03 ޑިސެމްބަރ 2016
ޒިއުރިކް (ޑިސެމްބަރު 3) – ފީފާ އިން އަލަށް ތައާރަފްކުރާ ބެސްޓް ފީފާ އެވޯޑްސްގައި ހޮވާ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމަށް ރެއާލް މެޑްރިޑުގެ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ބާސެލޯނާގެ ލިއޮނަލް މެސީ އަދި އެތުލެޓިކޯ މެޑްރިޑުގެ އެންޓޮއިން ގްރިޒްމަން ނޮމިނޭޓްވެއްޖެ އެވެ.
ޒިއުރިކް (ޑިސެމްބަރު 3) – ފީފާ އިން އަލަށް ތައާރަފްކުރާ ބެސްޓް ފީފާ އެވޯޑްސްގައި ހޮވާ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމަށް ރެއާލް މެޑްރިޑުގެ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ބާސެލޯނާގެ ލިއޮނަލް މެސީ އަދި އެތުލެޓިކޯ މެޑްރިޑުގެ އެންޓޮއިން ގްރިޒްމަން ނޮމިނޭޓްވެއްޖެ އެވެ.
މި އެވޯޑް ހޯދާނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ މި އަހަރު ރެއާލް މެޑްރިޑާ އެކު ޗެމްޕިއަންސް ލީގު އަދި ޕޯޗުގަލާ އެކު ޔޫރޯ ކާމިޔާބުކުރި ރޮނާލްޑޯ އަށެވެ. މީގެ އިތުރުން ޗެމްޕިއަންސް ލީގުގެ ފައިނަލުން ރެއާލް އަތުން ބަލިވި އެތުލެޓިކޯ އަށް އަދި ޔޫރޯގެ ފައިނަލުގައި ޕޯޗުގަލް އަތުން ބަލިވި ފްރާންސް ޖާޒީގައި މޮޅު ކުޅުމެއް ދެއްކި ގްރިޒްމަންއާ މެދު ވެސް އުއްމީދުކުރެވެ އެވެ. އަނެއްކޮޅުން މެސީ ވަނީ މިދިޔަ ސީޒަނުގައި ބާސެލޯނާއާ އެކު ސްޕެނިޝް ލީގު ކާމިޔާބުކޮށް ކޮޕާ އެމެރިކާގެ ދެ ވަނަ މަގާމް އާޖެންޓީނާ ހޯދިއިރު ތަފާތު ދައްކައިފަ އެވެ.
ގަދަ ތިން ކުޅުންތެރިންގެ ތެރޭ ހިމެނެން ޖެހޭނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ އެއް ކުޅުންތެރިޔަކީ ބާސެލޯނާގައި މޮޅު ލުއިސް ސުއަރޭޒެވެ. އާދާޔާހިލާފު ރަނގަޅު ފޯމެއްގައި ހުރި ސުއަރޭޒް މިދިޔަ ސީޒަނުގައި ސްޕެނިޝް ލީގުގައި 40 ލަނޑު ޖެހި އެވެ. މީގެ އިތުރުން ބާސެލޯނާގެ ނޭމާ އާއި ރެއާލް މެޑްރިޑުގެ ގަރެތު ބޭލް އަކީ ވެސް ގަދަ ތިނެއްގެ ތެރޭ ހިމެނިދާނެ ކަމަށް އުއްމީދުކުރެވުނު ކުޅުންތެރިންނެވެ.
އަހަރުގެ އެންމެ މޮޅު ކޯޗުގެ އެވޯޑަށް ވާދަކުރަނީ އެންމެ ހައިރާންކޮށްލުމަށް ފަހު ލެސްޓާ ސިޓީ އަށް މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގު ކާމިޔާބުކޮށްދިން އިޓަލީގެ ކްލައުޑިއޯ ރަނިއޭރީ އާއި ޕޯޗުގަލަށް ޔޫރޯ ކާމިޔާބުކޮށްދިން ފެނާންޑޯ ސަންޓޯސް އަދި ރެއާލް މެޑްރިޑުގެ ޒައިނުއްޒީން ޒިދާނެވެ. ރެއާލުން މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު އުފުލާލީ ޒިދާނުގެ ކޯޗުކަމުގެ ދަށުންނެވެ.
އެންމެ މޮޅު އަންހެން ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމަށް ވާދަކުރަނީ އެމެރިކާގެ ކާލީ ލޮއިޑާއި ޖަރުމަނުގެ މެލަނީ ބީރިންގާ އަދި ބްރެޒިލްގެ މާރްތާ އެވެ. އެންމެ މޮޅު އަންހެން ކޯޗުގެ އެވޯޑަށް ނޮމިނޭޓްވެފައިވަނީ ސްވިޑަންގެ ޕިއާ ސުންދަހޭ އާއި އެމެރިކާގެ ޖިލް އެލިސް އަދި ޖަރުމަނުގެ ސިލްވިއާ ނެއިޑެވެ.
އެވޯޑް ދިނުން އޮންނާނީ އަންނަ މަހުގެ 9 ވަނަ ދުވަހުގެރޭ ސްވިޒަލެންޑުގެ ޒިއުރިކުގަ އެވެ. މި އެވޯޑް ހޮވުމުގައި 50 ޕަސެންޓް މާކްސް އަކީ ގައުމީ ޓީމުގެ ކެޕްޓަނުންނާއި ކުޅުންތެރިން ދޭ ވޯޓެވެ. އަނެއް 50 ޕަސެންޓުގެ ތެރެއިން 25 ޕަސެންޓް ހިއްސާކުރަނީ ނޫސްވެރިންގެ ވޯޓެވެ. އަދި ބާކީ ބައި ލިބެނީ އިންޓަނެޓް މެދުވެރިކޮށް އާއްމުންލާ ވޯޓުންނެވެ.
ބެސްޓް ފީފާ އެވޯޑްސް އަކީ ބެލޮންޑިއޯ އެވޯޑާ ވަކިވުމަށް ފަހު ފީފާ އިން މި އަހަރު އަލަށް ދޭން ފަށާ އެވޯޑެވެ. ފްރާންސް ފުޓްބޯލް އިން 1956 ވަނަ އަހަރުން ފެށިގެން ދެމުން އައި ބެލޮންޑިއޯ އެވޯޑާ ފީފާ އިން ގުޅުނީ 2009 ވަނަ އަހަރު އެވެ. އެއާ އެކު، ފީފާ އިން 1991 ވަނަ އަހަރުން ފެށިގެން ހޮވަމުން އައި ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ އެވޯޑާއި ބެލޮންޑިއޯ އެއްކޮށްލުމަށް ފަހު "ފީފާ ބެލޮންޑިއޯ" އެވޯޑް ތައާރަފްކުރި އެވެ. ފީފާ އިން ވަކިވި ނަމަވެސް ފްރާންސް ފުޓްބޯލް އިން މި ބެލޮންޑިއޯ އެވޯޑް ދިނުން ކުރިއަށްގެންދާނެ އެވެ.
ފީފާ އެވޯޑަށް މެސީ، ރޮނާލްޑޯ އަދި ނޭމާ ވާދަކުރަނީ
21 އަހަރަށް ފަހު މެސީ އާއި ރޮނާލްޑޯ ބެލޮންޑިއޯ އިން ކަޓައިފި
މެސީއަށް ދެން ދޭނެ އިސްކަމެއް ނެތް: ހޮންކޮން އެފްއޭ
ރޮނާލްޑޯ ގޯލް ޓްރެކްގައި މެސީއަށް ކޮށްދެވުނީ އެސިސްޓެއް
މުއްސަނދިންގެ ލިސްޓްގައި މެސީގެ މަގާމު ރޮނާލްޑޯ އަށް
މެސީ އާއެކު އޮތް ވާދަވެރިކަން ނިމިއްޖެ: ރޮނާލްޑޯ
ބެލޮންޑިއޯ: ލީޑުކުރަނީ މެސީ، ހާލަންޑް، ރޮނާލްޑޯ ނެތް
ރޮނާލްޑޯގެ ގޯލުތަކުން ނަސްރު، އަރަބި ޗެމްޕިއަނުންނަށް
މެސީ ރެކޯޑާއެކު ތަށިހޯދިރޭ ރޮނާލްޑޯއަށް ތަށި ގެއްލިއްޖެ
މެސީއަށް ވޯޓްދިނުމުން އަލަބާއާ ދިމާކޮށްލައިފި