މީގެ ދުވަސްކޮޅެއް ކުރިން އިންޑިއާ އިން ރީނދޫ ކުލައިގެ ކަހަނބެއް ފެނިގެން އޭގެ ވާހަކަ މީޑިއާތަކުގައި ވަރަށް ބޮޑަށް ދެކެވުނެވެ. އޭގެ ދުވަސްތަކެއް ކުރިން ގުރާފެހި ކުލައިގެ ކުއްތާއެއްގެ ވާހަކަ ވެސް މީޑިއާތަކަށް އެރި އެވެ. މި ފަހަރު ރީނދޫ ކުލައިގެ ބުޅަލެއްގެ ވާހަކަ އެވެ.
27 އޯގަސްޓް 2020
މީގެ ދުވަސްކޮޅެއް ކުރިން އިންޑިއާ އިން ރީނދޫ ކުލައިގެ ކަހަނބެއް ފެނިގެން އޭގެ ވާހަކަ މީޑިއާތަކުގައި ވަރަށް ބޮޑަށް ދެކެވުނެވެ. އޭގެ ދުވަސްތަކެއް ކުރިން ގުރާފެހި ކުލައިގެ ކުއްތާއެއްގެ ވާހަކަ ވެސް މީޑިއާތަކަށް އެރި އެވެ. މި ފަހަރު ރީނދޫ ކުލައިގެ ބުޅަލެއްގެ ވާހަކަ އެވެ.
ކަހަނބާއި ކުއްތާ ގޮތަށް މި ބުޅަލަކީ ގުދުރަތީ ގޮތުން ތަފާތު ކުލައެއް ލިބުނު އެއްޗެއް ނޫނެވެ. ދިމާވި ގޮތަކީ ހުދު ކުލައިގެ މި ބުޅަލުގައި ފަންގަލް އިންފެކްޝަނެއް އުފެދިގެން، އެކަން ހައްލުކުރަން ރީނދޫ އުނގުޅުމުން ބުޅާ ރީނދޫވީ އެވެ.
ތައިލެންޑް މީހެއް ކަމަށްވާ ތައްމަޕާ ސުޕަމާސް ކިޔައިދިން ގޮތުގައި ބުޅަލުގައި ރީނދޫ އުނގުޅީ އިންފެކްޝަން ނައްތައިލާށެވެ.
އެކަން ކުރި އިރު ބުޅަލުގެ ކެހެރިން ކުލަ ނުލިފިލާނެ ކަމެއް ނޭނގެ އެވެ. އެހެންވެ މިހާރު ބުޅާ އޮތީ ރީނދޫ ކުލައިގަ އެވެ. ބަލައިލަން ހުތުރެއް ނޫނެވެ. ރަނގަޅު ކަމަކީ ކުލަ ނުލިފި ނަމަވެސް، ރީނދޫ އުނގުޅި ބޭނުން ހާސިލުވެފައިވާތީ އެވެ.
މި ބުޅަލުގެ ވާހަކަ ތުއްމަޕާ ފޮޓޯތަކާ އެކު ފޭސްބުކަށް ލުމުން ވަރަށް ގިނަ ބަޔަކު ބުޅާ އިތުރަށް ރީތިކުރަން ފޮޓޯޝޮޕް ވެސް ކޮށް، ފޭސްބުކް ޕޭޖްތަކުގައި ފޮޓޯތައް ދައުރުކޮށްފައިވެ އެވެ. އެގޮތުން ޕޯކެމަން އަށް ނިސްބަތްވާ މަޝްހޫރު އެނިމޭޓެޑް ކެރެކްޓާ ޕިކާޗޫއާ މިހާރު ބުޅާ ވަރަށް ވައްތަރު ކަމަށް ބުނެ އޭގެ ދެ ކޯމަތީގައި ރަތް ކުލައިން އިންނަ ތަންކޮޅު ގޮތަށް ބުޅަލުގެ ކޯމަތި ވެސް ރީތިކޮށްފައިވެ އެވެ.
ބަނޑުހައިވީމާ ޕިއާނޯ ކުޅޭ ބުޅަލެއް
ގޮގްލްސް ހޮވައިގެން ގެނެސްދޭ ބުޅަޅެއް
ފިރިހެނުން ބުޅާ ގެންގުޅުމަކީ މައްސަލައެއްތަ؟
ބުޅާ ފެސިލިޓީއަށް ސާމާނު ހޯދަން ރެޕިޑްއިންޖިނިއަރިންއަށް
ބުޅާ ގެންގުޅޭ ނަމަ ޗިޕެއް ހަރުކުރަން މަޖުބޫރު
ގެއްލުނު ބުޅަލެއް 10 އަހަރު ފަހުން ފެނިއްޖެ
ޕެޓް ބަލަހައްޓަން ރޮބޮޓެއް
"މަރުވެގެން އަންދާލިފަހުން" ބުޅާ އައީ ގެޔަށް
ބައިޑެންގެ ދެކަނބަކުން ބުޅަލެއް އެޑޮޕްޓްކުރައްވަނީ
އިންސާނުންގެ ފަރާތުން ބުޅަލަށް ކޮވިޑް-19 ޖެހޭ!