Roadha Mihaaru
ގެއްލުނު ބުޅަލެއް 10 އަހަރު ފަހުން ފެނިއްޖެ

ގެއްލުނު ބުޅަލެއް 10 އަހަރު ފަހުން ފެނިއްޖެ

19 ސެޕްޓެމްބަރ 2021

ސްކޮޓްލޭންޑްގެ ދެމަފިރިއަކު އޮޅުކޮށްގެން ގެންގުޅުނު ބުޅަލެއް ގެއްލުނުތާ 10 އަހަރު ފަހުން ފެނިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސްކޮޓްލޭންޑްގެ ދެމަފިރިއަކު އޮޅުކޮށްގެން ގެންގުޅުނު ބުޅަލެއް ގެއްލުނުތާ 10 އަހަރު ފަހުން ފެނިއްޖެ އެވެ.

މާޗް 4، 2011 ގައި ގެއްލުނު ބުޅާ މިދިޔަ ހަފުތާގައި ފެނުނީ މައިކްރޮޗިޕެއްގެ އެހީގައި ކަމަށް ސްކޮޓިޝް ސޮސައިޓީ ފޯ ޕްރިވެންޝަން އޮފް ކްރްއެލްޓީ ޓު އެނިމަލްސް (ސްކޮޓިޝް އެސްޕީސީއޭ) އިން ބުންޏެވެ. ފޯބްސް ކިޔާ ބުޅާ ގެއްލިފައިވާކަމުގެ މައުލޫމާތު އެތަނާ ހިއްސާކޮށްފައި އޮތުމުން ބުޅާ ހޯދުނީ އެވެ. ބުޅާ ފެނުނު އިރު އޮތީ ވަރަށް ބޮޑަށް އަނަރޫފަ ވެފަ އެވެ.

އެތަނުން ބުނީ ފޯބްސް ފެނުނީ އެ ގެއްލުނު ކަމަށް އާއިލާ އިން ރިޕޯޓްކުރި ހިސާބާ ދެ މޭލެއްހާ ދުރު ހިސާބަކުން ކަމަށެވެ. ބުޅާ ފެނުނު ވާހަކަ (ސްކޮޓިޝް އެސްޕީސީއޭ) އިން އެންގި ދުވަހަކީ ވަރަށް އުފާވި ދުވަހެއް ކަމަށް އާއިލާ އިން ބުންޏެވެ.

ފޯބްސްގެ ވެރިމީހާ ނީލް ހެންޑަސަން ބުނި ގޮތުގައި ބުޅާ ގެއްލުމުން އޭނާ އާއި އަންހެނުން ލޫސީ އަށް ވަރަށް ބޮޑު ހިތްދަތިކަމެއް ލިބުނެވެ. އޭނާ ބުނީ ފޯބްސް އަކީ ދަރިއެއް ގޮތަށް ގެންގުޅުނު އެއްޗެއް ކަމަށާއި ދެމަފިރިން އެހާ ލޯބިން ގެންގުޅުނު ބުޅާ ގެއްލުމުން އަށެއްކަ މަސްދެން އެ ހޯދަން އެކި ގޮތްގޮތަށް މަސައްކަތްކުރި ކަމަށެވެ.

"ބައެއް ރައްޓެހިން ބުޅަލުގެ ފޮޓޯއާ އެކު ޕޯސްޓަރު ހަދައިގެން ވެސް އެކި ހިސާބުތަކުގައި ދައުރުކުކޮށްދިން. އެކަމަކު ފެންނަ ގޮތެއް ނުވި،" ނީލް ބުންޏެވެ. "ފޯބްސް ފެނުނީ އެ ފެނިދާނެކަމުގެ އުންމީދު ވެސް އަހަރެމެން ދޫކޮށްލައިގެން ތިބޭތާ އެތައް އަހަރެއް ފަހުން."

މިހާރު އުމުރުން 12 އަހަރުގެ ފޯބްސް އަލުން އާއިލާގެ ގާތަށް އައުމުން ލިބުނު އުފާ ވަރަށް ބޮޑު ކަމަށް ދެމަފިރިން ބުންޏެވެ. ނީލް ބުނީ އެ މީހުން ފެނުމާ އެކީ ވެސް ފޯބްސް އަށް އެއީ އޭނާގެ ވެރިންކަން އެނގުނު ކަމަށާއި މިހާރު ވަރަށް ލޯބިން އެކީގައި އުޅޭ ކަމަށެވެ.