މީގެ ހަތަރު ކުރިން ކުރިން ރިލީޒްކުރި ކާމިޔާބު ފިލްމު "ޑަންކާކް" ގައި ދެވަނަ ބޮޑު ހަނގުރާމައިގެ ވާހަކައެއް ކިޔައި ދިނުމަށް ފަހު، ކުޅަދާނަ ޑައިރެކްޓަރު ކްރިސްޓޮފާ ނޯލަން އަނެއްކާ ވެސް އެ ހަނގުރާމައިގެ ވާހަކައެއް ކިޔައިދޭ ފިލްމަކަށް ތައްޔާރުވާން ފަށައިފި އެވެ.
16 ސެޕްޓެމްބަރ 2021
މީގެ ހަތަރު ކުރިން ކުރިން ރިލީޒްކުރި ކާމިޔާބު ފިލްމު "ޑަންކާކް" ގައި ދެވަނަ ބޮޑު ހަނގުރާމައިގެ ވާހަކައެއް ކިޔައި ދިނުމަށް ފަހު، ކުޅަދާނަ ޑައިރެކްޓަރު ކްރިސްޓޮފާ ނޯލަން އަނެއްކާ ވެސް އެ ހަނގުރާމައިގެ ވާހަކައެއް ކިޔައިދޭ ފިލްމަކަށް ތައްޔާރުވާން ފަށައިފި އެވެ.
އަންނަ އަހަރުގެ ކުރީކޮޅު ޝޫޓިން ފަށަން ތައްޔާރީތައް ވަމުން އަންނަ މި ފިލްމަކީ ނިއުކްލިއާ ހަތިޔާރު އުފެއްދުމުގައި މޭސްތިރިއެއްގެ ގޮތުގައި މަޝްހޫރުވި އެމެރިކާ ތިއަރެޓިކަލް ފިޒިސްޓް ޖޭ ރޮބަޓް އޯޕެންހީމާގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ވޯ ޑްރާމާއެކެވެ.
ގާތްގަނޑަކަށް 100 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހަދަން ނިންމާފައިވާ ފިލްމުގެ ތައްޔާރީތައް ވަމުން ދިޔަ ނަމަވެސް މީގެ ނަމާއި ކާސްޓް ވެސް އަދި އިއުލާނެއް ނުކުރެ އެވެ. އެކަމަކު ފިލްމު ހަދަން މި ފަހަރު ނިންމާފައި ވަނީ ޔުނިވާސަލް ޕިކްޗާޒްއާ ގުޅިގެން ކަމަށް ވެރައިޓީން ބުންޏެވެ. އެ ނޫހުން ބުނި ގޮތުގައި މިއީ ކެރިއަރުގައި 20 އަހަރު ފަހުން ވޯނާ ބްރޮސްއާ ނުލައި ނޯލަން ހަދާ ފުރަތަމަ ފިލްމެވެ.
ޖޭ ރޮބަޓް.
މިދިޔަ އަހަރު ސައިންސް ފިކްޝަން އެކްޝަން ތުރިލާ "ޓެނެޓް" ގެނެސްދިން ނޯލަންގެ އާ ފިލްމު ބެލުންތެރިންނަށް ގެނެސްދޭނެ ކަމަށް ބެލެވެނީ 2023 ނުވަތަ 2024 ގައި ކަމަށް ވެރައިޓީން ބުންޏެވެ.
ދެހާސް ސަތާރައިގައި ނޯލަން ގެނެސްދިން "ޑަންކާކް" އަކީ 150 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހަދައި ބޮކްސް އޮފީހުގައި 526.9 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފިލްމެކެވެ. އޮސްކާ އެވޯޑްސްގައި އަށް ކެޓަގަރީއަކުން ނޮމިނޭޓްވި ފިލްމަށް ލިބުނު އެވޯޑްތަކަކީ އެންމެ މޮޅު ސައުންޑް އެޑިޓިން އާއި އެންމެ މޮޅު ސައުންޑް މިކްސިންގެ އިތުރުން އެންމެ މޮޅު ފިލްމު އެޑިޓިން އެވެ.
ނޯލަން ގެނެސްދިން ފިލްމުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ފިލްމަކީ ލިއޮނާޑޯ ޑި ކެޕްރިއޯއާ އެކު 2010 ގައި ގެނެސްދިން ސައިންސް ފިކްޝަން އެކްޝަން ފިލްމު "އިންސެޕްޝަން" އެވެ.
ނޯލަންގެ އާ ފިލްމުގެ ކާސްޓަށް ޑޭމަން އާއި ޑައުނީ
"ހަންގާ ގޭމްސް"ގެ އާ ފިލްމު އަންނަ އަހަރު ގެނެސްދެނީ
ލައިވް އެކްޝަން "މޮއާނާ"ގެ ޓީޒާއެއް އާންމުކޮށްފި
ނޯލަންގެ "އޮޑެސީ"ގެ ފުރަތަމަ ފެނިލުން
އެޑެލް ހޮލީވުޑް ފިލްމެއް ކުޅެނީ
ފައިސާގެ ދަތިކަމާ ހެދި މޭގަން އެނބުރި އެކްޓިންއަށް
މައިކަލް ޖެކްސަންގެ ބަޔޮޕިކް ފިލްމަށް ރެކޯޑެއް
ޓައިގާ ޝްރޮފް ހޮލީވުޑް ފިލްމެއް ކުޅެނީ
"ސުޕަމޭން"ގެ ދެވަނަ ފިލްމު 2027 ގައި ގެނެސްދެނީ
"ނައިވްސް އައުޓް 3" ގެނެސްދެނީ ޑިސެމްބަރުގައި