30 މާޗް 2020
ރިސޯޓަށް އަންނަ ޓޫރިސްޓުންނަށް މަރުހަބާ އާއި އޭގެ ފަހުން ރަނގަޅު އަލްވަދާއުއެއް ކިޔުމަކީ ރާއްޖޭގެ ރިސޯޓްތަކުގެ މުވައްޒަފުންގެ ޒަމާންވީ އާދައެކެވެ. ނަމަވެސް މިފަހަރު ޓޫރިސްޓުން ފުރުވާލަން ޖެހިފައި މިވަނީ މުޅިން ތަފާތު އިހުސާސްތަކަކާ އެކު އެވެ.
ރިސޯޓަށް އަންނަ ޓޫރިސްޓުންނަށް މަރުހަބާ އާއި އޭގެ ފަހުން ރަނގަޅު އަލްވަދާއުއެއް ކިޔުމަކީ ރާއްޖޭގެ ރިސޯޓްތަކުގެ މުވައްޒަފުންގެ ޒަމާންވީ އާދައެކެވެ. ނަމަވެސް މިފަހަރު ޓޫރިސްޓުން ފުރުވާލަން ޖެހިފައި މިވަނީ މުޅިން ތަފާތު އިހުސާސްތަކަކާ އެކު އެވެ.
ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގެ ދަތުރުފަތުރު ހުއްޓި، ރާއްޖޭގެ ރިސޯޓްތައް ވެސް ބަންދުކުރާ ހިސާބަށް ހިނގައްޖެ އެވެ. ކުރިންސުރެ އައިސް ތިބި ޓޫރިސްޓުންގެ ޗުއްޓީ ހަމަކޮށް ފުރުވާލުމާ އެކު، ފަހަރަކު ރިސޯޓެއް ހުސްވަނީ އެވެ.
ބައެއް ރިސޯޓްތަކުން އެންމެ ފަހު ޓޫރިސްޓަށް އަލްވަދާއު ކިޔާފައި ވަނީ މުޅިން ތަފާތުކޮށެވެ. ހުރަވަޅި އައިލެންޑް ރިސޯޓުގެ މުވައްޒަފުން އެންމެ ފަހުގެ ޓޫރިސްޓް، ލޯންޗުގައި ނައްޓާލުމާ އެކު، ފުއްމާލީ މޫދަށެވެ.
ހުރަވަޅި ރިސޯޓުން އާއްމު ކުރި ވީޑިއޯއިން ފެންނަނީ، އެންމެ ފަހު ޓޫރިސްޓަށް އަލްވަދާއު ކިޔަން ރިސޯޓުގެ ގިނަ އަދަދެއްގެ މުވައްޒަފުން ޖެޓީއަށް ނުކުމެފައި ތިއްބަ އެވެ. ލޯންޗު ނައްޓާލުމާ އެކު އެ ހުރިހާ މުވައްޒަފުން އެކުގައި މޫދަށް ފުއްމާލައި، މޫދުގައި ތިބެގެން ޓޫރިސްޓުންނަށް އަލްވަދާއު ކިޔަ އެވެ.
ހުރަވަޅި ރިސޯޓުގެ ޓޫރިސްޓު ފުރުވާލާ ވީޑިއޯ--
ލަކްސް ސައުތު ރިސޯޓުން ވެސް އެތަނުގެ އެންމެ ފަހު ޓޫރިސްޓުންނަށް އަލްވަދާއުކުރީ ގިނަ އަދަދެއްގެ މުވައްޒަފުން ޖެޓީއަށް ނުކުމެގެންނެވެ. ނަމަވެސް އެ ރިސޯޓުގެ މުވައްޒަފުން މޫދަށް ފުންމައެއް ނުލަ އެވެ.
ލަކްސް ސައުތުގެ އެންމެ ފަހުގެ ޓޫރިސްޓުން ފުރުވާލާ ވީޑިއޯ--
ރާއްޖޭގައި މިހާރު އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ހާލަތުގައި އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ޓޫރިސްޓުން ތިބުމަކީ، ރިސޯޓްތަކުގެ ހުރިހާ މުވައްޒަފުން ރަށުގައި ބަންދުވުމެވެ. އެކަމަކު ހުރިހާ ޓޫރިސްޓުން ފުރުމާ އެކު، 14 ދުވަސް ފަހުން، މުވައްޒަފުންނަށް ރިސޯޓުން ބޭރުވުމުގެ ފުރުސަތު ލިބެ އެވެ. ނުވަތަ އެއަށް ވުރެ އަވަހަށް ވެސް އެ ހުއްދަ، ރަސްމީ ފަރާތްތަކުން ދިނުން އެކަށީގެންވެ އެވެ.
ރާއްޖެއަށް އަންނަ ބޭރު މީހުންނަށް އޮން އެރައިވަލް ވިސާ ދޫކުރުން މިހާރު ވަނީ ހުއްޓާލައިފަ އެވެ. އަދި އެއާލައިންތަކުން ދަތުރުތައް ނުކުރާތީ، އިތުރު ޓޫރިސްޓުން އެހާ އަވަސް މުއްދަތެއްގައި ރާއްޖެ އައުން ވެސް އެކަށީގެންނެއް ނުވެ އެވެ.
ލަކްސް ރިސޯޓަކީ ތަފާތު ޕްރޮޑަކްޓެއް:އަލީ ވަހީދު
ރައީސް ހުރަވަޅި ރިސޯޓް ރަސްމީކޮށް ހުޅުއްވައިދެއްވައިފި
ހުރަވަޅި ރިސޯޓް ހުޅުވައިފި، 50 ޕަސެންޓް ޑިސްކައުންޓް
ތެލުވެލިގާ ރިސޯޓު ވިއްކާލަން އަނެއްކާވެސް ހުއްދަ ދީފި
ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ސީއީއޯއަކަށް ސޮލާހު
ލޯނު ނުދެއްކުމުން ހެވީލޯޑްގެ 3 ރަށެއް ވިއްކާލަނީ
އެންމެ ބޮޑު ޓޫރިޒަމް ޕްރޮމޯޝަން އޮންނާނީ އަންނަ އަހަރު
ޓީޖީއެސްޓީ އާއި ގްރީން ޓެކްސް ނުދައްކާ 170 ފަރާތެއް
1.5 މިލިއަން ޓޫރިސްޓުން، އަމާޒަށް ބާކީ ފަސް ލައްކަ
އީޒްމައިޓްރިޕްއިން ރާއްޖެއަށް ބުކިން ހަދައިދޭން ފަށައިފި