Roadha Mihaaru
ހޮސްޕިޓަލުން ކުއްޖާ އޮޅުވާލުމުން ބަދަލު ހޯދަނީ

ސްޕެއިންގެ ހޮސްޕިޓަލެއްގައި ދެ ކުއްޖަކު އޮޅުވާލިކަން އެނގި ބަދަލު ހޯދަނީ

13 ސެޕްޓެމްބަރ 2021

މާމަދަރިފުޅު ކަމަށް ދެކެމުން އައި ކުއްޖަކީ އާއިލާގެ އަސްލު ދަރިއެއް ނޫންކަން 19 އަހަރު ފަހުން އެނގި އެކަމުގެ ބަދަލު ހޯދަން ސްޕެއިންގެ އަންހެނަކު ސަރަހައްދީ ސަރުކާރަކަށް ދައުވާކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މާމަދަރިފުޅު ކަމަށް ދެކެމުން އައި ކުއްޖަކީ އާއިލާގެ އަސްލު ދަރިއެއް ނޫންކަން 19 އަހަރު ފަހުން އެނގި އެކަމުގެ ބަދަލު ހޯދަން ސްޕެއިންގެ އަންހެނަކު ސަރަހައްދީ ސަރުކާރަކަށް ދައުވާކޮށްފި އެވެ.

ދެހާސް ދެވަނަ އަހަރު ސްޕެއިންގެ ދެކުނުގެ ބިލްބާއޯގެ ލަ ރިއޯޖާގެ ވެރިރަށް ލޮގްރޯނީ ހޮސްޕިޓަލްގައި ވިހޭ ކުއްޖާ އޮޅުވާލާފައި ވަނީ ހޮސްޕިޓަލްގައި އޮއްވަ އެވެ. މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލާގައި ދައުވާކުރަނީ އެއް ދުވަހެއްގައި ވިހޭ ދެ ކުދިން އާއިލާގެ މީހުންނާ ހަވާލުކުރުމުގެ ކުރިން އިންކިއުބޭޓަރުގައި ބާއްވާފައި އޮއްވައި އޮޅުވާލިކަން ފަޅާއެރުމާ ގުޅިގެންނެވެ. އެތައް އަހަރެން ފަހުން މިކަން އެނގުނީ މިހާރު 19 އަހަރުގެ އަންހެން ކުއްޖާގެ ޑީއެންއޭ ޓެސްޓަކުންނެވެ. އެ ކުއްޖާގެ މަންމަ އާއި ބައްޕަ އަކީ ވެސް ކުއްޖާ ގެންގުޅެ ބޮޑުކުރި މީހުން ނޫން ކަމަށް ޓެސްޓްތަކުން ދައްކަ އެވެ.

ކުއްޖާ އޮޅުވައިލި މައްސަލާގައި މާމަ ދައުވާކުރާ އިރު، އޭނާގެ އާއިލާ އަށް ލިބުނީ ފިރިހެން ކުއްޖެއްކަން އެނގިފައިވެ އެވެ. ސަބަބަކީ އެ ކުއްޖާ ވިހޭ ދުވަހު ހޮސްޕިޓަލްގައި އިތުރު އަންހެން ކުއްޖަކު ވިހާފައިވާ ކަމަށް ވެސް ރެކޯޑްކޮށްފައި ނެތުމެވެ. ނަމަވެސް އޮޅުވައި އަނެއް ކުއްޖާގެ އާއިލާ އަށް އެކަން އެންގި ނަމަވެސް އެކަމާ އެ އާއިލާ އިން އެއްވެސް މައްސަލައެއް ޖައްސައިފައެއް ނުވެ އެވެ.

ނަމަވެސް އަންހެން ކުއްޖާ ހަވާލުކުރި އާއިލާ އިން އެކަމާ ދައުވާކުރަނީ ހެލްތު މިނިސްޓްރީން ބަދަލެއްގެ ގޮތުގައި ތިން މިލިއަން ޔޫރޯ (3.5 މިލިއަން ޑޮލަރު) ނަގައި ދިނުމަށެވެ.

ހެލްތު މިނިސްޓަރު ސާރާ.

ހެލްތު މިނިސްޓަރު ސާރާ.

ލަ ރިއޯޖާގެ ހެލްތު މިނިސްޓަރު ސާރާ އަލްބާ ވިދާޅުވީ ހޮސްޕިޓަލްގައި ދެ ކުދިން އޮޅުނީ "ހިއުމަން އެރާއަކުން" ކަމަށެވެ. އެކަމަކު މިހާރު އެފަދަ ކަމެއް ނުހިނގާނެކަމުގެ ޔަގީންކަން އާންމުންނަށް ދެއްވާ ކަމަށް ވިދާޅުވި އެވެ.

މާމަދަރިފުޅު އޮޅުވައިލި މައްސަލާގައި 3.5 މިިލިއަން ޑޮލަރުގެ ބަދަލު ހޯދަން ދައުވާކުރި ނަމަވެސް އާއިލާ އަށް ހެލްތު މިނިސްޓްރީން ބަދަލެއްގެ ގޮތުގައި ދޭން އެއްބަސްވީ 215،000 ޔޫރޯ (254,016 ޑޮލަރު) އެވެ.

މި މައްސަލަ އިތުރަށް ތަހުގީގުކޮށް، ކުއްޖާގެ ޑީއެންއޭގެ އިތުރު ޓެސްޓްތަކެއްގެ ނަތީޖާގެ އިންތިޒާރުގައި މިހާރު ތިބި އިރު، ހެލްތު މިނިސްޓަރު ވިދާޅުވީ ކޯޓުން ނިންމާ ނިންމުމަށް އިހުތިރާމުކުރައްވާނެ ކަމަށާއި އާއިލާ އަށް އިތުރު ބަދަލެއް ދޭން ޖެހޭ ނަމަ އެކަން ކުރައްވާނެ ކަމަށެވެ.