Roadha Mihaaru
އަޑިއަށް ދިޔަ ސަފާރީން މީހަކު މަރުވެއްޖެ

އަޑިއަށް ދިޔަ ސަފާރީން މީހަކު މަރުވެއްޖެ

26 ސެޕްޓެމްބަރ 2021

ތިލަފުށި ކައިރިން 17 މީހުންނާ އެކު ދަތުރުކުރަމުން ދިޔަ ސަފާރީއެއް، ދިޔަވެ އަޑިއަށް ގޮސް ހާލު ބޮޑުވެގެން ހޮސްޕިޓަލަށް ގެންދިޔަ މީހުންގެ ތެރެއިން އެކަކު ދާދި ދެންމެއަކު މަރުވެއްޖެ އެވެ.

ތިލަފުށި ކައިރިން 17 މީހުންނާ އެކު ދަތުރުކުރަމުން ދިޔަ ސަފާރީއެއް، ދިޔަވެ އަޑިއަށް ގޮސް ހާލު ބޮޑުވެގެން ހޮސްޕިޓަލަށް ގެންދިޔަ މީހުންގެ ތެރެއިން އެކަކު ދާދި ދެންމެއަކު މަރުވެއްޖެ އެވެ.

"ހޭންޑީ ކްރޫޒް" ސަފާރީ އަޑިއަށް ގޮސް ހިނގި މި ހާދިސާގައި އުމުރުން 41 އަހަރުގެ ބިދޭސީއަކު ވަނީ މަރުވެފަ އެވެ. އެކަމަކު، އެއީ ކޮން ގައުމެއްގެ މީހެއް ކަމެއް އަދި ރަސްމީ ފަރާތްތަކަކުން ނުބުނެ އެވެ.

އެ ސަފާރީ އަޑިއަށް ދިޔައީ ތިލަފުށީގެ ހުޅަނގު ދެކުނުން ހަތަރު ނޯޓިކަލް މޭލު ބޭރުން ދިޔަވެގެން އެމްއެންޑީއެފްގެ މާލޭ އޭރިއާ ކޯސްޓްގާޑުން އެހީވަމުން ދަނިކޮށެވެ. ސަފާރީ ދިޔަވާ ކަމުގެ މައުލޫމާތު ލިބުނީ ހެނދުނު 8:39 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ކުރިން ބުނި ގޮތުގައި އެ ސަފާރީ، އަޑިއަށް ދިޔައީ ތިލަފުށީގެ ހުޅަނގު ދެކުނުން ހަތަރު ނޯޓިކަލް މޭލު ބޭރުން ދިޔަވެގެން އެމްއެންޑީއެފްގެ މާލޭ އޭރިއާ ކޯސްޓްގާޑުން އެހީވަމުން ދަނިކޮށެވެ.

އެމްއެންޑީއެފުން ބުނީ އެ ހާދިސާ ހިނގި އިރު ސަފާރީގައި ތިބި 17 މީހުންގެ ތެރެއިން ހަ މީހެއްގެ ހާލު ދެރަވެ، އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށެވެ.

އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަަލް "މިހާރު" އަށް ވިދާޅުވީ، ސަފާރީ އަޑިއަށް ދިޔަ ހާދިސާގައި ހަތް މީހުން މިއަދު ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އެ ތަނުން އެކަކު މަރުވެފައިވާ ކަމަށާއި އޭނާ މަރުވީ ހޮސްޕިޓަލަށް ގެންދިޔަ ފަހުން ކަމެއް ނުވަތަ ކުރިން ކަމެއް ސާފު ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވިގޮތުގައި، ބާކީ ތިބި ހަ މީހުންގެ ހާލު ވެސް ދެރަ ކަމަށާއި އެ މީހުންނަށް މިހާރު ފަރުވާދެމުން އަންނަނީ އިމަޖެންސީ ރޫމްގައި ކަމަށެވެ.

ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހި ވައިގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ވަނީ ބައެއް އަތޮޅުތަކަށް އޮރެންޓް އެލާޓް ނެރެފަ އެވެ. އަދި ކަނޑުމަތީގެ ތަފާތު ހާދިސާތަކުގެ މައުލޫމާތު ކޯސްޓްގާޑަށް ލިބެމުންދާ ކަމަށް ބުނެ، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސް ކޮށްފަ އެވެ.

ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާކޮށްފައިވާތީ ކަނޑުދަތުރުކުރާ އުޅަނދުފަހަރުގެ އޮޑިވެރިންނާއި، ކެޕްޓަނުން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށްފަހު ދަތުރުތައް ކުރުމަށް ވެސް އެމްއެންޑީއެފުން އިލްތިމާސް ކުރެ އެ