ކަނޑުއަޑީގެ ދުނިޔޭގެ އެންމެ ބޮޑު ރެސްޓޯރަންޓް ގާއިމްކޮށްފައިވާ ޅ. ހުރަވަޅި އައިލެންޑް ރިސޯޓް މިއަދު ހުޅުވައިފި އެވެ.
01 ޑިސެމްބަރ 2016
ކަނޑުއަޑީގެ ދުނިޔޭގެ އެންމެ ބޮޑު ރެސްޓޯރަންޓް ގާއިމްކޮށްފައިވާ ޅ. ހުރަވަޅި އައިލެންޑް ރިސޯޓް މިއަދު ހުޅުވައިފި އެވެ.
ޗަމްޕާ ލާސް ހޮލްޑިން އިން ތަރައްގީކުރި ހުރަވަޅި ރިސޯޓުން ބުނި ގޮތުގައި އެ ރިސޯޓް ހުޅުވުން ފާހަގަކުރުމަށް، 50 ޕަސެންޓުގެ ބޮޑު ޑިސްކައުންޓެއް ލިބޭ އޮފާއެއް ވަނީ ތައާރަފްކޮށްފަ އެވެ. އެ ގޮތުން، މި މަހުގެ ތެރޭގައި މަދުވެގެން ހަ ރޭ އެ ރިސޯޓުގައި ތިބޭ ފަރާތްތަކަށް މި ޕްރޮމޯޝަންގެ ދަށުން ދޭ ޑިސްކައުންޓް ލިބޭނެ ކަމަށް އެ ތަނުން ބުންޏެވެ.
ހުރަވަޅި ރިސޯޓުގެ މޫދު ކޮޓަރިއެއް.-- ފޮޓޯ: ހުރަވަޅި ރިސޯޓް
ސީޕްލޭންގައި މާލޭން ފުރައިގެން 40 މިނެޓުން ދެވޭ މި ރިސޯޓުގައި 60 އޯޝަން ވިލާ އާއި 30 ބީޗް ވިލާ ހިމެނެ އެވެ. ކޮންމެ ކޮޓަރިއެއް ވެސް ބައްޓަންކޮށްފައިވަނީ އިރު އަރާ ނުވަތަ އިރުއޮއްސޭ މަންޒަރު ފެންނަ ގޮތަށެވެ.
ހުރަވަޅި ރިސޯޓުގެ މޫދު ކޮޓަރިތަކެއް.-- ފޮޓޯ: ހުރަވަޅި ރިސޯޓް
މި ރިސޯޓަކީ ތިމާވެށްޓާ ރައްޓެހި ވަސީލަތްތައް ބޭނުންކުރާ އެންމެ މަތީ ފެންވަރުގެ ރިސޯޓެކެވެ. އެ ގޮތުުން، އެކި ކަންކަމުން އުކާލާ ފެނުގައި އެކުލެވޭ ހަކަތަ ބޭނުންކޮށްގެން ފިނި ފެން ހޫނު ފެނަަށް ބަދަލުކުރުމާއި ސޯލާ ޕެނަލް ބޭނުންކުރުމާއި އެ ރަށުގައި ހުންނަ ޕްލާންޓަކުން ފެންފުޅި ބަންދުކުރުމުގެ އިތުރަށް، އެ ރަށުގައި މެރިން ބަޔޮލޮޖިސްޓެއް ވެސް ހުރެ އެވެ.
ހުރަވަޅި ރިސޯޓުގެ އެންމެ ހާއްސަ ކަމަކީ ކަނޑުއަޑީގެ ދުނިޔޭގެ އެންމެ ބޮޑު ރެސްޓޯރަންޓް މި ރަށުގައި ގާއިމްކޮށްފައިވުމެވެ. "5.8 އަންޑަސީ"ގެ ނަން ދީފައިވާ މި ރެސްޓޯރަންޓުގައި މުޅިން ވެސް ހުންނަނީ ދެ މީހުންނަށް ތިބެވޭ ގޮތަށް ގޮނޑި އަތުރާފައިވާ މޭޒުތަކެވެ. އެއީ، ރާއްޖޭގެ ކަނޑުއަޑީގެ މުއްސަނދިކަމާއި ރީތިކަން ބަލަމުން، ވީހާ ވެސް އެކަހެރި މާހައުލެއްގައި މީރު ކެއުމަކަށް އިންސާފް ކުރުމުގެ ފުރުސަތު ދިނުމަށެވެ.
ހުރަވަޅި ރިސޯޓުގައި ގާއިމްކޮށްފައިވާ ކަނޑުއަޑީގެ ރެސްޓޯރަންޓް: މިއީ ކަނޑުއަޑީގެ ދުނިޔޭގެ އެންމެ ބޮޑު ރެސްޓޯރަންޓް.-- ފޮޓޯ: ހުރަވަޅި ރިސޯޓް
ހުރަވަޅި ރިސޯޓް ހުޅުވި އިރު، މި އަހަރުގެ ތެރޭގައި ރާއްޖޭގައި ގިނަ ރިސޯޓުތަކެއް ހުޅުވާފައިވެ އެވެ. އޭގެ ތެރޭގައި، މި ފަހުން ހުޅުވި ސޮނޭވާގެ އާ ރިސޯޓް، ސޮނޭވާ ޖާނީ އާއި ސެއިންޓް ރެޖިސް ވޮށްމުލި ރިސޯޓް ހިމެނެ އެވެ. އަދި މި މަހުގެ ތެރޭގައި ވެސް ބައެއް ރިސޯޓުތައް ހުޅުވަން އަންނަނީ ތައްޔާރުވަމުންނެވެ.
މީގެ އިތުރުން، އަންނަ އަހަރު 20 އާ ރިސޯޓް ހުޅުވާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
ފަހު ޓޫރިސްޓަށް އަލްވަދާއު، މުޅިން ތަފާތު ގޮތަކަށް
ރައީސް ހުރަވަޅި ރިސޯޓް ރަސްމީކޮށް ހުޅުއްވައިދެއްވައިފި
ކައުންސިލްތަކުގެ ރަށްތައް ޓޫރިޒަމަށް ދޭ ގޮތަށް ބަދަލެއް
އޮސްކާގެ އިނާމުތަކުގައި ރާއްޖޭގެ ޗުއްޓީ ދަތުރެއް
ރިސޯޓުތަކުން ޑޮލަރު މާރުކުރުމުގެ ހެޔޮ އަސަރު ރިޒާވަށް
ބީއެމްއެލްއިން ގްރީން ރިސޯޓް ފައިނޭންސިން ތައާރަފްކޮށްފި
ޓޫރިޒަމްގެ މާލީ ހައްލުތަކަށް ބީއެމްއެލް ތައްޔާރު:ޝަރީފް
ރިސޯޓުތަކުން މިހާތަނަށް 25 މިލިއަން ޑޮލަރު މާރުކޮށްފި
ހއ. އަތޮޅުގައި 600 މިލިއަން ޑޮލަރުގެ ރިސޯޓެއް
އިމިގްރޭޝަނަށް ފިލަން 60 ބިދޭސީން މަޑުއްވަރީއަށް