫން ނަމަވެސް މޫނަށް ލިބުނު ގެއްލުމުގެ ސަބަބުން ހާލު ގޯސްވެދާނެ ކަމަށް އައިޖީއެމްއެޗުން ބުނެފައިވެ އެވެ. އެހެންކަމުން އިތުރުފަރުވާއަށް އޭނާ ހަމަ އެ ރޭ ލަންކާ އަށް ގެންދިޔަ އެވެ.
ސަމްޝާދުގެ އިތުރުން ސިފައިންގެ އެހެން މީހަކަށް ވެސް ކުދިކުދި ގެއްލުންތަކެއް ލިބުނެވެ. އެކަމަކު އައިޖީއެމްއެޗުގައި ފަރުވާ ދިނުމަށް ފަހު ވަނީ ދޫކޮށްލައިފަ އެވެ.
ދުމުގެ އަސަރުކުރި އެކަކު ހާލު ސީރިއަސްވެ އައިސީޔޫގައި
އަލިފާނުގެ ހާދިސާގައި ފިހުނު އެކަކު އައިސީޔޫގައި
ހަތަރު ބައުޒަރު އަނދައި، ތިން ބައުޒަރަށް ގެއްލުން
އަލިފާނުގެ ހާދިސާގައި ފިހުނު އެކަކު އައިސީޔޫގައި
އައިޖީއެމްއެޗުގެ އިންޖީނު ރޫމްގައި އަލިފާނުގެ ހާދިސާއެއް
އަނިޔާވި ސިފައިންގެ މީހާ ރާއްޖޭން ބޭރަށް ގެންދަނީ
ލ. ގަމުގެ ފެނަކަ އިންޖީނުގޭގައި ރޯވެ އަނދަނީ
ސިފައިންނާއި ފުލުހުން ލަންކާއަށް 3 މިލިއަން ރުފިޔާ
ލަންކާ ބޯޓުން ޑްރަގާއެކު ހައްޔަރުކުރި މީހުން ބަންދަށް
ހުޅުމާލެ ފަޅުތެރޭ އަޅާފައި އޮތް ދޯންޏެއް ރޯވެއްޖެ