Roadha Mihaaru
"މަރުވެގެން އަންދާލިފަހުން" ބުޅާ އައީ ގެޔަށް

"މަރުވެގެން އަންދާލިފަހުން" ބުޅާ އައީ ގެޔަށް

19 ޖޫން 2021

އިނގިރޭސިވިލާތުފެ އާއިލާއެއްގެ ބަޔަކު ޕެޓެއްގެ ގޮތުގައި ގެންގުޅުނު ބުޅަލެއް މިދިޔަ މަހުގެ ތެރޭގައި ގެއްލިގެން ހޯދަނިކޮށް "މަރުވެފައި" އޮއްވައި ފެނުމުން އަންދާލި ފަހުން އެނބުރި ގެޔަށް ހިނގައްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިނގިރޭސިވިލާތުފެ އާއިލާއެއްގެ ބަޔަކު ޕެޓެއްގެ ގޮތުގައި ގެންގުޅުނު ބުޅަލެއް މިދިޔަ މަހުގެ ތެރޭގައި ގެއްލިގެން ހޯދަނިކޮށް "މަރުވެފައި" އޮއްވައި ފެނުމުން އަންދާލި ފަހުން އެނބުރި ގެޔަށް ހިނގައްޖެ އެވެ.

އެކަމަކު ފަހުން އެނގުނު ގޮތުގައި އަންދާލީ ގެއްލުނު ބުޅަލާ ވައްތަރު ބުޅަލެކެވެ.

ފްރޭންކީ ނަމަކަށް ކިޔާ 16 އަހަރުގެ ބުޅާ ގެއްލުނީ މިދިޔަ މަހުގެ 19 ވަނަ ދުވަހު އެވެ. އެކަމާ އާއިލާ އިން ވަރަށް ހިތްދަތިވެފައި ވަނިކޮށް ފެނުނީ މަގުމަތީގައި މަރުވެފައި އޮއްވަ އެވެ.

ފްރޭންކީ ގެންގުޅުނު ރެޗެލް ފިޒައިމަންސް ބުނި ގޮތުގައި ބުޅާ ގެއްލިގެން އެ ވާހަކަ އަންގާފައި އޮއްވައި، މަރުވެފައި އޮތް ބުޅާ އާއިލާ އަށް ގެނެސްދިނީ ހައިވޭ އިންގްލެންޑްސްގެ މުވައްޒަފެކެވެ.

"ދެން އަހަރެން އެ ބުޅާ އަންދާލައި ހަނދާނަކަށް އަޅިކޮޅު ވެސް ރައްކާކުރީ،" އޭނާ ބުންޏެވެ.

ފްރޭންކީ.

ފްރޭންކީ.

އެކަމަކު އޭގެ ދުވަސްތަކެއް ފަހުން ބުޅާ ގެއިން ފެނުމުން ރެޗެލް އާއި ދަރިފުޅު ރެމީ، 7، އަށް ލިބުނީ ވަރަށް ބޮޑު ހައިރާން ކަމެކެވެ.

ރެޗެލް ކިޔައިދިން ގޮތުގައި އެ މީހުން "ޖަނާޒާ ބޭއްވި" ބުޅަލަކީ ފްރޭންކީއާ ވައްތަރު އެހެން ބުޅަލެކެވެ.

"ފްރޭންކީ އޮތީ ހަމަ ހެޔޮ ހާލުގައި. އެކަމަކު އައި އިރު އޮތީ ވަރަށް ބޮޑަށް ބަނޑުހައިވެފައި،" ރެޗެލް ބުންޏެވެ.