Roadha Mihaaru
އަނިޔާވި ސިފައިންގެ މީހާ ރާއްޖޭން ބޭރަށް ގެންދަނީ

އަލިފާން ނިއްވުމުގެ ތެރޭގައި އަނިޔާވި ސިފައިންގެ މީހާ ރާއްޖެއިން ބޭރަށް ގެންދަނީ

28 ނޮވެމްބަރ 2016

މއ. ކަފިދޫގޭގައި ހުރި ގުދަނުގައި މިއަދު ރޯވި އަލިފާންގަނޑު ނިއްވައިލުމުގެ ތެރޭގައި ޒަަހަމްވި ސިފައިންގެ މީހާ އަށް އިތުރު ފަރުވާ ދިނުމަށް މިރޭ ރާއްޖެއިން ބޭރަށް ގެންދަން ނިންމާފައިވާ ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މއ. ކަފިދޫގޭގައި ހުރި ގުދަނުގައި މިއަދު ރޯވި އަލިފާންގަނޑު ނިއްވައިލުމުގެ ތެރޭގައި ޒަަހަމްވި ސިފައިންގެ މީހާ އަށް އިތުރު ފަރުވާ ދިނުމަށް މިރޭ ރާއްޖެއިން ބޭރަށް ގެންދަން ނިންމާފައިވާ ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.

އެ ހޮސްޕިޓަލްގެ ޕަބްލިކް ރިލޭޝަންސް އެންޑް މީޑިއާ ޑިޕާޓްމެންޓްގެ ޑިރެކްޓަރު އަހުމަދު މައުސޫމް ވިދާޅުވީ އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން ދަނިކޮ،ށް ސިފައިންގެ ދެ މީހަކަށް އަނިޔާވެގެން އައިޖީއެމްއެޗަށް ގެންދިޔަ ކަމަށެވެ. އޭގެ ތެރެއިން އެކަކަށް ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައިވާ ކަމަށް މައުސޫމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބޭރަށް ގެންދަން ނިންމާފައިވާ ސިފައިންގެ މީހާގެ މޫނު މަތި ވަރަށް ބޮޑަށް ޒަހަމްވެފައިވާ ކަމަށާއި ނަމަވެސް އޭނާގެ ހާލު އެހާ ސީރިއަސް ނޫނެވެ.

"އޭނާގެ ހާލު ސްޓޭބްލް. އެކަމަކު މޫނު މައްޗަށް ލިބިފައިވާ ޒަހަމްތަކުގެ ސަބަބުން ހާލު ސީރިއަސް ވެދާނެތީވެ ބޭރަށް ގެންދަން ނިންމީ،" މައުސޫމް ވިދާޅުވި އެވެ.

ބްރަދަހުޑް ގުރޫޕުން ހިންގާ ފިހާރައެއްގެ ގުދަނެއްގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްނުވެ، އެތަން ބޭނުންނުކުރެވޭ ވަރަށް ވަނީ އަނދައި ހުލިވެފަ އެވެ. އަދި އެ ގުދަނާ ކައިރީގައި ހުރި ދެ ގެއަކަށް ވެސް އެ އަލިފާނުގެ އަސަރުކޮށްފައި ވެ އެވެ.

ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން އަންނަނީ މި ހާދިސާގެ ސަބަބުން ހާލުގައި ޖެހުނު 23 މީހަކަށް އެހީތެރިކަން ފޯރުކޮށްދޭން ފަށައިފަ އެވެ.