Roadha Mihaaru
އޮބާމާ އަށް ވުރެ މިޝޭލްގެ މަގްބޫލްކަން ބޮޑު

އޮބާމާ އަށް ވުރެ މިޝޭލްގެ މަގްބޫލްކަން ބޮޑު

02 ޑިސެމްބަރ 2016

ވޮޝިންޓަން (ޑިސެމްބަރު 2) - އެމެރިކާގެ ރައީސް ބަރަކް އޮބާމާ އަށް ވުރެ އަނބިކަނބަލުން މިޝޭލް އޮބާމާގެ މަގްބޫލްކަން މިދުވަސްރު އެމެރިކާގައި ބޮޑެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (ޑިސެމްބަރު 2) - އެމެރިކާގެ ރައީސް ބަރަކް އޮބާމާ އަށް ވުރެ އަނބިކަނބަލުން މިޝޭލް އޮބާމާގެ މަގްބޫލްކަން މިދުވަސްރު އެމެރިކާގައި ބޮޑެވެ.

ފަހުގެ ސާވޭއަކުން ދައްކާފައިވާ ގޮތުގައި ހާވަޑް ޔުނިވާސިޓީން ގާނޫނު ކިޔަވާ ވިދާޅުވެފައިވާ މިޝޭލްގެ މަގްބޫލްކަން އުޅެނީ 79 ޕަސެންޓުގަ އެވެ. އެހެންކަމުން އެމެރިކާގެ އެފްރިކަން- އެމެރިކާ ދަރިކޮޅުގެ ފުރަތަމަ ރައީސް އަށް ވުރެ މިޝޭލްގެ މަގްބޫލްކަން ވަނީ މައްޗަށް ޖެހިލައިފަ އެވެ.

ރައީސް އޮބާމާ އާއި އަނބިކަނބަލުން މިޝޭލް.

ރައީސް އޮބާމާ އާއި އަނބިކަނބަލުން މިޝޭލް.

މިޝޭލްގެ މަގްބޫލްކަން އެމެރިކާގައި ބޮޑުވުމުން ގައުމުގެ ރައީސް ކަމަށް އެކަމަނާ ކޮންމެވެސް ދުވަހަކުން ވާދަކުރާނެ ކަމަށް ބައެއް މީހުން ދަނީ ބުނަމުންނެވެ. އެކަމަކު މިޝޭލް ވިދާޅުވެފައި ވަނީ 1993-2001 އަށް ރައީސްކަން ކުރެއްވި ބިލް ކްލިންޓަނުގެ އަނބިކަލުން ހިލަރީ ކްލިންޓަން ގޮތަށް ރައީސް ކަމަށް ވާދަ ނުކުރައްވާނެ ކަމަށެވެ. މިޝޭލް ވެރިކަމަށް ވާދަކުރުމަށް ބައެއް މީހުން ބާރު އަޅަމުންދަނީ ޑޮނަލްޑް ޓްރަމްޕާ ވާދަކުރައްވާ ހިލަރީ އަށް ނާކާމިޔާބުވުމުން އެމެރިކާ އަށް ދެން އެންމެ އެކަށޭނަ އަންހެން ރައީސާއަކަށް ވާނީ މިޝޭލް ކަމަށް ގިނަ ބަޔަކު ގަބޫލް ކުރާތީ އެވެ. ހިލަރީގެ ކެމްޕޭންގައި މިޝޭލް ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ.

ރައީސް ބަރަކް އޮބާމާގެ އަނބިކަނބަލުން މިޝޭލް އޮބާމާ.

ރައީސް ބަރަކް އޮބާމާގެ އަނބިކަނބަލުން މިޝޭލް އޮބާމާ.

ރޯލިން ސްޓޯން މަޖައްލާ އަށް ރައީސް އޮބާމާ ވެސް ވިދާޅުވެފައި ވަނީ ވައިޓްހައުސް އަށް މިޝޭލް ދުވަހަކު ވެސް ވާދަނުކުރައްވާނެ ކަމަށެވެ. އޮބާމާ ވިދާޅުވީ މިޝޭލް އަކީ ވަރަށް ގާބިލް އަންހެނަކަށް ވިޔަސް ސިޔާސީ ކަންކަމަކީ އެކަމަނާ ޝައުގުވެެރިވާ ދާއިރާއެއް ނޫން ކަމަށެވެ.

ރައީސް އޮބާމާ ވައިޓްހައުސް އިން ވަޑައިގަންނަވާއިރު އެމަނިިކުފާނަށް 55 އަހަރު ވާނެ އެވެ. މިޝޭލްގެ އުމުރުން ވާނީ 53 އަހަރެވެ.